ޖަކާޓާ (ފެބްރުއަރީ 12) – އިންޑޮނޭޝިއާގައި އިއްޔެ ކުޅުނު ފުޓްބޯޅަ މެޗެކަށް ހޮނުއަޅައިގެން ކުޅުންތެރިޔަކު މަރުވެއްޖެ އެވެ.
ޖަކާޓާ (ފެބްރުއަރީ 12) – އިންޑޮނޭޝިއާގައި އިއްޔެ ކުޅުނު ފުޓްބޯޅަ މެޗެކަށް ހޮނުއަޅައިގެން ކުޅުންތެރިޔަކު މަރުވެއްޖެ އެވެ.
އިންޑޮނޭޝިއާގެ ޖާވާ ސިޓީގެ ހުޅަނގު ސަރަހައްދު ބަންޑުންގްގެ އަވަށުގައި ހުންނަ ސިލިވަންގީ ސްޓޭޑިއަމްގައި ކުޅުނު މެޗަކީ އެ އަވަށަށް ނިސްބަތްވާ ކްލަބް އެފްސީ ބަންޑުންގާއި އެފްޓީ ސުބަންގް ކިޔާ ޓީމަކާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެކެވެ.
މަރުވީ ސުބަންގްގެ ކުޅުންތެރިޔެކެވެ. އުމުރުން 34 އަހަރުގެ މި ކުޅުންތެރިޔާ އަމިއްލަ ހާފުގެ ތެރެއިން ކުރިއަށް ދަނިކޮށް ހޮނު އެޅީ އޭނާ އާ ދިމާލަށެވެ. ކުޅުންތެރިޔާ ވަގުތުން ދަނޑު މައްޗަށް ވެއްޓުނެވެ.
This happened during a football match in Indonesia ?? pic.twitter.com/JHdzafaUpV
— Githii (@githii) February 11, 2024
ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް އޮތީ މަރުވެފަ އެވެ.
މިއީ މިދިޔަ އެއް އަހަރުތެރޭ އިންޑޮނޭޝިއާގައި ފުޓްބޯޅަ މެޗެއްގެތެރެއިން ހިނގި މިފަދަ ނުރައްކާތެރި ދެވަނަ ހާދިސާ އެވެ.
ޖާވާގެ އިރުމަތީގެ ބޮޖޮނެގޯރޯގައި މިދިޔަ އަހަރު ކުރިއަށް 13 އަހަރުންދަށުގެ މުބާރާތެއްގެ ތެރެއިން ޒުވާން ފުޓުބޯޅަ ކުޅުންތެރިޔަކަށް ހޮނުގެ އަސަރު ކޮށްގެން ހާޓް އެޓޭކެއް ޖެހުނެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީގެ އެ ކުޅުންތެރިޔާގެ ފުރާނަ ސަލާމަތް ކުރެވުނެވެ.
ޔުނައިޓެޑްގެ އާ ސްޓޭޑިއަމް ހަދަން ޓްރެފޯޑް ތަޅާލަނީ
ހޯމްއަވޭ ފޯމެޓް ފެނަށް، ސާފް ޗެމްޕިއަންޝިޕް ލަންކާއަށް
ލިވަޕޫލުގެ ކިޓް ޕާޓްނަރަކަށް އެޑިޑާސް
ކޯޓުއާއަށް ޖާގަ ދޭތީ ދެ ވަނަ ކީޕަރު ޓީމުން ވަކިވެއްޖެ
ހަތަރު ވަނަ ހޯދުނަސް ވާނީ ބޮޑު ކާމިޔާބަކަށް: ގާޑިއޯލާ
ވެޓަރަންސް މެޗުގައި ލެޖެންޑް ޝާހްއަށް ބޮޑު އަނިޔާއެއް
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ވިކްޓަރީގެ ބިންގާ ރަނގަޅު، ދެން އޮތީ ހިފެހެއްޓުން
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