Roadha Mihaaru
ބޫލް ބުލައްޔާގެ ތިންވަނަ ބައެއް ވެސް ހަދަނީ

ބޫލް ބުލައްޔާގެ ތިންވަނަ ބައެއް ވެސް ހަދަނީ

03 މާޗް 2023

ބޮލީވުޑްގެ މަޝްހޫރު ހޮރޯ-ކޮމެޑީ ފިލްމު ސީރީޒް "ބޫލް ބުލައްޔާ"ގެ ތިންވަނަ ބައެއް ވެސް ގެނެސްދޭން ނިންމައިފި އެވެ. އަންނަ އަހަރު ގެނެސްދޭ މި ފިލްމުގައި ލީޑު ރޯލު ކުޅޭނީ ދެވަނަ ބައިގައި ވެސް އުޅުނު ކާތިކް އަރިޔަން އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބޮލީވުޑްގެ މަޝްހޫރު ހޮރޯ-ކޮމެޑީ ފިލްމު ސީރީޒް "ބޫލް ބުލައްޔާ"ގެ ތިންވަނަ ބައެއް ވެސް ގެނެސްދޭން ނިންމައިފި އެވެ. އަންނަ އަހަރު ގެނެސްދޭ މި ފިލްމުގައި ލީޑު ރޯލު ކުޅޭނީ ދެވަނަ ބައިގައި ވެސް އުޅުނު ކާތިކް އަރިޔަން އެވެ.

އެ ފިލްމު އިއުލާންކުރީ ކާތިކް އިއްޔެ އިންސްޓަގްރާމް ކުރި ޕޯސްޓެއްގަ އެވެ. ދެވަނަ ފިލްމުގެ މަންޒަރަކާއެކު ކުރި އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވާ ގޮތުން، ތިންވަނަ ބައި ސިނަމާގައި އަޅުވާނީ އަންނަ އަހަރު ދިވާލީގަ އެވެ.

މި ފިލްމު ޑައިރެކްޓް ކުރާނީ އަނީސް ބާޒްމީ އެވެ. އަދި ޕްރޮޑިއުސް ކުރާނީ ބުޝާން ކުމާރެވެ.

"ބޫލް ބުލައްޔާ 3" ގައި ފެންނާނެ ކާސްޓުން އަދި ޔަގީން ނުވާއިރު، އެންމެ ފަހުން ނެރުނު ބައިގައި ކާތިކްއާއެކު ތާބޫ އާއި ކިއާރާ އަދްވާނީ ވެސް ފެނުނެވެ.

ވިދުޔާ ބާލަން އާއި އަކްޝޭ ކުމާރް ލީޑު ރޯލު ކުޅުނު "ބޫލް ބުލައްޔާ"ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2007 ވަނަ އަހަރު އެވެ.