Roadha Mihaaru
ރާނީގެ ދަތުރު ބައިވެރިއެއް ބައިގަރުނު ފަހުން ރާއްޖޭގައި

ރާނީގެ ދަތުރުގެ ބައިވެރިއެއް ބައި ގަރުނު ފަހުން ރާއްޖޭގައި

03 މާޗް 2023

މީގެ ބައި ގަރުނު ކުރިން އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ރާއްޖެއަށް ވަޑައިގަތް އިރު އެ ކަމަނާއާ އެކު ދަތުރުކުރި އިނގިރޭސި ސިފައިންގެ ތެރޭގައި ހިމެނުނު ޖޯން ހޯލީޖްގެ އުމުރުން 21 އަހަރެވެ. އެމްއެމްއެސް އަރެތޫސާގައި މިޑްޝިޕްމަން އަކަށް އޭރު އުޅުނު ހޮލީޖްގެ އެ ދަތުރަށް ފަހު މިހާރު އަނެއްކާވެސް ހުރީ ރާއްޖޭގަ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މީގެ ބައި ގަރުނު ކުރިން އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ރާއްޖެއަށް ވަޑައިގަތް އިރު އެ ކަމަނާއާ އެކު ދަތުރުކުރި އިނގިރޭސި ސިފައިންގެ ތެރޭގައި ހިމެނުނު ޖޯން ހޯލީޖްގެ އުމުރުން 21 އަހަރެވެ. އެމްއެމްއެސް އަރެތޫސާގައި މިޑްޝިޕްމަން އަކަށް އޭރު އުޅުނު ހޮލީޖްގެ އެ ދަތުރަށް ފަހު މިހާރު އަނެއްކާވެސް ހުރީ ރާއްޖޭގަ އެވެ.

އަސްކަރިއްޔާއިން 2006 ވަނަ އަހަރު ރިޓަޔަކުރުމަށް ފަހު ޔޮޓެއް ގަނެ ދުނިޔެ ވަށައި ފެށި ދަތުރުގައި މިހާރު އޭނާ ހުރީ 51 އަހަރު ފަހުން އެނބުރި ރާއްޖެ އައިސް، ހއ. އުލިގަމު ބަނދަރުގައި އޮތް އޭނާގެ ޔޮޓްގަ އެވެ.

ރާނީ އެލިޒަބަތު ކޮމަންވެލްތު ގައުމުތަކަށް ކުރެއްވި ޒިޔާރަތުގައި މާޗް 13، 1972 ގައި ރާއްޖެއަށް ވަޑައިގަތް ދުވަހުގެ ހަނދާންތައް އާކުރަމުން ހޮލީޖް "މިހާރު" އަށް ދިން އިންޓަވިއުގައި ބުނީ އެއީ ވަރަށް އާދައިގެ ހިތްފަސޭހަ ދިރިއުޅުމެއްގައި ދިވެހިން އުޅުނު ދުވަސްވަރެއް ކަމަށެވެ.

"ރާނީއަށް ކީ ހޫނު މަރުހަބާ އާއި އާންމުން އޭރު އެ މީހުންނާ ލިބިފައި ހުރި ވަސީލަތްތަކާ އެކު ހިތްހަމަޖެހިގެން އެ އުޅުނީ ވަރަށް ސާދާކޮށް. ޒަމާނީ ގޮތްގަނޑެއް ނެތް،" އަންނަ މަހު 73 އަހަރު ފުރޭ ހޮލީޖް ފޯނުން ދިން ކުރު އިންޓަވިއުގައި ބުންޏެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތް ދުވަހު މާލޭ ބަނދަރުމަތީގައި ހަދާފައިވާ ގިޑިގެއެއް ކައިރީ އިނގިރޭސި ވިލާތުގެ ސިފައިން. -- ފޮޓޯ: ޖޯން ހޯލިޖް

އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތް ދުވަހު މާލޭ ބަނދަރުމަތީގައި ހަދާފައިވާ ގިޑިގެއެއް ކައިރީ އިނގިރޭސި ވިލާތުގެ ސިފައިން. -- ފޮޓޯ: ޖޯން ހޯލިޖް

ހޮލީޖްގެ ތާރީހީ ފުރަތަމަ ޒިޔާރަތުގެ ހަނދާން އާކުރަމުން ބުނީ އެ ދުވަހު މުޅި މާލޭގައި އިމާރާތްތައް ހުރީ "ހުދުކުލަ ލާފައި" ކަމަށެވެ. އެއީ ރަށުތެރެއަށް ދޮންވެލި ލައި، ފާރުތަކުގައި އުވަ ލައި ހުދުކޮށް ރާނީގެ ދަތުރުފުޅަށް ވެފައިވާ ތައްޔާރީގެ ވާހަކަ އެވެ.

މި ލިޔުމުގައި މި ހުރި ރާއްޖޭގެ އޭރު ފޮޓޯތަކަކީ ހޮލީޖް ރައްކާކޮށްގެން ގެންގުޅޭ ހާއްސަ ހަނދާންތަކެވެ.

