Roadha Mihaaru
އަފްޣާނިސްތާން ކަޓުވާލުމަށްފަހު ސިންގަޕޫރު ފައިނަލަށް

ފޭވަރިޓުން ކަމަށް ބެލެވުނު އަފްޣާނިސްތާން ކަޓުވާލުމަށްފަހު ސިންގަޕޫރު ފައިނަލަށް

26 ފެބުރުއަރީ 2023

ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ރައުންޑް ރޮބިން ބުރުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް އެ ބުރުގެ އެއްވަނަ ހޯދުމުން، މުބާރާތުގެ ފޭވަރިޓުންގެ ކަމަށް ބެލެވުނު އަފްޣާނިސްތާން ކަޓުވާލުމަށް ފަހު ސިންގަޕޫރު ފައިނަލަށް ދަތުރުކޮށްފި އެވެ.

ރައުންޑް ރޮބިން ބުރުގައި ކުޅުނު ތިން މެޗުން ވެސް ބަލިވި ސިންގަޕޫރުން، މިއަދު އަފްޣާނިސްތާނާ ދެކޮޅަށް ކާމިޔާބު ހޯދީ ސީދާ ތިން ސެޓުންނެވެ. ސިންގަޕޫރުން ސެޓްތައް ގެންދިޔައީ 25-18، 25-22، 25-22 ންނެވެ.

ރައުންޑް ރޮބިން ބުރު ސިންގަޕޫރު ނިންމާލީ އެންމެ ޕޮއިންޓެއް ވެސް ނުލިބި ތާވަލުގެ ފުލުގައި އޮވެގެންނެވެ. އެ ބުރުގައި އަފްޣާނިސްތާން ވަނީ ސިންގަޕޫރުގެ މައްޗަށް 3-1 ސެޓުން ކުރި ހޯދައިފަ އެވެ. އެ ބުރުގައި ހަތަރު ޓީމުގެ ތެރެއިން ވެސް އެންމެ ދަށް ކުޅުމެއް ފެނުނީ ސިންގަޕޫރުގެ ފަރާތުންނެވެ.

ސިންގަޕޫރާއި އަފްގާނިސްތާން މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސިންގަޕޫރާއި އަފްގާނިސްތާން މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު މިއަދުގެ މެޗުގައި ސިންގަޕޫރު ފެނުނީ މާބޮޑަށް ވެސް ތަފާތުކޮށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަފްޣާނިސްތާނުން ސިންގަޕޫރު ކައިރީ ކުޅުނު ކުޅުން މިއަދު ސެމީ ފައިނަލުގައި އެއްގޮތަކަށް ވެސް ނުކުޅެވުނެވެ.

މާދަމާ ރޭ ކުޅޭ ފައިނަލުގައި ސިންގަޕޫރާ ވާދަކުރާނީ، މެލޭޝިއާ ނުވަތަ ރާއްޖެ އެވެ. ރައުންޑް ރޮބިންގެ ތިންވަނަ ހޯދައި ރާއްޖެއިން ސެމީގައި ކުޅެން ޖެހުނީ ދެވަނަ ހޯދި މެލޭޝިއާ އާ ދެކޮޅަށެވެ. ދެ ޓީމު ބައްދަލު ކުރާ ސެމީގެ ދެވަނަ މެޗު މިރޭ އޮންނާނެ އެވެ.

ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން ވަނީ ބަލިވެފަ އެވެ. ގައުމީ އަންހެން ޓީމުން މިއަދު ހަވީރު ސެމީގައި ނުކުންނާނީ މެލޭޝިއާ އާ ދެކޮޅަށެވެ. އަންހެން ފިރިހެން އެކުއެކީގައި ކުރިއަށްގެންދާ މުބާރާތުގެ އަންހެން ފައިނަލު މެޗު އޮންނާނީ މާދަމާ ހަވީރު އެވެ. ތިން ޓީމު ވާދަކުރި އަންހެން ބައިގެ ފައިނަލަށް ސިންގަޕޫރު ވަނީ އެއްވަނަ ހޯދައިގެން ދަތުރުކޮށްފަ އެވެ.