Roadha Mihaaru
ނެޓްފްލިކްސްގެ ކޯ-ސީއީއޯ ރީޑް މަގާމުން ވަކިވެއްޖެ

ނެޓްފްލިކްސްގެ ސީއީއޯ ރީޑް މަގާމުން ވަކިވެއްޖެ

22 ޖެނުއަރީ 2023

މީގެ 25 އަހަރު ކުރިން، މަގްބޫލް ސްޓްރީމިން ސާވިސް ނެޓްފްލިކްސް އުފެއްދުމުގައި ހަރަކާތްތެރިވި ކޯ-ފައުންޑަރު، އަދި އޭރުއްސުރެ އެ ކުންފުނީގެ އެއް ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ ގޮތުގައި ހުރި ރީޑް ހޭސްޓިން އެ މަގާމުން ވަކިވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މީގެ 25 އަހަރު ކުރިން، މަގްބޫލް ސްޓްރީމިން ސާވިސް ނެޓްފްލިކްސް އުފެއްދުމުގައި ހަރަކާތްތެރިވި ކޯ-ފައުންޑަރު، އަދި އޭރުއްސުރެ އެ ކުންފުނީގެ އެއް ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ ގޮތުގައި ހުރި ރީޑް ހޭސްޓިން އެ މަގާމުން ވަކިވެއްޖެ އެވެ.

ފައިސާގެ ދަތިތަކާހުރެ ފާއިތުވި އަހަރު ނެޓްފްލިކްސް އަޑިއަޅާލަން އުޅޭ ކަމުގެ ވާހަކަތަކެއް ދެކެވުނު ނަމަވެސް، ފަހުން ސަބްސްކަރައިބަރުން އިތުރުވާން ފެށި އެވެ. އެކަމަކު ވެސް، ރީޑް މަގާމުން ވަކިވީ ކީއްވެކަމެއް ހާމައެއް ނުކުރެ އެވެ.

ސީއީއޯގެ މަގާމުން ވަކިވި ނަމަވެސް، އޭނާ ކުންފުނީގެ ބޯޑުގެ އެގްޒެެކެޓިވް ޗެއާމަންގެ ގޮތުގައި ދެމިހުންނާނެ ކަމަށް ބީބީސީގެ ހަބަރެއްގައި ލިޔެފައިވެ އެވެ.

އަޑިއަޅާލަން އުޅޭކަމުގެ ވާހަކަތަކަށް ފަހު ނެޓްފްލިކްސް އަށް ވަނީ އިތުރު ހަތް މިލިއަން ސަބްސްކަރައިބަރުން ލިބިފަ އެވެ. އެއީ މިދިޔަ އަހަރު އެންމެ ހިޓުކޮށް ފާހަގަކޮށްލެވުނު ޕްރިންސް ހެރީ އާއި އަންހެނުން މެގަންގެ ހާއްސަ ޑޮކިއުމެންޓްރީ އާއި، "އެޑަމްސް ފެމިލީ" ސްޕިން އޮފް "ވެނިސްޑޭ" ގެ އިތުރުން އިނގިރޭސި ފިލްމް "ގްލާސް އޮނިއަން" އަށް ފަހު އެވެ.

ޕްރިންސް ހެރީ އާއި އަންހެނުން މޭގަންގެ ނެޓްފްލިކްސް ޑޮކިއުމެންޓްރީގެ ސްނެޕް ޝޮޓެއް

ޕްރިންސް ހެރީ އާއި އަންހެނުން މޭގަންގެ ނެޓްފްލިކްސް ޑޮކިއުމެންޓްރީގެ ސްނެޕް ޝޮޓެއް

ހޭސްޓިންގެ މަގާމުން ވަކިވެފައި ވަނީ ސްޓްރީމިން މާކެޓުގައި ގިނަ އަދަދެއްގެ ކުންފުނިތައް އިތުރުވާން ވެސް ފަށާފައި ވަނިކޮށެވެ.

އޭނާގެ ވަކިވުމަށް ފަހު މިހާރު އެ ކުންފުނި ހިންގަން ތިބީ ކޯ-ސީއީއޯ އިންގެ ގޮތުގައި ތިއްބެވި ޓެޑް ސަރަންޑްރޮސް އާއި ގްރެގް ޕެޓާސް އެވެ.

ނެޓްފްލިކްސް އެންމެ ފުރަތަމަ 1997 ވަނަ އަހަރު ފެށިގެން އައީ މެއިލް-އޯޑާ ފިލްމު ހިދުމަތެއް ގޮތަށެވެ. އޭރު ވެބްސައިޓް މެދުވެރިކޮށް ފިލްމު އޯޑަރު ކުރުމުން އެ ފިލްމުގެ ޑީވީޑީ ގެއަށް އަށް ޕޯސްޓު ކުރެ އެވެ.

ނެޓްފްލިކްސްގެ ފައުންޑަރުން ކަމަށްވާ ރީޑް (ކ) އަދި މާކް ރެންޑޮލްފް (ވ)

ނެޓްފްލިކްސްގެ ފައުންޑަރުން ކަމަށްވާ ރީޑް (ކ) އަދި މާކް ރެންޑޮލްފް (ވ)

ހޭސްޓިންގް ބުނެފައި ވާގޮތުން، ނެޓްފްލިކްސް ގެ ހިޔާލު އައީ އޭނާ ފިލްމު ކުއްޔަށް ދޭ ތާކުން ނެގި ވީޑިއޯ ކެސެޓެއް ގެންދަން ހަނދާން ނެތި ބޮޑު ޖޫރިމަނާ އެއް އައުމުންނެވެ. އޭނާ އަށް ވިސްނުނީ ޖިމް މެންބަޝިޕެއް ގޮތަށް މަހު ކުއްޔަށް ފިލްމު ދޫކުރަން ފެށުމެވެ.

އެކަމަކު، ނެޓްފްލިކްސްގެ ކޯ ފައުންޑަރު މާކް ރެންޑޮލްފް ބުނާގޮތުން، ނެޓްފްލިކްސް އުފެއްދުމުގެ ހިޔާލު އޭނާ އާއި ހޭސްޓިންގް އަށް އައީ އެމަޒޯން ފަހާލަން ވިސްނައިގެންނެވެ.