Roadha Mihaaru
އިންޑޮނީޝިއާ ދަތުރަށް ފަހު ސްނޫޕް ފެށީ ކޮފީ ވިޔަފާރި

އިންޑޮނީޝިއާ ދަތުރަށް ފަހު ސްނޫޕް ފެށީ ކޮފީ ވިޔަފާރިއެއް

28 މާޗް 2023

މަޝްހޫރު ރެޕާ އަދި ވިޔަފާރިވެރިޔާ، ސްނޫޕް ޑޯގް އިންޑޮނީޝިއާ އަށް ކުރި ދަތުރުގައި ކުރެވުނު ތަޖުރިބާއިން އާ ޕްރިމިއަމް ކޮފީ ލައިނެއް ލޯންޗުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މަޝްހޫރު ރެޕާ އަދި ވިޔަފާރިވެރިޔާ، ސްނޫޕް ޑޯގް އިންޑޮނީޝިއާ އަށް ކުރި ދަތުރުގައި ކުރެވުނު ތަޖުރިބާއިން އާ ޕްރިމިއަމް ކޮފީ ލައިނެއް ލޯންޗުކޮށްފި އެވެ.

އެމެރިކާގެ ރެޕާ އަދި ވިޔަފާރިވެރިޔާ ސްނޫޕް ޑޯގް

އެމެރިކާގެ ރެޕާ އަދި ވިޔަފާރިވެރިޔާ ސްނޫޕް ޑޯގް

"އިންޑޯއެކްސްވައިޒީ" ގެ ނަންދީފައިވާ އެ ކޮފީ ބްރޭންޑަކީ، އިންޑޮނީޝިއާގެ ކޮފީ އުފައްދާ ވިޔަފާރިވެރިޔާ މައިކަލް ރައެޑީއާ އެކު ފެށި ޕާޓްނަޝިޕެކެވެ. އެ ކޮފީ އުފައްދަނީ ސީދާ އެ ގައުމުގައި ހައްދާ ކޮފީގެ ބާވަތަކުންނެވެ.

ސްނޫޕް، އަސްލު ނަމުން ނަމަ، ކެލްވިން ބްރޯޑަސްއާ ހަވާލާދީ ސީއެންއެން އިން ބުނީ، މި ބްރޭންޑަކީ މުޅި އިންޑަސްޓްރީ ބަދަލުކޮށްލާނެ ކޮފީއެއް ކަމަށެވެ.

"އެންމެ ސިޕެއް ބޯލަން ޖެހުނީ. އެއަށް ހިތްކިޔައިފި،" ސްނޫޕް ބުންޏެވެ.

ސްނޫޕްގެ ކޮފީ ލައިންގެ ނަން ދީފައި ވަނީ އިންޑޮނީޝިއާ އަށް ކުރުކޮށް ކިޔާ "އިންޑޯ" ގެ ނަމުންނެވެ. އެ ގައުމަކީ ކޮފީ އުފެއްދުމުގައި ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ ގައުމެކެވެ.

ސްނޫޕްގެ ކޮފީ ބީންތަކަކީ އެ ގައުމުގެ ސުމަތްރާ ކިޔާ ރަށުގެ ގަޔޯ ރީޖަންގައި ހައްދާ ތަކެތިކަމަށް ސީއެންއެން އިން ބުންޏެވެ.

ގިނަ ރެޕް ހިޓުތައް ނެރެފައިވާ ސްނޫޕް އަންނަނީ އޭނާގެ ވިޔަފާރި ފުޅާކުރަމުންނެވެ. އޭގެ ތެރޭގައި، ޕެޓް އެކްސެސަރީ ވިޔަފާރިއަކާއި، "ސްނޫޕް ލޫޕްޒް" ކިޔާ ގްލޫޓަން-ފްރީ ސީރިއަލް ބްރޭންޑެއް ވެސް ވަނީ ފަށައިފަ އެވެ.