Roadha Mihaaru

އަލީ ސޯލިހު، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފި

އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހު، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ބުރާސްފަތި ދުވަހު ބަދަލުކުރައްވައިފި އެވެ.

އަލީ ސޯލިހު، ޓްރާންސްޕޯޓްގެ ސްޓޭޓް މިނިސްޓަރަކަށް

އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހު، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ބުރާސްފަތި ދުވަހު ބަދަލުކުރައްވައިފި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މުހިންމު އެއް ބައިވެރިޔާ ޖޭޕީގެ ސްޕޯކްސް ޕާސަންގެ މަގާމު ވެސް ފުރުއްވާ އަލީ ސޯލިހު އެންމެ ފުރަތަމަ ހުންނެވީ ކުރިން ހިންގި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. އެކަމަކު، ވަކި ހިސާބަކުން ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުން އޭނާ މިހާތަނަށް ހުންނެވީ އެންވަޔަރަމެންޓް މިނިސްޓްރީގަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަކީ މީޑިއާއާ ވަރަށް ބީރައްޓެހި ތަނެއް ކަމަށް ވާއިރު، އަލީ ސޯލިހާ ހަވާލު ކުރާނެ އެއް މަސައްކަތަކީ ބެލެވޭ ގޮތުގައި އެ މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންގެ ބައެވެ. އަލީ ސޯލިހަކީ މީޑިއާއާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެއް ކަމަށް ވާއިރު ޓެކްނޮލޮޖީ މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީގައި ވެސް އޭނާގެ އެއް މަސްއޫލިއްޔަތަކަށް ވީ އެއީ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަކީ އެތައް ބައެއްގެ ހިތްހަމަނުޖެހުން ޒަމާންތަކެއް ވަންދެން އޮތް ތަނެކެވެ. އެކަމަކު، އާންމުންގެ މަގުބޫލު ކަމެއް އަދިވެސް ނުހޯދެ އެވެ.

އެ މިނިސްޓްރީގައި މިހާތަނަށް ހުންނެވީ އެންމެ ސްޓޭޓް މިނިސްޓަރެކެވެ. އަލީ ސޯލިހާއެކު އެ މަގާމުގައި މިހާރު ދެ ބޭފުޅަކު ތިއްބަވާނެ އެވެ.