Roadha Mihaaru
އެގްރޯ ނެޓްގެ މެނޭޖިން ޑިރެކްޓަރު ހާރޫން ވަކިކޮށްފި

ނަޝީދަށް ތާއީދުކުރެއްވި ހާރޫން އެގްރޯ ނެޓްގެ އެމްޑީގެ މަގާމުން ވަކިކޮށްފި

30 މާޗް 2023

ދަނޑުވެރިކަން ކުރިއަރުވަން ސަރުކާރުން އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯ ނެޓް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހާރޫން ރަޝީދު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދަނޑުވެރިކަން ކުރިއަރުވަން ސަރުކާރުން އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯ ނެޓް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހާރޫން ރަޝީދު އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.

އެ މަގާމަށް ހާރޫން އައްޔަންކުރީ 2020 ވަނަ އަހަރެވެ.

އޭނާ ވިދާޅުވީ މަގާމުން ވަކިކުރި ކަން މިއަދު އަންގާފައިވާ ކަމަށެވެ.

ހާރޫނަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރެއްވި އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތައް މަގާމުތަކުން ދަނީ ވަކި ކުރަމުންނެވެ.

ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރައްވައި ނަޝީދުގެ ކެމްޕެއިނުގައި އުޅުއްވުމަށް ފަހު ނަޝީދާ އެކު ވަކިން ސިޔާސީ މަސައްކަތް ކުރައްވަނިކޮށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކުރައްވައިފަ އެވެ. އިއްޔެ ވަނީ ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝިފާޒް ވެސް ވަނީ ދާދިފަހުން މަގާމުން ވަކިިކުރައްވައިފަ އެވެ. އޭނާ ވެސް ހިމެނިވަޑައިގަންނަވަނީ ނަޝީދު ފެކްޝަންގަ އެވެ.