Roadha Mihaaru
ދިވެހި ޓީމުން ތާރީހީ ޝަރަފެއް ހޯދުމުގެ އުންމީދުގައި

ދިވެހި ޓީމުން ތާރީހީ ޝަރަފެއް ހާސިލުކުރުމުގެ އުންމީދުގައި

27 ފެބުރުއަރީ 2023

ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ޓީމު އިވެންޓަކުން އަމިއްލަ ފަސްގަނޑުގައި ކުޅެގެން ޗެމްޕިއަންކަން ލިބުނު އެއްވެސް ކުޅިވަރެއް މިހާތަނަށް ނެތެވެ. އެ ޝަރަފު ހާސިލުކުރަން އެންމެ ކައިރީގައި މިއޮތީ، ގައުމީ އަންހެން ވޮލީބޯޅަ ޓީމެވެ. ރާއްޖޭގައި މިހާރު ކުރިއަށްދާ ފޯ ނޭޝަން އިންޓަނޭޝަނަލް ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ރާއްޖޭގެ ޓީމުން ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.

އެ ޝަރަފް ހާސިލުކުރުން ހަންދާންކޮށް ދީ ޓީމަށް ކުޅުންތެރިންނަށް އެ ޕްރެޝަރު ކުރާކަށް ގައުމީ ޓީމުގެ ކޯޗު ވެސް އަދި މެނޭޖްމެންޓުން ވެސް ވިސްނާފައެއް ނެތެވެ.

އެ އުއްމީދު ހާސިލުކުރަން ޓީމު ތެރޭގައި ރޫހު އޮތީ ކިހިނެއްތޯ އެހުމުން ޓީމުގެ މެނޭޖަރު އަބްދުﷲ ރަޝީދު ވާހަކަ އަނބުރާލީ އެހެން ދިމާއަކަށެވެ. މެލޭޝިއާ އަތުން ބުރަ މަސައްކަތުން ލިބުނު މޮޅާއެކު ކުޅުންތެރިންނަށް ލިބުނު އުފާވެރިކަމުގެ ތެރޭގައި އިތުރު ޕްރެޝަރެއް ދޭން އޭނާ ބޭނުމެއް ނުވި އެވެ.

ސެމީ ފައިނަލުގައި އިއްޔެ މެލޭޝިއާ އާ ދެކޮލަށް ކުޅުނު މެޗަށް ފަހު ދިވެހި ޓީމުން އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސެމީ ފައިނަލުގައި އިއްޔެ މެލޭޝިއާ އާ ދެކޮލަށް ކުޅުނު މެޗަށް ފަހު ދިވެހި ޓީމުން އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރައުންޑް ރޮބިން ބުރުގައި އެންމެ ބޭނުންވާ ނަތީޖާ ނުލިބުނު ނަމަވެސް ކުޅުންތެރިންނަށް އެ ޕްރެޝަރޔ ދޭން ކޯޗު އިބްރާހިމް ނިޒާރު ވެސް ބޭނުން ނުވާ ކަމަށް އަބްދުﷲ ރަޝީދު ބުންޏެވެ.

ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން އަންހެން ޓީމު ބަލިވީ ފަސް ސެޓް ކުޅެގެން އެންމެ ފަހު ވަގުތުކޮޅުގަ އެވެ. ސެމީ ފައިނަލުގައި އިއްޔެ މެލޭޝިއާގެ މައްޗަށް ރާއްޖެއިން ކާމިޔާބު ކުރީ ވެސް ފަސް ސެޓަށް ކުޅެގެންނެވެ.

ފުރަތަމަ މެޗުގައި މެލޭޝިއާ އަތުން ބަލިވި ނަމަވެސް ސެމީގައި ކުޅެން ޖެހޭނެތީ ކުޅުންތެރިން ވެސް ތިބީ އެކަމަށް ވިސްނަގައިގެން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަށް އެނގޭ ސިންގަޕޫރަކީ ކިހާ ވަރުގަދަ ޓީމެއްކަން. ދެން މުޅި ގައުމު މި ޓީމުގެ ފަހަތުގައި އޮންނާނެކަން އެނގޭތީ އެ ހިތްހަމަޖެހުމާއެކު އެ ޕްރެޝަރު ވެސް އޮންނާނެ. އެ ހުރިހާ ކަމަކަށް ވިސްނައިގެން ކުޅުންތެރިން ވީ އެންމެ ބޮޑަކަށް މެޗު އެންޖޯއިކޮށްގެން ކުޅެން ކޯޗު މި ކުޅުންތެރިން ތައްޔާރު ކުރަނީ.