ލ. ފޮނަދޫގައި ބިދޭސީއެއްގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބުނު މީހުން ސަލާމަތްވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
15 މާޗް 2023
ލ. ފޮނަދޫގައި ބިދޭސީއެއްގެ ކަރަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބުނު މީހުން ސަލާމަތްވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ބަންގްލަދޭޝްގެ މީހެއް ކަމަށްވާ މުހައްމަދު ހަސަން އުއްލާ މާޗް، 2017 ގައި މަރާލީ ފޮނަދޫ އަތިރިމައްޗަށް ގެންގޮސް، އޭނާގެ ކަރަށް ވަޅިން ހަމަލާދީގެންނެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ބަންގްލަދޭޝްގެ އަށް މީހެއްގެ މައްޗަށެވެ. އެކަމަކު އެއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.
ދައުވާލިބުނު އަށް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ތެރެއިން ދައުލަތުން އިސްތިއުނާފްކުރީ ހަ މީހެއްގެ މައްސަލަ އެވެ. އެ މައްސަލަތައް ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ކްރިމިނަލް ކޯޓުން އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމީ އޭގެ ތެރެއިން ދެ މީހަކު ތަހުގީގުގައި ކުށަށް އިއުތިރާފްވެފައި ވިޔަސް، އެ މީހުންނަށް އަނިޔާކުރި ކަމަށް ބުނާ ބުނުން އެކަށީގެންވާ ގޮތެއްގައި ބެލިފައި ނުވާތީ ތަހުގީގަށް ދިން ބަޔާންތަކާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ އެވެ.
މަންޒަރު ފެނުނު ކަމަށް ބުނާ ހެކިވެރިއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށްވާތީ އޭނާގެ ހެކިބަހެއް ނުނަގަ އެވެ. އަދި އޭނާގެ ބަހަށް ބާރުލިބޭ އެހެން ހެއްކެއް ނެތުމުގެ އިތުރުން ތަހުގީގުގައި ބައެއް ކަންކަން ނުކޮށް ދޫކޮށްލާފައި ހުރިކަން ވެސް ދަށު ކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
ފޮނަދޫގައި ބިދޭސީއަކު މަރާލުން: އެންމެން ސަލާމަތްވެއްޖެ
ލަމްހާ ގޭބަންދަށް ބަދަލުކުރީ ގޯސްކޮށް: ހައި ކޯޓް
ނަޒާހާގެ މައްސަލާގެ ހުކުމް މިމަހު އިއްވަނީ
ލަމްހާ ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
އަނަސްގެ މަރު: ހައި ކޯޓުން ޝަރީއަތް ފަށައިފި
ޔާމީންގެ މަރު:ސިއްރު ހެއްކަކީ ތުހުމަތުވި މީހެއް!
ޒިޔަދަމްގެ މަރު: ސިފާމް އުމުރަށް ޖަލަށްލީ ރަނގަޅަށް
ޔާމީންގެ މަރު: ދެ އަހަރު ފަހުން އިސްތިއުނާފް ފަށައިފި
އަނަސްގެ މަރުގެ މައްސަލަ އިސްތިއުނާފުކޮށްފި