Roadha Mihaaru
ބްރޯޑްކޮމްގެ ނާއިބު ރައީސަކަށް ފަޒީން ހަމަޖައްސައިފި

ބްރޯޑްކޮމްގެ ނާއިބު ރައީސަކަށް ފަޒީން ހަމަޖައްސައިފި

19 ޖެނުއަރީ 2023

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުސްވެފައިވާ ނައިބު ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު މުހައްމަދު ފަޒީން މިއަދު ހަމަޖައްސަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުސްވެފައިވާ ނައިބު ރައީސް ކަމުގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު މުހައްމަދު ފަޒީން މިއަދު ހަމަޖައްސަވައިފި އެވެ.

އެ މަގާމަށް ފަޒީން ހަމަޖައްސާފައިވާ ކަމަށް ބްރޮޑްކާސްޓިން ކޮމިޝަންގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުންޏެވެ.

ފަޒީން އެ މަގާމަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި އަހްމަދު ގައިސް މި މަހުގެ ނުވަވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދާކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ވަގުތު ހުސްކުރެއްވުމަށެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ފަޒީން، ރައީސް އައްޔަންކުރެއްވީ މާޗު 7، 2021 ގަ އެވެ. އޭނާ ވަނީ ވިލާ ކޮލެޖުން ޑިޕްލޮމާއިން އިންފޮމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވައިފަ އެވެ. ހޮޓެލް އޮޕަރޭޝަންސްގެ ދާއިރާއިން ވެސް އޭނާ ތައުލީމު ހާސިލުކުރެއްވި އެވެ.

އޭނާ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވަން ފެއްޓެވީ 2012 ވަނަ އަހަރު ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް)ގެ ސީނިއާ ޖާނަލިސްޓެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ރާއްޖެ ޓީވީގައި ވެސް މަސައްކަތް ކުރެއްވި އެވެ.

ގައިސް އިސްތިއުފާ ދެއްވުމުން، ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސް އޮފީހުން ވަނީ އެ ފުރުސަތު އާންމުކޮށް ހުޅުވާލައިފަ އެވެ.