Roadha Mihaaru
ސައުދީން ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އަޅަނީ

ސައުދީގެ އެހީގައި ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އަޅަނީ

09 މާޗް 2023

ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ އެހީގައި ކުރިއަށް ގެންދާ އަގުހެޔޮ ގެދޮރުގެ މަޝްރޫއުގެ ދަށުން، ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ނިންމައި އެ ޕްރޮޖެކްޓަށް ކޮންސަލްޓެންސީ ފާމެއް ހޯދަން އިއުލާނުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުގެ އެހީގައި ކުރިއަށް ގެންދާ އަގުހެޔޮ ގެދޮރުގެ މަޝްރޫއުގެ ދަށުން، ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ނިންމައި އެ ޕްރޮޖެކްޓަށް ކޮންސަލްޓެންސީ ފާމެއް ހޯދަން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، މި ޕްރޮޖެކްޓުގެ ދަށުން 400 ހައުސިން ޔުނިޓް އަޅާނެ ކަމަށެވެ.

އެ ޕްރޮޖެކްޓަށް ހޯދަން އިއުލާން ކޮށްފައިވާ ކޮންސަލްޓަންސީ ފާމުން ކުރަން ޖެހޭ ކަމަކީ ޓެންޑަ ޑޮކިއުމަންޓާއި އީއައިއޭ ރިޕޯޓް ތައްޔާރުކުރުމާއި ތަފުސީލީ ޑިޒައިން ރިވިއު ކުރުމާއި އަދި ކޮންޓްރެކްޓަރުގެ މަސައްކަތްް ސުޕަވައިޒް ކުރުމެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 26 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމަށް މިނިސްޓްރީން އެދެ އެވެ.

ކޮންސަލްޓެނސީ ފާމު ހޮވުމަށް ހަމަޖެހިފައިވަނީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ގައިޑްލައިންތަކާއި އުސޫލުތަކާ އެއްގޮތަށެވެ.

ސައުދީން 400 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައި ވާއިރު، ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން 4،000 ފްލެޓް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.