މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެން، އޭނާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުންތައް ކާމިޔާބު ނުވުމުން އެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
10 އޮކްޓޯބަރ 2022
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެން، އޭނާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުންތައް ކާމިޔާބު ނުވުމުން އެ މައްސަލަ އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
މުއިއްޒުގެ މައްޗަށް ދޮގު ބަޔާން ދިނުމުގެ ދައުވާ ކުރަނީ އޭނާ ހައުސިން މިިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑިއާއެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލައިގައި ނެދަލެންޑްސްގައި ހުންނަ އާބިޓްރޭޝަންގައި ނޫމަޑިއާ އެއްކޮޅަށް ބަޔާން ދިން ކަމަށް ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން މުއިއްޒުގެ ފަރާތުން ކްރިމިނަލް ކޯޓަށް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅީ ކުށްކުރި ތަން ދައުވާގައި ނެތުމުން އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އާއި ދައުލަތުގެ ބައެއް ހެކިތައް ބަލައިނުގަތުމަށް އެދި އެވެ. އެ އިން އެއްވެސް ހުށަހެޅުމެއް މުއިއްޒަށް ކާމިޔާބެއް ނުވި އެވެ.
އެ މައްސަލަ މުއިއްޒުގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން އެ މައްސަލަ ވަނީ ބަލައިގެންފަ އެވެ.
މުއިއްޒުގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ އަންނާނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު އެ އަށް ވުރެ އަދަބު ބޮޑުވުން ނުވަތަ ކުޑަވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
ނޫމަޑިއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލައިގައި 155 މިލިއަން ޑޮލަރުގެ ބަދަލަކަށް އެ ކުންފުނިން އާބިޓްރޭޝަންގައި ދައުވާ ކުރުމުން ސަރުކާރުން ވަނީ ކޯޓުން ބޭރުގައި މަޝްވަރާކޮށް، އެ ކުންފުންޏަށް 55 މިލިއަން ޑޮލަރުގެ ބަދަލެއް ދީފަ އެވެ.
މުއިއްޒަށް ހައި ކޯޓުން ވެސް ކާމިޔާބެއް ނުވި
މުއިއްޒުގެ މައްޗަށް ދައުވާ ސާބިތެއް ނުވި
މުއިއްޒުގެ ޝަރީއަތް ނިމުމަކާ ގާތަށް
މުއިއްޒުގެ މައްސަލާގައި ޖިހާދު ހެކިބަސް ދެއްވައިފި
މުއިއްޒުގެ ހެކިން ބަލައިނުގަނެވޭނެ ސަބަބެއް ނެތް: ކޯޓް
މުއިއްޒުގެ ޝަރީއަތް: ހުށަހެޅުންތައް ބަލައެއްނުގަތް
މުއިއްޒުގެ ޝަރީއަތް ފަސްކޮށްފި
މުއިއްޒަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ
މުއިއްޒާ ދެކޮޅަށް ހުށަހެޅި ފަސް މީހުން ހެކިބަސް ދީފި
މުއިއްޒަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި