Roadha Mihaaru
އެމްއާރުއެމުން ރިޔާސީ އިންތިހާބަށް މަޝްވަރާ ފަށައިފި

ރިޔާސީ އިންތިހާބަށް ގޮތް ނިންމަން އެމްއާރުއެމުން މަޝްވަރާ ފަށައިފި، ކަންބޮޑުވުންތައް އެބަހުރި!

28 ފެބުރުއަރީ 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އެތެރޭގެ މަޝްވަރާތައް ފަށައިފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އެތެރޭގެ މަޝްވަރާތައް ފަށައިފި އެވެ.

އެ ޕާޓީއާ ގުޅޭ ކަންކަން އެނގިވަޑައިގަންނަވާ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީގެ ކޯލިޝަނުގައި ދެމިތިބޭނީތޯ ނުވަތަ އާ ބަޔަކާއެކު ކޯލިޝަން ހެދުމާ މެދު ވެސް މަޝްވަރާ ކުރާ ކަމަށެވެ. އެކަމަކު އަދި އެއްވެސް ގޮތެއް ނުނިންމަ އެވެ.

"ޕާޓީގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ވިސްނުން ހުރީ މިހާރުގެ ރައީސާއެކު ކުރިއަށް ދާން. އެކަމަކު އެ ނޫން ވިސްނުން ވެސް އެބަހުރި. މިދިޔަ ދުވަސްތަކުގެ ތަޖުރިބާ އަށް ބަލައި ކަންބޮޑުވުންތައް ވެސް މަދެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެމްއާރުއެމްގެ އިސް މެމްބަރުންގެ ކަންބޮޑުންތަކުގެ ތެރޭގައި ކޯލިޝަންގެ ތެރެއިން ޕާޓީތަކަށް ލިބެންޖެހޭ ހައްގުތައް ނުދިނުމާއި އެއްބަސްވި ގޮތަށް ސިޔާސީ މަގާމުތަކުގެ ޕަސެންޓް ހަމަޖައްސައި ނުދިނުމާއި މަގާމުތަކަށް އައްޔަންކުރަން ފޮނުވި ނަންތަކަށް ގޮތެއް ނުނިންމުން ފަދަ ކަންކަން ހިމެނެ އެވެ.

ކޯލިޝަން ދެމެހެއްޓުމުގެ ވިސްނުން ވެސް އެބަހުރި. އެމްއާރުއެމްގެ ސްލޮޓްގައި މަގާމުގައި ތިއްބެވި ދެ ވަޒީރުންގެ ވިސްނުން ހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ތިބެން،"

"މިސާލަކަށް ހައުސިން މިނިސްޓްރީ އެއީ އެމްއާރުއެމްގެ ސްލޮޓެއް. އާތިފާ އިސްތިއުފާ ދެއްވީމާ އެމްއާރުއެމަށް އެ ސްލޮޓެއް ނުލިބުނު. އެ މިނިސްޓްރީއެއް ނުލިބުނު. އެމްއާރުއެމްގެ ބޭފުޅަކު ހަމަޖައެއް ނުޖެއްސި. އެ ކަހަލަ ކަންބޮޑުވުންތައް އެބަހުރި. ކޯލިޝަން ހަދަން އޭރު އެއްބަސްވި ކަންކަމަށް އިހުތިރާމް ނުކުރި މައްސަލަ އެމްއާރުއެމްގެ އެންމެ މަތިން ފެށިގެން އެންމެ ތިރިން ވެސް ކަންބޮޑުވުމާއެކު ފާހަގަކުރޭ،" އެމްއާރުއެމާ ގުޅޭ ކަންކަން އެނގިވަޑައިގަންނަވާ އިސް މެމްބަރު ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވިގޮތުގައި ކޯލިޝަން ދެމެހެއްޓުމަކީ މިހާތަނަށް އެއްވެސް ބޭފުޅަކަށް ނުވި ކަމަކަށް ވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ކަމުގައި ހޯއްދެވި ކާމިޔާބީ އެމްއާރުއެމްގެ ގިނަ މެމްބަރުން ބަލިއިގަނެ އެވެ.

"އެއީ ވަރަށް ބޮޑު ކާމިޔާބީއެއް. އެހެންވެ، ކޯލިޝަން ދެމެހެއްޓުމުގެ ވިސްނުން ވެސް އެބަހުރި. އެމްއާރުއެމްގެ ސްލޮޓްގައި މަގާމުގައި ތިއްބެވި ދެ ވަޒީރުންގެ ވިސްނުން ހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ތިބެން،" އޭނާ ވިދާޅުވި އެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ ޖަލްސާއެއް ވާހަކަ ދައްކަވަނީ: ޔުމްނާ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދެމިތިބެން ކަމަށް ވޭ..--- ފައިލް ފޮޓޯ: މިހާރު

ހެރިޓޭޖް މިނިސްޓަރު ޔުމްނާ ޖަލްސާއެއް ވާހަކަ ދައްކަވަނީ: ޔުމްނާ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދެމިތިބެން ކަމަށް ވޭ..--- ފައިލް ފޮޓޯ: މިހާރު

އެ ޕާޓީގެ ސްލޮޓްގައި ވަޒީރުންގެ ގޮތުގައި ތިއްބެވީ ހެރިޓޭޖް މިނިސްޓަރު އަދި އެމްއާރުއެމްގެ މުސްތަޝާރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫންގެ ދަރިކަލުން ޔުމްނާ މައުމޫނާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.

ރިޔާސީ އިންތިހާބުގައި ކުރިއަށް ދާނެ ގޮތަކާ މެދު އެމްއާރުއެމުން ވަކި ގޮތެއް ނިންމާނީ ބެލެވޭ ގޮތުގައި މައުމޫން ރާއްޖެ ވަޑައިގަތުމުންނެވެ. އެ މަނިކުފާނު މި ވަގުތު ހުންނެވީ މެލޭޝިއާގަ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް، މިހާރުގެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއާއެކު ކޯލިޝަން ހަދަން މިހާތަނަށް އެއްބަސްވީ އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެވެ. މިހާރުގެ ކޯލިޝަންގެ އެންމެ ނުފޫޒު ގަދަ އެއް ޕާޓީ ޖުމްހޫރީ ޕާޓީން އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް ފެންނަ މަންޒަރުތަކަށް ބަލާއިރު ހިޔާރު ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅި އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ ކެންޑިޑޭޓަކަށް ހަދައި އޭނާގެ ރަނިންމޭޓަކަށް ވެވަޑައިގަތުމުގެ ވިސްނުން ނަޝީދު ގެންގުޅުއްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ދެ ބޭފުޅުންގެ ބަސްމަގު ވެސް މިހާރު ހުރީ އެއްބޭފުޅު އަނެއް ބޭފުޅަކަށް ތައުރީފު ކުރުމުގަ އެވެ. އެކަމަކު، ޖޭޕީގެ ކައުންސިލުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.