Roadha Mihaaru
ބޮޑުތަކުރުފާނުމަގުގައި ހަލާކުވެފައި ހުރި ތަންތަން ހަދަނީ

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި އޮތް ހިސާބުގައި ހަލާކުވެފައި ހުރި ތަންތަން ހަދާނެ ބަޔަކު ހޯދަނީ

23 ފެބުރުއަރީ 2023

މާލެ، ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި އޮތް ހިސާބުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ، ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައި އޮތް ހިސާބުގައި ހަލާކުވެފައި ހުރި ތަންތަން މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.

އެ ކައުންސިލުގެ އިއުލާނުގައި ބުނީ، ބޮޑުތަކުރުފާނު މަގުގައި އަޅާފައިވާ ތާރު ފަށަލަ ހަލާކުވެފައި ވާތީ، އެ މަގު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ލޯކަލް އަދި އިންޓަނޭޝަނަލް ފަރާތްތަކުން (ކުންފުނި އަދި ޕާޓްނާޝިޕްތައް)، ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

އެ މަސައްކަތުގެ އަގު ހުށަހެޅުން އޮންނަނީ އަންނަ މަހު 8 ގައި ކަމަށާއި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑު ހަލާކުވެގެން ވަޅުގަނޑު ހެދިފައި: ހިނގާވެބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް މާލޭގެ ބައެއް މަގުތައް ވަނީ ހަލާކުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑު ހަލާކުވެގެން ވަޅުގަނޑު ހެދިފައި: ހިނގާވެބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ މިންވަރަށް މާލޭގެ ބައެއް މަގުތައް ވަނީ ހަލާކުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ ވަރަށް މާލޭގެ ބައެއް މަގުތައް ހަލާކުވެފައި ވާތީ އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ހިސާބުގައި ތާރު އެޅީ ސިނަމާލެެ ބްރިޖު ހުޅުވިއިރު، ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށެވެ.

ނަމަވެސް، އެ މަގު އާންމުންނަށް ހުޅުވާލި ފަހުން އެއްވެސް ވަރަކަށް މަރާމާތެއް ނުކުރެ އެވެ. އެ މަގުގެ އެކި ހިސާބުތަކުގައި ތާރުގަނޑު ހަލާކުވެގެން ބޮޑެތި ވަޅުގަނޑުތައް ހެދިފައި އެބަހުއްޓެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ހިސާބުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ރޯދަމަހުގެ ފަހުން ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ. އެ މަސައްކަތް މި މަހު ބަޔަކާ ހަވާލުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.