Roadha Mihaaru
ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލުގެ ޖަޖަކަށް ޝެފް މާހާ

ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލުގެ ޖަޖަކަށް ދިވެހި ޝެފް މާހާ

23 ފެބުރުއަރީ 2023

މިދިޔަ އަހަރު މާސްޓާ ޗެފުގެ ލަގަބު ލިބުނު ދިވެހި ޝެފް މާހާ ނަސީރު ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލުގައި ފަނޑިޔާރުކަން ކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މިދިޔަ އަހަރު މާސްޓާ ޗެފުގެ ލަގަބު ލިބުނު ދިވެހި ޝެފް މާހާ ނަސީރު ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލުގައި ފަނޑިޔާރުކަން ކޮށްފި އެވެ.

އެ މުބާރާތުގައި މާހާ ފަނޑިޔާރުކަން ކުރީ ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ޝެފުންނާ އެކު އެވެ. މާހާ ފަނޑިޔާރުކަން ކުރި މުބާރާތަކީ ޔޫރަޕުގެ 40 ޓީމެއްގެ ޝެފުން ވާދަ ކުރި މުބާރާތެކެވެ. އެ މުބާރަތް އޮތީ އިޓަލީގެ ރިމިނި ސިޓީގަ އެވެ.

މާހާ ފަނޑިޔާރުކަން ކުރި ސެމީ ފައިނަލް މި މަހުގެ 19 އިން 22 އަށް ކުރިއަށް ދިޔަ އެވެ.

ފަނޑިޔަރުންގެ ޓީމާއި އެކު ޝެފް މާހާ. އޭނާ ފަނޑިޔާރުކަން ކުރީ ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލުގަ.

ފަނޑިޔަރުންގެ ޓީމާއި އެކު ޝެފް މާހާ. އޭނާ ފަނޑިޔާރުކަން ކުރީ ގްލޯބަލް ޝެފްސް ޗެލެންޖުގެ ސެމީ ފައިނަލުގަ.

އެ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރި ޝެފުންގެ ޓީމުތައް އަންނަ އަހަރުގެ އޮކްޓޯބަރުގައި ސިންގަޕޫރުގައި އޮންނަ ގްލޯބަލް ޝެފް ޗެލެންޖް ފައިނަލުގައި 4 ކެޓަގަރީއަކުން ވާދަ ކުރާނެއެވެ. އެ ކެޓަގަރީތަކަކީ ކެޓަގަރީތަކަކީ ދަ ގްލޯބަލް ޝެފްސް ޗެލެންޖް، ގްލޯބަލް ޕޭސްޓްރީ ޝެފްސް ޗެލެންޖް، ގްލޯބަލް ވީގަން ޝެފްސް ޗެލެންޖް، އަދި ގްލޯބަލް ޔަންގް ޝެފްސް ޗެލެންޖެވެ.

މާހާ އަކީ މާސްޓާ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑުން ދޭ މާސްޓާ ޝެފްގެ ލަގަބު ލިބުނު ފުރަތަމަ ދިވެހި ޝެފެވެ. އޭނާ ވަނީ ސިންގަޕޫރުގެ ކްރިއޭޓިވް ކަލިނަރީން ކަލިނަރީ އާޓްސް އެންޑް ކުޒީން އިން ޑިގްރީ ހާސިލް ކޮށްފަ އެވެ.

މާހާ އަކީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް އެވެ. އަދި އޭނާ އަކީ ވޯލްޑް ޝެފްސް އެޕްރޫވްޑް ޕޭސްޓްރީ ރޫކީ ޖަޖެކެވެ.