Roadha Mihaaru
ޖޭޕީ އާއި ނަޝީދު ފެކްޝަނުން ގުޅިގެން މެނިފެސްޓޯ ހަދަނީ

ޖޭޕީއާ އެކު މަސައްކަތްކުރާނެ މެނިފެސްޓޯއެއް ނަޝީދުގެ ފެކްޝަނުން ހަދަނީ

23 މާޗް 2023

ޖުމްހޫރީ ޕާޓީއާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެކުގައި މަސައްކަތްކުރާނެ ގޮތުގެ މެނިފެސްޓޯއެއް ހަދަން މިރޭ ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖުމްހޫރީ ޕާޓީއާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެކުގައި މަސައްކަތްކުރާނެ ގޮތުގެ މެނިފެސްޓޯއެއް ހަދަން މިރޭ ނިންމައިފި އެވެ.

އެމްޑީޕީގެ ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް ޖޭޕީގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމަށްފަހު، ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ދޮޅު ގަޑިއިރުގެ ބައްދަލުވުމުގައި މަޝްވަރާކުރީ ދެ ފަރާތް ގުޅިގެން ކުރިއަށްގެންދެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ކަމަށެވެ.

ސިޔާސީ ޕާޓީއަކުން ވެރިކަމަށް އަންނަނީ ރައްޔިތުންނަށް ހިދުމަތްކުރަން ކަމަށާއި އެ ހިދުމަތް ދިނުމަށް އެކީގައި މަސައްކަތްކުރުމަށް ގެންނާނެ ސިޔާސަތުތަކާއި ޕްރޮގްރާމްތަކާ ބެހޭގޮތުން ހިޔާލު ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

މިއީ ފެށުމެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ދެ ފަރާތުން ގުޅިގެން ކުރާނެ މަސައްކަތުގެ މެނިފެސްޓޯއެއް ހަދަން ނިންމިއަސް، އެކަމުގެ ފަހު ބަސް ބުނާނީ ދެ ފަރާތުގެ އިސް ބޭފުޅުން ކަމަށެވެ.

އަންނަ ހަފުތާގައި ވެސް ކޯލިޝަނާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"މިރޭ ކުރެވުނު މަޝްވަރާގައި އަޅުގަނޑުމެންނަށް ނިންމުނު ކަމަކީ އެކުގައި މަސައްކަތްކުރާއިރު މެނިފެސްޓޯއެއް ހެދުމުގެ މަސައްކަތް ކުރަން ފެށުން. އަޅުގަނޑުމެންނެއް ނޫން ޕާޓީގެ ފަރާތުން ކަންކަން ނިންމައި، ހުރިހާ ކަމެއް ކުރާނީ. ޖުމްހޫރީ ޕާޓީން ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރާ ވެސް މަޝްވަރާކުރައްވައި އެއަށް އިތުރަށް ގެންނާނެ އެއްޗެހި ހޯއްދަވާނެ. އަދި އަޅުގަނޑުމެން ވެސް ރައީސް ނަޝީދުގެ އަރިހުން މަޝްވަރާކުރާނަން މީގައި އިތުރަށް ކުރިއަށް ދިއުމާ ގޮތްތަކާ ގުޅޭގޮތުން." ކުނޫޒުގައި ހުންނަވައި ހަސަން ވިދާޅުވި އެވެ.

ހަސަން މީގެ ކުރިން ވިދާޅުވީ ޖޭޕީއާ ބައްދަލުކުރައްވަނީ ނަޝީދުގެ އެދިވަޑައިގަތުމަކަށް އެމްޑީޕީގެ ފަރާތުން ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާފައިވަނިކޮށް އެ މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އެކަމަކު، ހަސަން މިރޭ ވިދާޅުވީ ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމަށާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއާ ދެ ބޭފުޅުން ބައްދަލުކުރެއްވީ އެ މަނިކުފާނުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ.

ކޯލިޝަން ހެދުމާ ދެކޮޅަށް މީގެ ކުރިން ވެސް އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ނަޝީދެވެ. އެކަމަކު، މިދިޔަ ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލިބުނު ނާކާމިޔާބީއަށް ފަހު ނަޝީދު ގެންދަވަނީ ޖޭޕީގެ ކެންޑިޑޭޓެއް ނެރުމަށް ތާއިދުކުރައްވަމުންނެވެ.

އެކަމަށް ރައްދު ދެއްވައި ހަސަން ވިދާޅުވީ ނަޝީދު އަބަދު ވެސް މަސައްކަތް ކުރައްވަނީ އެމްޑީޕީ އާއި އެ ޕާޓީގެ އާއްމު މެމްބަރުންނަށް ފައިދާވާނެ ގޮތަށް ކަމަށެވެ

ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ދީފައިވަނިކޮށް ޖޭޕީން ވަނީ އެ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފަ އެވެ. އެ މަނިކުފާނަށް ތާއިދުކުރަން ނިންމި ޕާޓީތަކާއެކު ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވާފައިވެ އެވެ.

އަމީން ވިދާޅުވީ އެ ވިޔަފާރިން ނުކުތް ނަތީޖާއަށް ބަލާފައި ނޫނީ އާ އިންވެސްޓްމަންޓަކަށް ނުދާނެ ކަމަށެވެ. އެ އިންވެސްޓްމަންޓުން ލިބުނީ ފައިދާތޯ ނުވަތަ ގެއްލުންތޯ އަދި އާ އިންވެސްޓްމަންޓަކަށް ދާން ޖެހޭތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަދި އެ އުޅެނީ ހިސާބު ނުޖެހިގެން ކަމަށާއި އެ ހިސާބު ޖެހުނުހާ އަވަހަކަށް ރައީސްގެ ސިޓީއެއް ޖަވާބު ދެއްވާނެ ކަމަށެވެ.