މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައިވާ ސަރަހައްދުން ހަލާކުވެފައިވާ ތަންތަނުގައި ސިމެންތި އެޅީ ވަގުތީ ގޮތުން ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
20 މާޗް 2023
މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާފައިވާ ސަރަހައްދުން ހަލާކުވެފައިވާ ތަންތަނުގައި ސިމެންތި އެޅީ ވަގުތީ ގޮތުން ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ ވަރަށް މާލޭގެ ބައެއް މަގުތައް ހަލާކުވެފައި ވާތީ އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.
އެ ކައުންސިލުން ބުނީ، ބޮޑުތަކުރުފާނު މަގުން ސްޓެލްކޯ ކައިރީގައި ހަދާފައިވާ ބަސް ސްޓޮޕް ކުރިމަތީ ހެދިފައިވާ ވަޅުގަނޑުތަކާ ހެދި އެ ސަރަހައްދު ބޭނުން ކުރާ މީހުންނަށް ދިމާވެދާނެ ނުރައްކާތެރި އެކްސިޑެންޓުތަކުން ރައްކާތެރި ކުރުމަށައި ދިމާވާ ދަތިތައް ހައްލު ކުރުމަށްޓަކައި ވަގުތީ ގޮތުން ސިމެންތި އަޅައި އެ ވަޅުގަނޑުތައް މިހާރު ބައްދާލާފައިވާ ކަމަށެވެ.
އެ ތަންތަނުގައި ހެދިފައި ހުރި ވަޅުގަނޑުތައް މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކުރީ މިދިޔަ މަހު އެވެ.
މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ހިސާބުގައި ތާރު އެޅީ ސިނަމާލެެ ބްރިޖު ހުޅުވިއިރު، ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށެވެ.
މަގު ހަދަން އެމްއެމްއޭ ކައިރިން ބޭރު މަގު ބަންދުކުރަނީ
ތާރުމަގު މަރާމާތުކުރަން ޗައިނާގެ ކުންފުންޏަކަށް
ބޮޑުތަކުރުފާނުމަގުގައި ހަލާކުވެފައި ހުރި ތަންތަން ހަދަނީ
ކަދުރު ރުއްތަކުގެ ބުޑުގައި ޑިޖިޓަލް ބޯޑު ހަރުކުރަނީ
ބޮޑުތަކުރުފާނުމަގު ބަދަލުކޮށްލާނެ ގޮތުގެ ފޮޓޯތަކެއް
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށައި ރޯދަމަހުގެ ކުރިން ނިންމަނީ!
ބޭރުމަގު ފުޅާކުރި ސަރަހައްދު ހުޅުވާލައިފި
ބޭރުގެ މަގުގެ ބާކީބައި ހަދަން އާންމުންގެ ހިޔާލު ހޯދަނީ
ތާރުއަޅަން ޖުމްހޫރީ މައިދާން ކައިރި މަގުތައް ބަންދު
ލޯންޗުތަކަށް އިތުރު ދެ ފަޅެއް ދޭން މަޝްވަރާކޮށްފި