Roadha Mihaaru
މެލޭޝިއާ އަތުން ވެސް ސިންގަޕޫރު ބަލި ވެއްޖެ

މެލޭޝިއާ އަތުން ވެސް ސިންގަޕޫރު ވީ ބަލި، ދެ ޓީމު ވެސް ސެމީގެ އިންތިޒާރުގައި

25 ފެބުރުއަރީ 2023

ރާއްޖޭގައި މިހާރު ކުރިއަށްދާ، ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަދު މެލޭޝިއާގެ މައްޗަށް ސިންގަޕޫރު ކުރި ހޯދައިފި އެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ، ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަދު މެލޭޝިއާގެ މައްޗަށް ސިންގަޕޫރު ކުރި ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯހޯލްގައި މިއަދު ހަވީރު ކުޅުނު މެޗު މެލޭޝިއާ ޓިމު ކާމިޔާބު ކުރީ 3-1 ސެޓުންނެވެ.

މުބާރާތް އިންތިޒާމުކޮށްފައިވާ ގޮތުން ފުރަތަމަ ސެމީ ފައިނަލުގައި ވާދަކުރާނީ ދެވަނަ އަދި ތިންވަނަ ޓީމެވެ. ދެވަނަ ސެމީގައި އެއްވަނަ އާއި ހަތަރުވަނަ އެވެ. ކުޅުނު ހުރިހާ މެޗަކުން ވެސް ސިންގަޕޫރު ބަލިވުމުން އެ ޓީމު އޮތީ ހަތަރު ވަނައިގަ އެވެ.

ޓޭބާލަގެ ބާކީ ޖާގަތައް މުޅިން ކަށަވަރު ވާނީ މިރޭ އަފްޣާނިސްތާނާއި ރާއްޖެ ކުޅޭ މެޗުންނެވެ. ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް އަފްޣާނިސްތާން އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ސެމީ ފައިނަލު މެޗުތައް އޮންނާނީ މާދާމާ އެވެ.

ސިންގަޕޫރު ރޭ ރާއްޖެ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މުބާރާތުގައި އެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. މިއަދު ފުރަތަމަ ސެޓް މެލޭޝިއާއިން ކާމިޔުާބު ކުރީ 25-22 ންނެވެ. ދެވަނަ ސެޓް ހޯދީ 25-18 އިންނެވެ.

ސިންގަޕޫރުން ތިންވަނަ ސެޓްގައި ކުޅުން ރަނގަޅުކޮށް އެ ސެޓް ހޯދީ 25-20 ންނެވެ. އެކަމަކު ހަތަރުވަނަ ސެޓްގައި ފެނުނީ އަނެއްކާ ވެސް ދަށް ކުޅުމެވެކެވެ. އެ ސެޓް މެލޭޝިއާއިން ކުރީ ހޯދީ 25-17 އިންނެވެ.