މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިކޮނޮމިކް ކައުންސިލްގެ ޔައުމިއްޔާތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދެއްވައިފި އެވެ.
27 ފެބުރުއަރީ 2023
މާލޭގެ މޭޔަރު މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި އިކޮނޮމިކް ކައުންސިލްގެ ޔައުމިއްޔާތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދެއްވައިފި އެވެ.
މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ ކުރަނީ ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ރާއްޖެއިން ބޭރުގެ އާބިޓްރޭޝަނަށް ދޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޖިހާދު ހެކިބަސް ދެއްވީ މުއިއްޒުގެ ދިފާއީ ހެއްކެއްގެ ގޮތުންނެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޖިހާދު ވިދާޅުވީ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުން ޔައުމިއްޔާގައި ސޮއިކުރަން ޖެހޭނެ ކަމަށެވެ. އަދި ޔައުމިއްޔާގައި ސޮއި ނުކުރާނަމަ ޔައުމިއްޔާ ސައްހަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދައުލަތުން އެ މައްސަލާގައި ހުށަހެޅި ޔައުމިއްޔާގައި ސޮޔެއް ނެތުމުން އެ ޔައުމިއްޔާ ސައްހައެއް ނުވާނެ އެވެ. ޔައުމިއްޔާގައި ސޮއިކުރަން ޖެހޭނެ ކަމަށް ބުނާ އުސޫލެއް ނުވަތަ އެންގުމެއް އޮވޭތޯ ދައުލަތުން ސުވާލު ކުރުމުން ޖިހާދު ވިދާޅުވީ އެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެކަމަކު ޔައުމިއްޔާގައި ސޮއި ކުރުމަކީ އަބަދުވެސް އަމަލުކުރާ އުސޫލެއް ކަމަށްވާތީ އެކަން އެގޮތަށް ކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ޖިހާދު ވިދާޅުވި އެވެ.
ދިފާއީ ހެކިންގެ ތެރެއިން ދެން މިއަދު ހެކިބަސް ދިނީ ހައުސިން މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކެޓްރީ މާހިދު ޝަރީފާއި އެކި ޕްރޮޖެކްޓްތަކުގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ.
މާހިދުގެ ނަން ދިފާއީ ހެެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އެ މައްސަލާގައި ހިމެނޭ އެއް ސިޓީގައިވާ ސޮޔަކީ މުއިއްޒުގެ ސޮޔެއް ނޫންކަން ސާބިތު ކުރުމަށެވެ.
ތިން ވަނަ މީހާގެ ނަން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅީ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބަލާ ގޮތާއި އަދި މަސައްކަތް ނުނިމި ލަސްވުމުން އަމަލުކުރާ އުސޫލުތަކާ ބެހޭގޮތުން މައުލޫމާތު ސާފު ކުރުމަށެވެ.
މުއިއްޒުގެ ފަރާތުން ދިފާއީ 11 ހެއްކެއް ހުށަހެޅިޔަސް، ހަތަރު މީހެއްގެ ހެކިބަސް އިތުރަށް ނަގަން ބޭނުންނުވާ ކަމަށް މުއިއްޒުގެ ވަކީލުން ވިދާޅުވި އެވެ. އެހެންވެ، ދެން ބާކީ އޮންނާނީ ވެސް ހަތަރު ހެއްކެއްގެ ހެކިބަސް ނެގުމެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބް ވިދާޅުވީ ކޯޓުގެ އިމާރާތުގެ ބޮޑު ބައެއް ބޭނުންކުރުން ހުއްޓާލަން ޖެހުމުން މަސައްކަތުގެ ސްޕީޑް 50 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އަންނަ މަހު ބާކީ ތިބި ހެކިންގެ ހެކިބަސް ނަގަން އަޑުއެހުމެއް ތާވަލް ކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ ދައުވާ މުއިއްޒުގެ މައްޗަށް ސާބިތުވިޔަސް، އޭނާގެ މައްޗަށް އަންނާނީ އަސާސީ މިންގަނޑުން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އަދަބު އެއަށްވުރެ ބޮޑު އަދި ކުޑަވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
މުއިއްޒުގެ މައްޗަށް ދައުވާ ސާބިތެއް ނުވި
މުއިއްޒުގެ ޝަރީއަތް ނިމުމަކާ ގާތަށް
މުއިއްޒުގެ ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ނެތް: ކޯޓް
މުއިއްޒަށް ހައި ކޯޓުން ވެސް ކާމިޔާބެއް ނުވި
މުއިއްޒުގެ ހުށަހެޅުންތައް ނާކާމިޔާބުވުމުން ހައި ކޯޓަށް
މުއިއްޒުގެ ޝަރީއަތް: ހުށަހެޅުންތައް ބަލައެއްނުގަތް
މުއިއްޒުގެ ޝަރީއަތް ފަސްކޮށްފި
މުއިއްޒަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ
މުއިއްޒާ ދެކޮޅަށް ހުށަހެޅި ފަސް މީހުން ހެކިބަސް ދީފި
މުއިއްޒަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި