19 ޖެނުއަރީ 2023
ތުރުކީ ވިލާތުގައި އަސްކަރިއްޔާގައި ބޭނުންކުރުމަށްޓަކައި އެ ގައުމަށް ގަތުމަށް އެމެރިކާއާ އެކުގައި އެއްބަސްވެފައިވާ އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އަވަހަށް ތުރުކީ ވިލާތަށް ފޯރުކޮށްދިނުމަށް ތުރުކީ ވިލާތުން އެމެރިކާގައި އެދިއްޖެ އެވެ.
ތުރުކީ ވިލާތުގައި އަސްކަރިއްޔާގައި ބޭނުންކުރުމަށްޓަކައި އެ ގައުމަށް ގަތުމަށް އެމެރިކާއާ އެކުގައި އެއްބަސްވެފައިވާ އެފް-16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އަވަހަށް ތުރުކީ ވިލާތަށް ފޯރުކޮށްދިނުމަށް ތުރުކީ ވިލާތުން އެމެރިކާގައި އެދިއްޖެ އެވެ.
ތުރުކީ ވިލާތުން އެމެރިކާގައި މިކަމަށް އެދުނީ، މިހާރު އެމެރިކާ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ތުރުކީގެ ޚާރިޖީ ވަޒީރު، މައުލޫދު ޝާވީޝް އޯގްލޫ، އިއްޔެ އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެންއާ އެކުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކުގަ އެވެ. ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި އެފް-16 މަރުކާގެ ޒަމާނީ މަތިންދާބޯޓުތައް ތުރުކީ ވިލާތަށް ގަތުމުން، އެމެރިކާ އަށާއި މުޅި ނޭޓޯ އަށް ވެސް އެކަމުގެ މަންފާ ކުރާނެ އެވެ.
އެހެންކަމުން ދެ ގައުމުގެ މެދުގައި އުފެދިފައިވާ ސްޓްރެޓީޖިކް ގުޅުމުގެ ތެރެއިން، ވިޔަފާރީގެ މި މުއާމަލާތް ވަރަށް އަވަހަށް ފުރިހަމަވުމަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާ އާއި ތުރުކީ ވިލާތާ ދެމެދު 20 ބިލިއަން ޑޮލަރުގެ އަސްކަރީ ވިޔަފާރީގެ މުއާމަލާތެއް ކުރުމަށް ދެ ގައުމުން އަންނަނީ މަޝްވަރާ ކުރަމުންނެވެ. މި ވިޔަފާރީގެ ތެރެއިން އެމެރިކާ އިން ތުރުކީ އަށް ވިއްކާ ތަކެތީގެ ތެރޭގައި އެފް-16 މަރުކާގެ، މުޅިން އާ 40 މަތިންދާބޯޓު ހިމެނެ އެވެ.
މި ވިޔަފާރި މުޅިން ފުރިހަމަކުރެވޭނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބިގެންނެވެ. ނަމަވެސް ތުރުކީ ވިލާތުގެ ބައެއް ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހޭތީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން މި ވިޔަފާރީގެ މުއާމަލާތަށް ދެކޮޅު ހައްދަވަ އެވެ.
ހަނގުރާމަމަތީ ޒަމާނީ މަތިންދާބޯޓުތައް އެމެރިކާ އިން ތުރުކީ ވިލާތަށް ވިއްކުމަށް އެމެރިކާގެ ބައެއް ސިޔާސީ ބޭފުޅުން ދެކޮޅު ހައްދަވާ އެއް ސަބަބަކީ، ފިންލޭންޑާއި ސްވިޑްން ނޭޓޯގައި ބައިވެރިވުމަށް ހުށަހެޅި ހުށަހެޅުމަށް ތުރުކީ ވިލާތުން ދެކޮޅު ހެދުމެވެ. ތުރުކީން އެކަމަށް ދެކޮޅު ހަދަނީ، ތުރުކީ ވިލާތުން ޓެރަރިސްޓް ދެ ޖަމާއަތް ކަމަށް ކަނޑައަޅާފައިވާ، ކުރުދީ ހަނގުރާމަވެރިންގެ ދެ ޖަމާއަތެއްގެ އެންމެ އިސް ވެރިންނަށް ފިންލޭންޑާއި ސްވިޑުން އިން ހިމާޔަތްދީފައިވާތީ އެވެ.
އެމެރިކާ އިން ތުރުކީ ވިލާތަށް އެފް-16 މަރުކާގެ މަތިންދާބޯޓުތައް ވިއްކަން ނިންމާފައިވާ އިރު، ތުރުކީ ވިލާތުގެ އެންމެ ވާދަވެރި ގައުމު ކަމަށްވާ ގްރީސް އަށް، އެފް-35 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް ވިއްކުމަށް ވެސް އެމެރިކާ އިން ވަނީ ނިންމައިފަ އެވެ.
ތުރުކީން ބްލިންކެންއަށް ލިބުނީ ނާއުންމީދީ ޖަވާބެއް
ތުރުކީއަށް އެފް-16 ވިއްކުމަށް އެމެރިކާ ހުށަހަޅައިފި
ރައީސް ބައިޑެން އާއި ދެ ވަޒީރަކަށް ދައުވާކޮށްފި
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން
ރަޝިއާއިން އަޅުވެތިކުރި ބައެއް ބިންތައް މިނިވަންކޮށްފި
އެމެރިކާގެ ޖެޓުތައް މެދުއިރުމައްޗަށް
އެމެރިކާގެ އާ ސްޓެލްތު ބޯޓު ދައްކާލައިފި
އެއްވެސް ރަހުމެއް ނެތި ރައްދު ދޭނަން: އ. ކޮރެއާ
ތައިވާނާ މެދު އޮތް ދެނެގަތުން ޗައިނާ ދޫކޮށްލައިފި