Roadha Mihaaru
ސައުތެމްޓަން ބަލިކޮށް ނިއުކާސަލް ފައިނަލާ ގާތަށް

ސައުތެމްޓަން ބަލިކޮށް ނިއުކާސަލް ޔުނައިޓެޑް ފައިނަލާ ގާތަށް

25 ޖެނުއަރީ 2023

ސައުތެމްޓަން (ޖެނުއަރީ 25) - އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ސައުތެމްޓަން އާ ވާދަކޮށް 1-0 އިން މޮޅުވެގެން ނިއުކާސަލް ޔުނައިޓެޑް މުބާރާތުގެ ފައިނަލާ ފިޔަވަޅެއް ގާތަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ސައުތެމްޓަން (ޖެނުއަރީ 25) - އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ސައުތެމްޓަން އާ ވާދަކޮށް 1-0 އިން މޮޅުވެގެން ނިއުކާސަލް ޔުނައިޓެޑް މުބާރާތުގެ ފައިނަލާ ފިޔަވަޅެއް ގާތަށް ޖެހިލައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 17 މިނިޓަށް ވެފައި ވަނިކޮށް ނިއުކާސަލްގެ ހަމައެކަނި ގޯލް ޖަހައިދިނީ ޖޮއެލިންޓަން އެވެ. އޭނާ މި ލަނޑު ޖެހީ އެލެކްޒެންޑާ އީސާކް ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފުގައި ޖޮއެލިންޓަން އަށް ވަނީ ގޯލު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ. ދެ ވަނަ ހާފުގައި އޭނާ ނިއުކާސަލް އަށް ލީޑު ނަގައިދިން ފަހުން ސައުތެމްޓަންގެ އެޑަމް އާމްސްޓްރޯންގް ނަތީޖާ އެއްވަރު ކުރަން ގޯލެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އަތުގައި ބޯޅަ ޖެހުމުން ގޯލު ބަލައިނުގަނެފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ސައުތެމްޓަންގެ ޑިފެންޑަރު ޑޫޔޭ ކެލޭޓާ ކާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ނިއުކާސަލް އެންމެ ފަހުން ލީގު ކަޕްގެ ފައިނަލް ކުޅުނީ 1976 ވަނަ އަހަރެވެ. އެ އަހަރުގެ ފައިނަލް ގައި މެންޗެސްޓާ ސިޓީ ކައިރިން ނިއުކާސަލް އަށް މޮޅެއް ނުވެވުނެވެ. ނަމަވެސް މި އަހަރު ސިޓީ ކަޓުވާލާފައި ސެމީ އިން ޖާގަ ހޯދި ސައުތެމްޓަންގެ ދަނޑުގައި މޮޅެއް ހޯދައި ނިއުކާސަލް މިވަނީ އެޓީމުގެ ތާރީހުގައި ދެވަނަ ފަހަރަށް ލީގް ކަޕުގެ ފައިނަލެއް ކުޅުމުގެ ފުރުސަތު އުއްމީދު ބޮޑުކޮށްފަ އެވެ.

ނިއުކާސަލްގެ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ ލެގު އޮންނާނީ އަންނަ ހަފްތާ އަންގާރަ ދުވަހުގެރެ އެވެ.

ސެމީ ގައި ދެން ވާދަކުރަނީ މެންޗެސްޓާ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓެވެ. ފޮރެސްޓްގެ ދަނޑުގައި ކުޅޭ ފުރަތަމަ ލެގު އޮންނާނީ މިރޭ ރާއްޖެ ގަޑިން ދަންވަރު 1 ޖަހާއިރެވެ.