"ދާ ކޮންމެ ތަނަކުން ކުލަ ވަސް ދުވަނީ ކީއްވެހޭ ރާނީ ސުވާލުކުރައްވާ ކަމަށް ބުނެ އަހަރެމެންގެ ތެރޭ އެ ވާހަކަ ޖޯކަކަށް ވެސް ހަދައިގެން އެތައް ދުވަހެއް ވަންދެން ކިޔައި އުޅުނު،" އޭރު ތިން ދުވަހަށް ރާއްޖެއަށް ކުރި ދަތުރުން ހަނދާން ހުންނަ އެއް ކަމަކީ ކޮބައިތޯ އެހުމުން ބުންޏެވެ.

އަސްކަރިއްޔާއިން 2006 ވަނަ އަހަރު ރިޓަޔާކުރި އިރު ނޭވަލް ކެޕްޓަނެއްގެ ގޮތުގައި ހުރި ހޮލީޖް ވަނީ ނޭވަލް އިޓަލީއަށް ކަނޑައަޅާފައި ހުންނަ ނޭވަލް އެންޑް އެއާ އަޓާޗޭގެ މަގާމާއި މޯލްޓާއަށް ކަނޑައަޅާފައި ހުންނަ ޑިފެންސް އެޑްވައިޒަރުގެ މަގާމު ވެސް އަދާކުރި އެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތް ދުވަހު ރާއްޖެ އައި އިނގިރޭސި ވިލާތުގެ ސިފައިންގެ ތެރޭގައި ހިމެނުނު ޖޯން ހޯލިޖް އޭނާގެ ހއ. އުލިގަމު ބަނދަރުގައި މިހާރު އޭނާ ދަތުރުކުރާ ޔޮޓްގައި.

މިހާރު ދުނިޔެ ވަށައި ބުރެއް ޖަހަން ކުރާ ދަތުރުގައި ހއ. އުލިގަމުގައި ހުރެގެން ހޮލީޖް ބުނީ އޭނާ އަދި މާލެއަށް އަންނާނެ ކަމަށާއި 1972 އިން ފެށިގެން މި ހޭދަވި ދިގު މުއްދަތުގައި ރާއްޖެއަށް އައި ބަދަލު ކިޔައިދޭން އެނގޭނީ އޭރުން ކަމަށެވެ.

"އެކަމަކު އުލިގަމުން ކީ މަރުހަބާ އަކީ 1972 ގެ ހަނދާންތައް އާކޮށްދިން ކަމެއް،" ދިވެހިންގެ މެހްމާންދާރީ ދެގޮތެއްނުވެ ދެމި އޮތްކަން ފާހަގަކޮށް އޭނާ ބުންޏެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތް ރަސްމީ ޔޮޓް އެމްއެމްވައި ބްރިޓޭނިއާ މާލޭ ބަނދަރުގައި. -- ފޮޓޯ: ޖޯން ހޯލިޖް

އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތް ރަސްމީ ޔޮޓް އެމްއެމްވައި ބްރިޓޭނިއާ މާލޭ ބަނދަރުގައި. -- ފޮޓޯ: ޖޯން ހޯލިޖް

ރާނީގެ ދަތުރުފުޅުގެ ފްލީޓްގައި ހިމެނުނު ހޮލީޖް އެ ހަނދާންތައް އާކުރަމުން ބުނީ އޭނާ ރޯޔަލް ނޭވީގައި އޭނާ މެރިން އިންޖިނިއަ އޮފިސަރެއްގެ މަގާމާއި އެއާކްރާފްޓް ކެރިއަ އެޗްއެމްއެސް އިންވިސިބްލްގެ އިންޖިނިއަ އޮފިސަރެއްގެ މަގާމު ވެސް އަދާކުރި ކަމަށެވެ. އެއީ 1990ގެ ތެރޭ ބޯލްކަން ހަނގުރާމައިގެ ތެރޭގައި ވެސް އުޅުނު އުޅަނދެކެވެ.

އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތް ދުވަހު ރާއްޖެ އައި އިނގިރޭސި ވިލާތުގެ ސިފައިންގެ ތެރޭގައި ހިމެނުނު ޖޯން ހޯލިޖް އޭނާގެ ހއ. އުލިގަމު ބަނދަރުގައި މިހާރު އޭނާ ދަތުރުކުރާ ޔޮޓްގައި.

އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު 1972 ވަނަ އަހަރު ރާއްޖެއަށް ވަޑައިގަތް ދުވަހު ރާއްޖެ އައި އިނގިރޭސި ވިލާތުގެ ސިފައިންގެ ތެރޭގައި ހިމެނުނު ޖޯން ހޯލިޖް އޭނާގެ ހއ. އުލިގަމު ބަނދަރުގައި މިހާރު އޭނާ ދަތުރުކުރާ ޔޮޓްގައި.

ހޮލީޖް އަސްކަރިއްޔާއިން ރިޓަޔާކޮށް ޔޮޓެއް ގަތުމަށް ފަހު، ހޫނު މޫސުމުގައި، މެޑިޓެރޭނިއަންގައި މިހާތަނަށް 10 އަހަރު ދަތުރުކޮށްފި އެވެ. އަދި ދުނިޔެ ވަށައި ބުރެއް ޖެހުމުގެ ދަތުރު 2016 ވަނަ އަހަރު ތުރުކީން އޭނާ ފަށައި މިހާރު ރާއްޖެ އައިސްފައި ވާއިރު ސުއެޒް ކެނަލުން ގޮސް އަލުން ތުރުކީއަށް ވަނުމުން އޭނާގެ ދަތުރުގެ ބުރު ހަމަވާނެ އެވެ.