ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމުން ބާއްވާ ހޯޕް ކޮންފަރެންސްގައި ބައިވެރިވާން 1،000 އަށް ވުރެ ގިނަ މަންދޫބުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
02 ފެބުރުއަރީ 2023
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމުން ބާއްވާ ހޯޕް ކޮންފަރެންސްގައި ބައިވެރިވާން 1،000 އަށް ވުރެ ގިނަ މަންދޫބުން ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މިއަދު މެންދުރު ދަރުބާރުގޭގައި ފަށާ ހޯޕް ކޮންފަރެންސްގައި، ރިޔާސީ އިންތިހާބަށް ތައްޔާރުވުމާއި، ކެމްޕޭންގެ ދަތުރުތައް އަލުން ފެށުމާއި ޕާޓީ އަލުން ތަރުތީބުކޮށް އެއްބައިވަންތަކަމާ އެކު އިންތިހާބަށް ނުކުތުމަށް މެމްބަރުންގެ ބައްދަލުވުންތައް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެ ކޮންފަރެންސް ބާއްވަން ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހާ ހަމައަށެވެ.
ޕީޕީއެމުން ބުނި ގޮތުގައި، އެ ޕާޓީގެ ލީޑަޝިޕު ވެސް ބައިވެރިވާ އެ ކޮންފަރެންސްގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ؛
- ދާއިރާ ރައީސުން
- ދާއިރާ ނައިބު ރައީސުން
- ޒުވާނުންގެ ރައީސުން
- އަންހެނުންގެ ރައީސުން
- ސެނެޓަރުން
- ކައުންސިލަރުން
- އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން
ހޯޕް ކޮންފަރެންސްގައި ބައިވެރިވާވާން ރަޖިސްޓްރީވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ދަރުބާރުގޭގައި
ހުކުރު ދުވަހުގެ ރޭ އަދި ހޮނިހިރު ދުވަހު ކޮންފަރެންސްގެ ސެޝަންތައް ދަރުބާރުގޭގައި ކުރިއަށްދާނެ އެވެ. ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހު ރޭގަނޑު 8:30 ގައި އާޓިފިޝަލް ބީޗުގަ އެވެ.
ޕީޕީއެމުން ބުނި ގޮތުގައި، ހުކުރު ދުވަހު ހަވީރު 3:45 ގައި ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ "ބުންވަރު ހިނގާލުން" ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެން ކުރިއަށްދާނެ އެވެ. އަދި "ދުއްޕާން" ނަމުގައި ބޮޑު ޖަލްސާއެއް ވެސް ހޮނިހިރުދުވަހުގެ ރޭ އޮންނާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
ހޯޕް ކޮންފަރެންސްގައި ބައިވެރިވާވާން ރަޖިސްޓްރީވުމުގެ މަސައްކަތް ކުރިއަށްގެންދަނީ --
މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ އެކު ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ދޮރު ވަނީ ބަންދުވެފަ އެވެ. އެކަމަކު ޕީޕީއެމުން ބުނެފައި ވަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ މަނިކުފާނު ކަމަށެވެ. އަދި ހުކުމް އިސްތިއުނާފްކޮށް، ހައި ކޯޓުން ކާމިޔާބު ހޯދޭނެ ކަމަށް ލީޑަޝިޕުން ބުނެ އެވެ.
ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނީ، އެންމެ ލަސްވެގެން އޯގަސްޓް 3 ގެ ކުރިން ހައި ކޯޓުން ހުކުމް ބާތިލްކޮށް، މިނިވަން ވެގެންނެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިިވަނީ އިންތިހާބަށް ކުރިމަތިލާން ޖުލައި 23 އިން އޯގަސްޓު 3 އަށް ހުޅުވާލާށެވެ.
އަޅުގަނޑާ ދެކޮޅަށް ދައްކާނެ އެއްޗެއް ނޯންނާނެ:މުއިއްޒު
"އަޅުގަނޑުގެ ވެރިކަމެއްގައި އަނިޔާވެރިކަމެއް ނޯންނާނެ"
މުއިއްޒު އެމްޕީއެލް ސަރަހައްދަށް، ދެއްވީ ޔަގީންކަން
ޗާޓުން ރީނދޫކުލަ ފިލައިފި، 5 އަހަރުން ބޮޑު ބަދަލެއް
'މަޑަވެލި އިޒް ޕިންކް'؛ ޕީޕީއެމަށް ލޯތްބާއި ޖޯޝް
މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދޭނަން: ހުސެއިން
މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ އެސްޖީ ތޮލާލް
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ޔާމީންގެ ބަދަލުގައި ނަމެއް ހުށަހަޅަން އަމުރަކަށް އެދެފި
އެހެން ޕާޓީއެއްގެ ފަހަތަށް ޕީޕީއެމުން ނާރާނެ: އަދުރޭ