މިދިޔަ އަހަރު މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް އަންހެނަކު މަރާލި މައްސަލާގެ ދައުވާ ލިބޭ ސާހިލް އަލީ އަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.
22 ޖެނުއަރީ 2023
މިދިޔަ އަހަރު މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް އަންހެނަކު މަރާލި މައްސަލާގެ ދައުވާ ލިބޭ ސާހިލް އަލީ އަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު މާލޭގެ ގެއެއްގެ ތެރޭގައި، ފުވައްމުލަކަށް އުފަން ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މިއަދު ހެނދުނު ބޭއްވި އެ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި، ދައުލަތުގެ ހަރަދުގައި ސާހިލަށް ވަކީލަކު ހަމަޖައްސަން ކޯޓުން ފުރުސަތު ދީފައިވާ ކަމަށެވެ.
ގާނޫނު އަސާސީ ބުނާގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމިއްލަ އަށް ވަކީލަކު ހޯދޭ ފަދަ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ހަރަދުގައި ވަކީލުން ހަމަޖައްސައިދޭން ޖެހޭނެ އެވެ. މާލީ ތަނަވަސްކަން ހުރިތޯ ބަލަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަނޑައަޅާފައި އޮންނަ އުސޫލެއްގެ ދަށުންނެވެ.
ސާހިލްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާގެ އިތުރުން އިތުރު ދެ ދައުވާއެއް ވެސް ކުރެ އެވެ. އެކަމަކު ބާކީ އޮތް ދެ ދައުވާގެ މައުލޫމާތު ވެސް ދައުލަތުން ވަނީ ސިއްރުކޮށްފަ އެވެ.
ޝިއާއުގެ މަރުގެ ޝަރީއަތް ސިއްރުކުރަން ޕީޖީން އެދެފި
ފުލުހަށް ނާންގާ ކޯޓަށްދާތީ ލަމްހާ ބަންދުކުރަން އެދެފި
ސާހިލްގެ ތަހުގީގު ބަޔާން ބަލައިގަތުމަށް ނިންމައިފި
ލިޓަން މަރާލީ ފައިސާގެ ބޭނުމުގައި: ދައުލަތް
އަނަސްގެ މަރު:ކުށް ސާބިތު ނުވެ އެންމެން ސަލާމަތްވެއްޖެ
ހާރިސްގެ މަރުގެ ދައުވާ ސާބިތުނުވި މައްސަލަ ހައި ކޯޓަށް
ޝިއާއުގެ މަރުގެ ޝަރީއަތް ސިއްރުކޮށްގެން ފަށަނީ
ކުށްކުރަން ކުޑަކުދިން ބޭނުންކުރާތީ ދައުވާކުރަން ފަށައިފި
ޒަޔާންގެ މަރު: ހަތަރު ކުޑަކުއްޖަކަށް ދައުވާކޮށްފި
ޕީޖީ ވަކީލުން ޝަރީއަތުގައި"ސަކަރާތް ޖަހާތީ" އިންޒާރެއް