މަގުމަތީގައި ޑްރަގް ވިއްކަނިކޮށް އާންމުވި ވީޑިއޯއަކާ ގުޅިގެން ހައްޔަރުކުރި މީހާ އަކީ އެންޑީއޭއިން ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ނުކުރުމުން ޖަލަށް ލުމަށް ފަހު ދޫކޮށްލާފައި ހުރި، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ މީހެއްކަން އެނގިއްޖެ އެވެ.
މަގުމަތީގައި ޑްރަގް ވިއްކަނިކޮށް އާންމުވި ވީޑިއޯއަކާ ގުޅިގެން ހައްޔަރުކުރި މީހާ އަކީ އެންޑީއޭއިން ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ނުކުރުމުން ޖަލަށް ލުމަށް ފަހު ދޫކޮށްލާފައި ހުރި، އެންޑީއޭގެ ބެލުމުގެ ދަށުގައި ހުންނަންޖެހޭ މީހެއްކަން އެނގިއްޖެ އެވެ.
މަގުމަތީގައި ސައިކަލެއްގެ މަތީގައި އިނދެ ޑްރަގް ވިއްކާ މަންޒަރު އާންމުވީ މީހަކު އިމާރާތެއްގެ މަތިން އެ މަންޒަރު ވީޑިއޯކޮށް ވީޑީއޯއެއް ސޯޝަލް މީޑިއާގައި އާންމު ކުރުމުންނެވެ. އެކަމާ ގުޅިގެން ފުލުހުން ހައްޔަރު ކުރި އުމުރުން 25 އަހަރުގެ މީހާ މިހާރު ހުރީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.
އުމުރުން 25 އަހަރުގެ އެ މީހާ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައެއްގައި ހައްޔަރު ކުރުމުން ކުށަށް އިއުތިރާފުވުމުން ފަރުވާ ހޯދަން ޑްރަގް ކޯޓުން ހުކުމްކުރީ މިިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ފަރުވާ ފުރިހަމަނުކޮށްގެން 15 ދުވަހަށް ޖަލަށް ލުމަށް މިދިޔަ ޑިސެމްބަރު 7 ގައި ހުކުމް ވެސް ކުރި އެވެ.
އެ މީހާ އެންޑީއޭގެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރި ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެ އެޖެންސީން ޑްރަގް ކޯޓަށް ވެސް އަންގާފައި ނެތްކަން ވަނީ އެނގިފަ އެވެ.
މިކަމާ ގުޅޭ ގޮތުން އެންޑީއޭއާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބެއް ނުލިބުނެވެ.
އާންމުވި ވީޑިއޯއާ ގުޅިގެން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން ވެސް އޭނާ ވަނީ ޑްރަގް ބޭނުންކުރާ ކަމަށް އިއުތިރާފުވެފަ އެވެ.
ޑްރަގް މައްސަލަތަކުގައި އަތުން ފެންނަ ޑްރަގް ޓްރެފިކިންގެ މިންގަނޑަށް ނުފެތޭ ނަމަ އަދި ޑްރަގް ބޭނުންކުރާ ކަމަށް އިއުތިރާފުވާ ނަމަ ފަރުވާ ހޯދަން އެންޑީއޭއަށް ދިޔުމުގެ ފުރުސަތު ލިބެ އެވެ. އެ ފުރުސަތު ބޭނުން ނުކޮށްފި ނަމަ އޮންނަނީ ތިން އަހަރުގެ ޖަލު ހުކުމެކެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި މަގުމަތީގައި ޑްރަގް ވިޔަފާރިކުރުން ވަނީ އާންމުވެފަ އެވެ. އެކަމަށް ކުޑަކުދިން ވެސް ބޭނުން ކުރެ އެވެ. ދޭތެރެއަކުން ފުލުހުން ގޮސް އެފަދަ ސަރަހައްދުތައް ބަލައި ފާސްކޮށް ބަޔަކު ގެންދެ އެވެ. އެކަމަކު މި މައްސަލަ އާންމުވެފައި އޮތް މިންވަރުން އަދި ހައްލެއް ނުފެނެ އެވެ.
ފަރުވާގެ އެއްބަސްވުމާ ހިލާފުވި މީހާ ތިންއަހަރަށް ޖަލަށް
މަސްތުވާތަކެއްޗަށް މަހެއްގެ މައްޗަށް 15،000ރ.
ޑްރަގު އެެތެރެކުރި މީހަކު 12 އަހަރަށް ޖަލަށް
އިކުއެޑޯގެ ކާޓެލްތަކުން އަހަރަކު 30 ބިލިއަނުގެ ޑީލް!
ޑްރަގް މައްސަލަތަކުގައި 20 މީހަކު އުމުރަށް ޖަލަށް
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ޖޫރިމަނާހޯދުމުގެ ނިޒާމެއް ޑްރަގް ޑީލަރުންނަށް ނުހިނގާ!
ޑްރަގް މައްސަލަތަކުން 16 މިލިއަންގެ ޖޫރިމަނާ ނުލިބި
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
އެޑިކްޝަން ކައުންސިލަރުން ތަމްރީނުކުރަން ފަށަނީ