Roadha Mihaaru
"ބޫލް ބުލައްޔާ" އަށް ވިދްޔާ އެނބުރި އަންނަނީ

"ބޫލް ބުލައްޔާ"ގައި ކުޅުނު ރޯލަށް ވިދްޔާ އެނބުރި އަންނަނީ

14 ފެބުރުއަރީ 2024

"ބޫލް ބުލައްޔާ"ގެ ފުރަތަމަ ފިލްމުގައި ޖިންނި އަވަލި މީހެއްގެ ރޯލު ކުޅުނު ބޮލީވުޑްގެ ތަރި، ވިދިއާ ބާލަން، އެ ފިލްމު ސީރީޒްގެ ތިންވަނަ ފިލްމުގެ ރޯލަކުން އެނބުރި އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

"ބޫލް ބުލައްޔާ"ގެ ފުރަތަމަ ފިލްމުގައި ޖިންނި އަވަލި މީހެއްގެ ރޯލު ކުޅުނު ބޮލީވުޑްގެ ތަރި، ވިދިއާ ބާލަން، އެ ފިލްމު ސީރީޒްގެ ތިންވަނަ ފިލްމުގެ ރޯލަކުން އެނބުރި އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ފިލްމު ސީރީޒް އުފައްދާ ޓީ-ސީރީޒުން އާންމުކުރި ޓީޒާ ވީޑިއޯއަކުން ވަނީ ވިދްޔާ އެނބުރި އަންނަކަން އިއުލާންކޮށްފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި "ބޫލް ބުލައްޔާ 3"ގެ ޝޫޓިން އަންނަ މަހު ފަށާނެ އެވެ. އަދި މި ފިލްމު ޑައިރެކްޓުކުރަނީ ދެވަނަ ފިލްމު ވެސް ގެނެސްދިން އަނީސް ބަޒްމީ އެވެ.

މި ފިލްމު ރިލީޒްކުރާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ ނޮވެމްބަރު މަހު އެވެ.

ވިދްޔާ އުޅޭ "ބޫލް ބުލައްޔާ"ގެ ފުރަތަމަ ފިލްމު ރިލީޒްކުރީ 2007 ވަނަ އަހަރު އެވެ. އެ ފިލްމު ޑައިރެކްޓްކުރީ ޕްރިޔަދަރްޝަން އެވެ. އެ ފިލްމުގެ ކާސްޓުގައި ވިދްޔާގެ އިތުރުން އަކްޝޭ ކުމާރާއި ޝައިނީ އަހޫޖާ އާއި އަމީޝާ ޕަޓޭލް އާއި ރާޖްޕަލް ޔާދަވް އަދި ޕަރޭޝް ރާވަލް ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ދެވަނަ ބައިގައި ފެނުނީ ރާޖްޕަލް އެކަންޏެވެ.

މިދިޔަ އަހަރު ނެރުނު "ބޫލް ބުލައްޔާ 2" އަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ. ބޮކްސް އޮފީހުގައި ވެސް ރަނގަޅު އާމްދަނީއެއް ހޯދި އެ ފިލްމުގައި ލީޑު ރޯލުތައް ކުޅުނީ ކާރްތިކް އަރްޔަން އާއި ކިއާރާ އަދުވާނީ އަދި ތާބޫ އެވެ.