ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ވަންނަ އެއް ކުންފުނި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެކި ސަރުކާރުތަކުގައި އިސް މަގާމުތަކެއް ފުރުއްވި އިބްރާހިމް ޝަރީފު މުހައްމަދު މިއަދު އައްޔަން ކުރައްވައިފި އެވެ.

އޮސްޓްރޭލިއާގައި ހުންނަވާ ރާއްޖޭގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްގެ މަގާމު އެންމެ ފަހުން ފުރުއްވި ޝަރީފު ވަނީ ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް ކަމާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަންކަން ކުރިން ކުރައްވައިފަ އެވެ.
މީގެ 36 އަހަރު ކުރިން ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވި ޝަރީފު ވަނީ ކޮމާސްގެ ދާއިރާ އިން އޮސްޓްރޭލިއާގައި 2015 ގައި މާސްޓާސް ހައްދަވައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެންމެ ފަހުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވީ މަހުޖޫބު ޝުޖާއު އެވެ.
އެމްޓީޑީސީގެ އެމްޑީއަކަށް ނިޔާޒް
އެންސްޕާގެ ސީއީއޯއަކަށް ހީނާ
އެމްޓީސީސީގެ އެމްޑީއަކަށް ޒިޔާދު
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ވަޖީހު
އައިލެންޑް އޭވިއޭޝަންގެ އެމްޑީއަކަށް އިޔާސް
ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް މުއާޒު
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޝިމާދު
އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް
އާސަންދައިގެ އެމްޑީއަކަށް ޒީނިޔާ ހަމަޖައްސަވައިފި
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ފަހުމީ