Roadha Mihaaru
12 އަހަރު ފަހުން ސަންޖޭ އާއި ސުނިލް އެކީގައި

12 އަހަރު ފަހުން ސަންޖޭ އާއި ސުނިލް އެކީގައި

29 ޖެނުއަރީ 2022

ކުރިން އެކީގައި ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސަންޖޭ ދަތާއި ސުނިލް ޝެޓީ، 12 އަހަރު ފަހުން އެކީގައި ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރިން އެކީގައި ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސަންޖޭ ދަތާއި ސުނިލް ޝެޓީ، 12 އަހަރު ފަހުން އެކީގައި ފިލްމެއް ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި މި ފިލްމަކީ "ޔަމްލާ ޕަގްލާ ދީވާނާ" ގެ ޑައިރެކްޓަރު ސަމީރު ކަރްނިކް ހަދަން ނިންމާފައިވާ ކޮމެޑީއެކެވެ. ސަންޖޭ އާއި ސުނިލްގެ އިތުރުން، ނަން އަދި އިއުލާން ނުކުރާ މި ފިލްމުގެ ކާސްޓްގައި މިހާރު އެއްގޮތަކަށް ވެސް ފިލްމުތަކުން ނުފެންނަ އެކްޓަރު ޒައިދު ޚާނާއި އީޝާ ގުޕްތާ އާއި ސޯރަބް ޝުކްލާގެ އިތުރުން ޖާވިދު ޖެފްރީ ވެސް ހިމެނެ އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، މިއީ ނޯތު އިންޑިއާގެ ވާހަކައެއް ކިޔައިދޭނެ އެއްޗެކެވެ. އަދި ސަންޖޭ އާއި ސުނިލް ފެންނާނީ ޕަންޖާބީ ކެރެކްޓާތަކަކުންނެވެ.

ދެ ތަރިން އެންމެ ފަހުން އެކީގައި މަސައްކަތްކުރީ 2010 ގެ "ނޯ ޕްރޮބްލަމް" ގަ އެވެ. އޭގެ ކުރިން "ކާންޓޭ" އާއި "ދަސް ކަހާނިޔާ" އަދި "ރަކްތު" ފަދަ ފިލްމުތަކުގައި އެކީގައި މަސައްކަތްކޮށްފައިވެ އެވެ.

މިހާރު ވަރަށް މަދު ފިލްމުތަކުން ފެންނަ ސުނިލް، 60، އަށް ދާދި ފަހުން ދެ ވެބް ސީރީޒަކުން ފުރުސަތު ލިބިފައިވެ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ ފިރިހެން ދަރިފުޅު، އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރި މިދިޔަ މަހުގެ ފިލްމު "ތަޅަޕް" އިންނެވެ.

ސަންޖޭ، 62، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޕްރިތުވީރާޖް" އާއި "ޝަމްޝޭރާ" އަދި "ކޭޖީއެފް: ޗެޕްޓާ 2" ހިމެނެ އެވެ.