18 ފެބުރުއަރީ 2023
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ނޫސްވެރިކަމުގެ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ނޫސްވެރިކަމުގެ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
އެމްއެމްސީގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ މި ޕްރޮގްރާމަކީ ސްކޫލް ދަރިވަރުން ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދައި ތަމްރީނު ދިނުމުގެ ގޮތުން އެ ކައުންސިލުން އިސްނަގައިގެން ފެށި ހާއްސަ ޕްރޮގްރާމެއް ކަމަށެވެ.
އެމްއެމްސީން ކުރިއަށް ގެންދާ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ބޭއްވި ފުރަތަމަ ތަމްރީނު ސެޝަންގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 11 އަދި 12 ގެ 25 ދަރިވަރަކު ބައިވެރިވެ އެވެ. މިއަދާއި މާދަމާ މި ތަމްރީނު ޕްރޮގްރާމް އޮންނާނެ އެވެ.
"ކުރިއަށް އޮތް ތަނުގައި މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށްގެން ވެސް ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުން ޓްރެއިން ކުރުމަށް މި ޕްރޮގްރާމް ހިންގަން ރޭވިފައި ވަނީ،" އެމްއެމްސީގެ މެމްބަރު ވިދާޅުވި އެވެ.
އެމްއެމްސީން ކުރިއަށް ގެންދާ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާ ވިދާޅުވީ މި ޕްރޮގްރާމްގައި ނޫސްވެރިކަމަކީ ކޮބައިކަމާއި ފޮޓޯ ޖާނަލިޒަމް އާއި ސްޓޯރީ ޓެލިންނާއި ނޫސްވެރިކަމުގެ އެތިކްސް ދަރިވަރުންނަށް ކިޔައިދޭނެ ކަމަށެވެ. އަދި ވީޑިއޯ އާއި ގްރެފިކްސް ކަހަލަ ނޫސްވެރިކަމާ ގުޅޭ ތަފާތު ދާއިރާތަކުން ދަރިވަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ހިންގާ ޓީވީ، ރޭޑިއޯ އަދި އޮންލައިން ނިއުސްރޫމްތަކަށް ދަރިވަރުން ގެންގޮސް، އެ ތަންތަނުގައި މަސައްކަތް ކުރިއަށް ގެންދާ ގޮތް ބަލައިލުމުގެ ފުރުސަތު ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
އެވޯޑުގެ މައްސަލަ ތަހުގީގުކުރަން އޭސީސީން އެމްއެމްސީއަށް
"އެވޯޑު ހަފުލާގައި އަޅުގަނޑުގެ ބައިވެރިވުމެއް ނެތް"
"ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ދޭނަން"
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ
ނޫސްވެރިކަމުގެ އެވޯޑު ޖަލްސާ ބުދަ ދުވަހަށް ފަސްކޮށްފި
ޝަނާ:އިގުތިސާދީ މައްސަލަތައް ތިލަކޮށްދޭ ވަރުގަދަ ނަމެއް
ނޫސްވެރިކަމުގެ އިނާމަށް 80 އަށް ވުރެ ގިނަ ހުށަހެޅުން
"މީޑިއާތަކަށް މާލީ މިނިވަންކަން ހޯދައި ދޭންޖެހޭ"
ނޫސްވެރިކަމުގެ ހަޔާތީ އަރުތަ ހިރިގާ ޒާހިރާއި ރަމީޒަށް