Roadha Mihaaru
ބޮޑުތަކުރުފާނުމަގު ބަދަލުކޮށްލާނެ ގޮތުގެ ފޮޓޯތަކެއް

ކަދުރު ރުއްތަކާ އެކު ބޮޑުތަކުރުފާނުމަގުގެ މަންޒަރު ބަދަލުކޮށްލާނެ ގޮތް ދައްކާލައިފި

31 އޮކްޓޯބަރ 2022

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ނިންމާފައިވާ ގޮތުގެ މަންޒަރުތައް ފެންނަ ކުރެހުންތައް މިއަދު ދައްކާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ނިންމާފައިވާ ގޮތުގެ މަންޒަރުތައް ފެންނަ ކުރެހުންތައް މިއަދު ދައްކާލައިފި އެވެ.

އެ ކައުންސިލުން ކުރި ޓުވީޓެއްގައި، އެ މަގަށް ގެންނަން ނިންމާފައިވާ ބަދަލުތައް ފެންނަ ހަތަރު ފޮޓޯ އާންމުކޮށްފައިވެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ނިންމާފައިވާ ގޮތް ފެންނަ ކުރެހުން. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލުން

ބޮޑުތަކުރުފާނު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މާލޭގެ ދެކުނު ފަރާތުން، އެ މަގުގެ އެއްކޮޅުން އަނެއްކޮޅަށް މިހާރު ހުރީ ކަދުރު ރުއް ވެސް އިންދައިފަ އެވެ. އަދި އެ ރުއްތަކުގެ ބުޑުގެ ވަށައިގެން، ތިރި ފާރެއް ރާނައި، ވެލި އަޅާފައިވެ އެވެ.

ސިޓީ ކައުންސިލުން އާންމުކުރި ފޮޓޯތަކުގައިވާ ގޮތުން އެ ރުށްތަކުގެ ބުޑުގައި ރީތި މާގަސްތައް އިންދާނެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ނިންމާފައިވާ ގޮތް ފެންނަ ކުރެހުން. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލުން

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ނިންމާފައިވާ ގޮތް ފެންނަ ކުރެހުން. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލުން

އެ ކައުންސިލުން ކުރިން ބުނި ގޮތުގައި އެ މަގުގައި ކަދުރު ރުއްތައް އިންދަން ނިންމީ ކަމާބެހޭ މާހިރުންގެ ލަފާ ހޯދުމަށް ފަހުގަ އެވެ.

އެ މަސައްކަތަށް ކުރާ ހަރަދުގެ ތަފުސީލެއް އަދި ނުލިބެ އެވެ. އެކަމަކު އެ ކަދުރު ރުއްތަކަކީ ކައުންސިލުން ބިޑަށް ހުޅުވާލައިގެން، ގަނެގެން ގެނައި ރުށްތަކެކެވެ.

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ނިންމާފައިވާ ގޮތް ފެންނަ ކުރެހުން. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލުން

މާލޭ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނުމަގު ތަރައްގީކުރަން ނިންމާފައިވާ ގޮތް ފެންނަ ކުރެހުން. -- ފޮޓޯ: މާލޭ ސިޓީ ކައުންސިލުން

މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ތެރެއިން މަގުތަކާއި ޕާކުތަކުގައި މުޅި އަހަރަށް ބަލާއިގެން އެކި ދުވަސްތަކުގެ މަތިން ގަސްތައް އިންދަން ވެސް ސިޓީ ކައުންސިލުން ނިންމާފައިވެ އެވެ. އެ ޕްރޮގްރާމްގެ ތެރެއިން މި އަހަރު މެދުތެރޭގައި އަމީނީމަގުގައި އަނބުގަސްތަކެއް ވެސް އިންދި އެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ކާނިވަލުގައި ގަސް ވިއްކާ ފިހާރައެއް ވެސް ހުޅުވައިފަ އެވެ.