Roadha Mihaaru
ބްރޭކަށް ފަހު ވެސް އަންނަން ވާނީ އާސެނަލްގެ ގޮތުގައި

ބްރޭކަށް ފަހު ވެސް ކުޅުންތެރިންގެ ވިސްނުން ބަދަލުނުވާނެ ކަމަށް އުއްމީދު ކުރަން: އާޓެޓާ

20 މާޗް 2023

ލަންޑަން (މާޗު 20) - ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށް ފަހު ވެސް ކުޅުންތެރިންގެ ވިސްނުމަށް ބަދަލެއް ނައިސް ލީގުގައި ކުރިއަށް ދެވޭނެކަމަށް އުއްމީދު ކުރާކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (މާޗު 20) - ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށް ފަހު ވެސް ކުޅުންތެރިންގެ ވިސްނުމަށް ބަދަލެއް ނައިސް ލީގުގައި ކުރިއަށް ދެވޭނެކަމަށް އުއްމީދު ކުރާކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.

އާޓެޓާ މިހެން ބުނީ އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 4-1 އިން ކްރިސްޓަލް ޕެލަސް ބަލިކުރި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

މި މެޗުގައި އާސެނަލްގެ ބުކަޔޯ ސަކާ މެޗުގައި ދެ ލަނޑު ޖަހައިދިން އިރު، ގެބްރިއެލް މާޓިނެއްލީ އާއި ގްރޭނިޓް ޒާކާ ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ. ޕެލަސް އިން ޖެހި ހަމައެކަނި ލަނޑު ދެ ވަނަ ހާފުގައި ޖަހައިދިނީ ޖެފެރީ ޝްލަޕް އެވެ.

އާސެނަލް ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އަދި މި ނަތީޖާއާ އެކު އެ ޓީމުން ވަނީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން އަށް ޕޮއިންޓް ގެ ލީޑެއް ހޯދައިފަ އެވެ. އާސެނަލް 28 މެޗުން 69 ޕޮއިންޓް ހޯދައިފައި ވާއިރު، ސިޓީ ދެވަނައިގައި އޮތީ 27 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ.

"އަހަރެމެންނަށް އަހަރެމެންގެ ގޭމް ކޮންޓްރޯލް ކުރެވޭނެ. ލީގުގައި ޖެހިޖެހިގެން ހަ މެޗު ކާމިޔާބު ކުރެވިއްޖެ، އެއީ ވަރަށް ހިތްހަމަ ޖެހޭ ކަމެއް. އަހަރެމެންގެ ކުޅުމާއި ނަތީޖާތަކާ މެދު ވަރަށް ހިތްހަމަ ޖެހޭ،" އާސެނަލްގެ ކޯޗު އާޓެޓާ ބުންޏެވެ.

"މިހާ ހިސާބުން އަހަރެމެން މި ޖެހެނީ [ލީގު] މެދުކަނޑާލަން. އިންޓަނޭޝަނަލް ބްރޭކަށް ފަހު ވެސް ކުޅުންތެރިން މި ވިސްނުމާ އެކު އެނބުރި އަންނާނެ ކަމަށް އުއްމީދު ކުރަން. ކުރިއަށް އޮތީ ލީޑްސް [ޔުނައިޓެޑް] އާ ދެކޮޅަށް ކުޅޭ މެޗު، އަހަރެމެންގެ ފޯކަސް ހުންނަންވާނީ އެ މެޗަށް."

އާސެނަލްގެ ބްރެޒިލް ވިންގާ ގެބްރިއެލް ޖީސަސް ވެސް ވަނީ ދިގު މުއްދަތަކަށް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު ރޭގެ މެޗުގައި، ފުރަތަމަ ފަހަރަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައިފަ އެވެ.

ޕެލަސްގެ ކޯޗުކަމުގައި ހުރި އާސެނަލްގެ ކުރީގެ ލެޖެންޑް ޕެޓްރިކް ވިއޭރާ ވަނީ ހުކުރު ދުވަހު މަގާމުން ވަކި ކޮށްފަ އެވެ. އެޓީމުން މި ސީޒަން ގައި އެންމެ ފަހުން ކުޅުނު 13 މެޗުން ވެސް މޮޅެއް ހޯދިފައި ނުވާއިރު، ޓީމު އޮތީ ތާވަލްގެ 12 ވަނައިގައި، ރެލިގޭޝަން ޒޯނަށް ވުރެ ތިން ޕޮއިންޓް ކުރީގަ އެވެ.