Roadha Mihaaru
ރައީސްގެ އިންޒާރު އެސްޓީއޯގެ އެމްޑީ އަމްރަށް!

ރައީސްގެ އިންޒާރު އެސްޓީއޯގެ އެމްޑީ އަމްރަށް!

22 ޖެނުއަރީ 2023

ސަރުކާރުގެ ބައެއް އިސްވެރިންގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް މަޑުނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވަމުން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިންޒާރުގެ މެސެޖެއް ދެއްވައިފި އެވެ.

އަހުމަދު ހަމްދޫން ގދ. ތިނަދޫން އަހުމަދު ހަމްދޫން

ސަރުކާރުގެ ބައެއް އިސްވެރިންގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް މަޑުނުޖެހޭނެ ކަމުގެ ޔަގީންކަން ދެއްވަމުން، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިންޒާރުގެ މެސެޖެއް ދެއްވައިފި އެވެ.

އެ މަނިކުފާނު އެ ގޮތަށް އިންޒާރު ދެއްވީ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ގދ. ތިނަދު އަށް ވަޑައިގެން އެ ޕާޓީގެ ބައެއް މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުންނެވެ. އަމްރުގެ ނަން ވިދާޅުނުވެ، އޭނާ އަށް ރައީސް ރައްދު ދެއްވިއިރު، ރިޔާސީ ޕްރައިމަރީގައި އަމްރު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅިއަށް ފާޅުގައި އަރުއްވައިފަ އެވެ. އަދި ނަޝީދުގެ އަރިހުގައި އަމްރު ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތިނަދު އަށް ވަޑައިގެން ނަޝީދަށް ކެމްޕެއިން ވެސް ކުރައްވައިފަ އެވެ.

ތިނަދޫގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، މި ރަށުގެ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައި ވަނީ އެސްޓީއޯ އާއި މިފްކޯއާ ކަމަށެވެ. މިފްކޯއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

އަމްރުގެ ސިޔާސީ ވިސްނުމަށް އައި ބަދަލަށް އިޝާރާތް ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނެ ކަމާ މެދު ބައެއް މީހުން ސުވާލު އުފައްދަފާނެ ކަމަށެވެ.

ތިމާގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުގެ މިފަދަ މަޝްރޫއުތައް ހުއްޓުމަކަށް ނުގެނެވޭނެ. ޔަގީންކޮށް އަރުވާ ތިޔަބޭފުޅުން. މިއިން އެއްވެސް ކަމެއް ހުއްޓުނަ ނުދިނުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ބަރާބަރަށް އެ ކުންފުނިތަކުގައި ކުރަމުން ގެންދާނަން."--- ރައީސް

"ދަންނަވަންތޯ، ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ކުރުމުގައި ސަރުކާރުގެ އެއްވެސް އޮފީހަކުން އެއްވެސް ކުންފުންޏަކުން ފަހެއް ނުޖެހޭނެ. އެ ކަންތައްތައް އަޅުގަނޑުމެން ކުރާނަން. އަދި ކުރެވޭ ގޮތަށް އެ ކަންތައްތައް ބަދަލު ކުރަމުން ގެންދާނަން،" ތިނަދޫގައި ހިންގާ އެމްޑީޕީގެ މައި ޖަގަހައިގައި ރައީސް ވިދާޅުވި އެވެ.

"ތިމާގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުގެ މިފަދަ މަޝްރޫއުތައް ހުއްޓުމަކަށް ނުގެނެވޭނެ. ޔަގީންކޮށް އަރުވާ ތިޔަބޭފުޅުން. މިއިން އެއްވެސް ކަމެއް ހުއްޓުނަ ނުދިނުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ބަރާބަރަށް އެ ކުންފުނިތަކުގައި ކުރަމުން ގެންދާނަން."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެއްވެސް ކުންފުންޏެއްގެ އެއްވެސް މުވައްޒަފަކު ބިރުގަންނަން ނުޖެހޭ ކަމަށާއި މުވައްޒަފުން އެ ކުރަނީ ސަރުކާރުގެ މަސައްކަތްތައް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތިނަދޫގައި މިއަދު ވާހަކަފުޅު ދައްކަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތިނަދޫގައި މިއަދު ވާހަކަފުޅު ދައްކަވަނީ.

"ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ފަހަތަށް ޖެހިވަޑައިގަންނަވާކަށް ނުޖެހޭނެ. އަޅުގަނޑުމެން މި ތިބީ ތިޔަބޭފުޅުންގެ ހިމާޔަތުގައި. އެ މުވައްޒަފުންގެ ހިމާޔަތުގައި. އެއްވެސް ބޭފުޅަކު، އެ ބޭފުޅެއްގެ ސިޔާސީ ވިސްނުން، ސަރުކާރާ އެކުގައި ހުރި ބޭފުޅަކު އެހެން ގޮތަކަށް ބަދަލު ކުރައްވާނެ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ތަކުރާރުކޮށް ދެއްވި ޔަގީން ކަމަކީ ސަރުކާރުން ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ސިޔާސީ ވިސްނުމަށް އަންނަ ބަދަލަކާ ގުޅިގެން ނުހުއްޓޭނެ ކަމެވެ.

ރައީސްގެ ވާހަކަ މިއަދު ތިނަދޫގައި ކުރިއަށް ގެންދިޔައިރު، ޖަގަހަ ކައިރީގައި އިދިކޮޅު ޕީޕީއެމްގެ ބަޔަކު މުޒާހަރާކުރި އެވެ. ނަމަވެސް އެ މަނިކުފާނު ވާހަކަފުޅު ދައްކަވަން ފެއްޓެވުމާއެކު، މުޒާހަރާ ވަނީ ރޫޅާލައި ފަހަތަށް ޖައްސާލައިފަ އެވެ. އަދި ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.