ޕާކިންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ހުޅުމާލޭގައި ސްމާޓް ޕާކިން ތައާރަފްކޮށް، އެ ހިދުމަތް ލުއި ފަސޭހަ ގޮތެއްގައި ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެފި އެވެ.
10 ފެބުރުއަރީ 2023
ޕާކިންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ހުޅުމާލޭގައި ސްމާޓް ޕާކިން ތައާރަފްކޮށް، އެ ހިދުމަތް ލުއި ފަސޭހަ ގޮތެއްގައި ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އެޗްޑީސީން ބުނެފި އެވެ.
އާބާދީ އިތުރުވެ ޕާކިންގެ އުނދަގޫ ބޮޑުވެފައިވާތީ އެޗްޑީސީން އަންނަނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ. މިފަހުން ވެސް ވަނީ ކާރާއި ބަރު އުޅަނދު ފަހަރަށް ހާއްސަކޮށްގެން ޕާކުކުރާނެ ޖާގަތަކެއް ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ދޫކޮށްފަ އެވެ.
ޕާކިންގެ މައްސަލައަށް "ސްމާޓް ސޮލިއުޝަނެއް" ހޯދައިދިނުމުގެ ގޮތުން އެޗްޑީސީން މިވަގުތު އަންނަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތަށް ސްމާޓް ޕާކިން ސޮލިއުޝަން ޓެސްޓްކުރުމުގެ މަސައްކަތްކުރަމުންނެވެ. ރާއްޖޭގައި މުޅިން އަލަށް ޓެސްޓް ކުރަން ތައްޔާރުވަމުން އަންނަ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ތަރައްގީކުރަމުން އަންނަނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ޕާކިން ޒޯނުގަ އެވެ.
އެޗްޑީސީން ތައާރަފުކުރުމަށް ތައްޔާރުވަމުން އަންނަ ސްމާޓް ޕާކިން ޒޯނު: މިއީ ރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރާ ހިދުމަތެއް.
އެޗްޑީސީން ބުނީ ސްމާޓް ޕާކިންގައި ޕާކިން ޖާގަ ރިޒާވްކޮށްގެން ޕާކުކުރަން އަންނަ ކާރުތަކުގެ ނަމްބަރު ޕްލޭޓްތައް ކެމެރާއެއް މެދުވެރިކޮށް ރީޑްކޮށް، އޮޓޯ ބޫމް ގޭޓެއް ސްމާޓް ޕާކިން ޒޯނުގައި ހަރުކޮށްފައިވާނެ ކަމަށެވެ. އެތަނުގައި ޕާކުކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކެމެރާ ވެސް ހަރުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޕާކިން ޒޯނު ތެރޭގައިވާ ޕާކިން ޖާގަތައް ފެންނަ ގޮތަށް ޑިޖިޓަލް ބޯޑެއް ވެސް ބޭރުގައި ހަރުކޮށްފައިވެ އެވެ.
މިވަގުތު ހަމައެކަނި ކާރު ޕާކިންނަށް ކަނޑައަޅާފައިވާ މި ސްމާޓް ޕާކިން ޒޯނުގައި ކުރު މުއްދަތަށާއި ދިގު މުއްދަތަށް ޕާކުކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވެސް އެތަނުގައި ޖާގަތަކެއް ހާއްސަކޮށްފައި ހުންނާނެ އެވެ.
އެޗްޑީސީން ތައާރަފުކުރުމަށް ތައްޔާރުވަމުން އަންނަ ސްމާޓް ޕާކިން ޒޯނުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ހާއްސަ ޖާގަ ހުންނާނެ.
ޕާކިން މައްސަލައަށް މުޅިން ތަފާތު ހައްލެއް ހޯދައިދިނުމަށް އެޗްޑީސީން މަސައްކަތްކުރަމުން އަންނައިރު އެކަން ލުއި ގޮތެއްގައި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޕާކިން އެޕްލިކޭޝަނެއް ވެސް ތައާރަފްކުރާނެ އެވެ.
މިއީ އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކުގައި ވެސް ބޭނުންކުރެވޭ ގޮތަށް ހަދާ އެޕްލިކޭޝަނެކެވެ. އެ އެޕް މެދުވެރިކޮށް ޕާކިން ޒޯނުގައި ހުންނަ ހުސް ޖާގަތަކާއި ޕާކު ކުރެވޭނެ އަގުތަކުގެ އިތުރުން ޖާގަ ރިޒާވްކޮށް، ފައިސާ ވެސް ދެއްކޭނެ އެވެ. އަދި ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާއި ޕާކިން ޖާގައާ ހަމައަށް ނެވިގޭޓްކޮށްދިނުމާއި ބޭނުންކުރާ ފަރާތުގެ ޕްރޮފައިލް ވެސް އެޕުން ފެންނާނެ އެވެ.
ހުޅުމާލެ ސަހަރާ ކުރިމަތީގައި އޮންނަ ބިން ޕާކިން އަށް
ހުޅުމާލޭގައި 15 ޕާކިން އިމާރާތް އަޅަން ހުޅުވާލައިފި
ޕާކިން ބިލްޑިންގްތަކުގައި 4،000ވެހިކަލް ޕާކްކުރެވޭނެ
ހުޅުމާލޭގެ ސްމާޓް ޕާކިންގެ 41 ޖާގަ ކުއްޔަށް ދެނީ
ސްމާޓް ޕާކިންގެ 23 ޖާގަ ދޫކުރަން ހުޅުވާލައިފި
ކާރުތަކަށް ހާއްސަ ޕާކިން އޭރިއާއެއް ހުޅުމާލޭގައި ހަދަނީ
ހުޅުމާލޭގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް
ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން ހުހަށް!
ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯން ސާފުކުރަނީ
ޒޯން ބަދަލުކުރާ ވެހިކަލްތައް ޕާކުކުރާނެ ބިމެއް