އިޒްރޭލުގެ ދާރުލްއާސާރެއްގައި ބަހައްޓާފައި ހުރި 3،500 އަހަރުވީ ގުޅިއެއް، އެތަނަށް ދިޔަ ކުޑަ ކުއްޖެއްގެ އަތުން ތެޅިއްޖެ އެވެ. މި ތާރީހަށް ބަލާއިރު މިއީ ދާއޫދުގެފާނާއި ސުލައިމާންގެފާނުގެ ޒަމާނަށް ނިސްބަތްވާ އެއްޗެކެވެ.
އިޒްރޭލުގެ ދާރުލްއާސާރެއްގައި ބަހައްޓާފައި ހުރި 3،500 އަހަރުވީ ގުޅިއެއް، އެތަނަށް ދިޔަ ކުޑަ ކުއްޖެއްގެ އަތުން ތެޅިއްޖެ އެވެ. މި ތާރީހަށް ބަލާއިރު މިއީ ދާއޫދުގެފާނާއި ސުލައިމާންގެފާނުގެ ޒަމާނަށް ނިސްބަތްވާ އެއްޗެކެވެ.
ހައިފާގައި ހުންނަ ހެޗްޓް މިއުޒިއަމުން ބީބީސީއަށް ބުނި ގޮތުގައި މިއީ 2200 ވަނަ އަހަރާއި 1500 ވަނަ އަހަރާ ދެމެދުގެ ބްރޯންޒް އޭޖަށް ނިސްބަތްވާ ގުޅިއެކެވެ. އަދި މިއީ ވަރަށް މަދުން ނޫނީ ނުފެންނަހާ އާކޮށް، ރީތިކޮށް ހުރި އެއްޗެއް ކަމަށް ވެސް ބުންޏެވެ.
މި ގުޅި ނުވަތަ ކަންވާރު ބަހައްޓާފައި ހުރީ ދާރުލްއާސާރަށް ވަންނަ ދޮރު ކައިރީގަ އެވެ. އާސާރީ ތަކެތީގެ ފުރިހަމަކަން ފެންނާނީ ބިއްލޫރި ފަދަ އެއްޗެއްގެ އެއްވެސް ހުރަހެއް ނެތި ކަމަށް ގަބޫލުކުރާ މި ދާރުލްއާސާރުގައި އެ ބަހައްޓާފައި ހުރީ ބިއްލޫރި ހުރަހެއް ނެތި އެވެ.
ދާރުލްއާސާރުން ބުނީ އެތަނަށްދާ ބައެއް މީހުން ގަސްތުގައި ވެސް އެއްޗިއްސަށް ގެއްލުންދޭ ކަމަށާއި އެކަމަކު ހަތަރު ވަރަކަށް އަހަރުގެ ފިރިހެން ކުއްޖާ އަތުން ގުޅި ހަލާކުވާ އެކްސިޑެންޓަކުން ކަމަށެވެ. މިހާރު ވަނީ އެ ކުއްޖާ އާއި އާއިލާ އަލުން ދާރުލްއާސާރަށް އަންނަން ދައުވަތު ދީފައި ކަމަށް ވެސް ބުންޏެވެ.
"ބައެއް މީހުން އެއްޗިއްސަށް ގަސްތުގައި ގެއްލުންދޭ. އެފަދަ ކަންކަމާ ގުޅިގެން ހަރުކަށި ފިޔަވަޅު އަޅައި އަދި ބައެއް ހާލަތުގައި ފުލުހުންނާ ވެސް ހަވާލުކުރޭ. އެކަމަކު މިފަހަރު. މިއީ ގަސްތުގައި ކުރި ކަމެއް ނޫން،" މިއުޒިއަމްގެ އޮފިޝަލަކު ބީބީސީއަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހެން ހަލާކުވާ އެއްޗެހި ހަދާ މީހަކާ މިހާރު ވަނީ ގުޅި ހަވާލުކޮށްފަ އެވެ. އެހެންވެ މަދު ދުވަސްކޮޅެއްގެ ތެރޭ އަލުން އެ ގުޅި އެ ހުރި ތަނުގައި ބަހައްޓާނެ ކަމަށް ބުންޏެވެ.
2000 އަހަރު ކުރީގެ ކަދުރު އޮށަކުން ގަސް ފަޅައިފި
މައުމޫން ފައި މަގުގައި ހަތް ގަޑިއިރު!
އިޒްރޭލް ޕާސްޕޯޓު ނިންމުން ޖުލައިގެ ނިޔަލަށް ފަސްކޮށްފި
ޓްރަމްޕުގެ ޣައްޒާ ޕްލޭން ކުރިއަށްދާ ކަމަށް ބުނެފި
ހަމާސްގެ ބައްދަލުވުން ވަރަށް ކާމިޔާބު: އެމެރިކާ
ޣައްޒާއިން ކަރަންޓު ކަނޑާލަން އަންގައިފި
ވާދޫގައި "އަނދިރިއަނދިރިންގެ މަންމަ"
ޣައްޒާ އާރާސްތުކުރުމުގެ ޕްލޭން އޯއައިސީން ބަލައިގެންފި
އިޒްރޭލުގެ މިނިވަންވި ރަހީނުން އެދެނީ ސުލްހަވާން
ކުޑަރިކިލު ގޮނޑުދޮށުގައި ގޮވި 'ރިހި ސިލިންޑަރު'