Roadha Mihaaru
ހަތަރު ރަށެއްގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފި

12 މާޗް 2023

ސަރުކާރުން ހަތަރު ރަށެއްގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއުތައް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސަރުކާރުން ހަތަރު ރަށެއްގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއުތައް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި، އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކަކީ؛

• ހދ. ކުޅުދުއްފުށީގެ ޖެޓީ ބޮޑުކުރުން.

• ނ. ކެނދިކުޅުދޫގެ ބަނދަރު ބޮޑުކުރުން.

• ކ. ހިންމަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުން.

• އއ. މަތިވެރީގެ ގޮނޑުދޮށް ހިމާޔަތްކުރުން.

މިއަދު މެންދުރު ފަހު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ސަނާ ފާރޫގް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ކުޅުދުއްފުށީގެ މަޝްރޫއުގެ ތަފުސީލު

• ބަނދަރުގައި ހުރި ހަތް ލަކުޑި ޖެޓީ އިތުރު ހަތަރު މީޓަރަށް ދިގުކުރުން.

• މި މަޝްރޫއުއަށް 13 މިލިއަން ރުފިޔާ ހަރަދުވާނެ.

• މަޝްރޫއު ހަވާލުކުރީ 8 މަސް ދުވަހުގެ ތެރޭގައި ނިންމަން.

ކެނދިކުޅުދޫގެ މަޝްރޫއުގެ ތަފުސީލު

• ބަނދަރު ބޮޑުކުރުމާއި ނެރުފައިކަށި ދިގުކުރުމާއި ބޮޑުހިލަ ޖެހުން.

• މި މަޝްރޫއުއަށް 79 މިލިއަން ރުފިޔާ ހަރަދުވާނެ.

• މަޝްރޫއު ހަވާލުކުރީ އެއް އަހަރާއި ތިން މަސް ދުވަހުގެ ތެރޭގައި ނިންމަން.

ހިންމަފުށީގެ މަޝްރޫއުގެ ތަފުސީލު

• ރަށުގެ ދެކުނު ފަރާތުން ގިރާ ސަރަހައްދުގައި 160 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން.

• މި މަޝްރޫއުއަށް 11.8 މިލިއަން ރުފިޔާ ހަރަދުވާނެ.

• މަޝްރޫއު ހަވާލުކުރީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން.

މަތިވެރީގެ މަޝްރޫއުގެ ތަފުސީލު

• ރަށުގެ ހުޅަނގު ފަރާތުގައި 54 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި އިތުރު މަސައްކަތްތައް.

• މި މަޝްރޫއުއަށް 24.8 މިލިއަން ރުފިޔާ ހަރަދުވާނެ.

• މަޝްރޫއު ހަވާލުކުރީ 8 މަސް ދުވަހުގެ ތެރޭގައި ނިންމަން.

އެމްޓީސީސީން މިހާރު ވެސް އަންނަނީ ވަރަށް ގިނަ ރަށްރަށުގައި ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް ހިންގަމުންނެވެ.