ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް އިޔާސް ހަމަޖައްސަވައިފި އެވެ.
28 ނޮވެމްބަރ 2023
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް އިޔާސް ހަމަޖައްސަވައިފި އެވެ.
އެމްޑީގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އިޔާސް ހުންނެވީ އެ ކުންފުނީގެ ޗީފް އޮޕަރޭޝަން އޮފިސަރުގެ ގޮތުގަ އެވެ. އޭނާ ޗީޕް އޮޕަރޭޝަން އޮފިސަރުގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވީ 2021 ވަނަ އަހަރު އެވެ.
އިޔާސް އައިލެންޑް އޭވިއޭޝަންގައި މަސައްކަތްކުރައްވާތާ 15 އަހަރު ވެއްޖެ އެވެ. ގައުމީ އެއާލައިން ހިންގާ ކުންފުންޏާ އޭނާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ 2008 ވަނަ އަހަރު ސޭފްޓީ އެންޑް ކޮލިޓީ މެނޭޖަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ އަންނަނީ މެނޭޖީރިއަލް ވަޒީފާތައް އައިލެންޑް އޭވިއޭޝަންގައި އަދާކުރައްވަމުންނެވެ. އެގޮތުން އައިލެންޑް އޭވިއޭޝަންގެ މަތިންދާބޯޓުތައް ބެލެހެއްޓުމަށް ހާއްސަ ޑިޕާޓްމެންޓް، އިންޖިނިއަރިންގެ ހެޑެއްގެ ގޮތުގައި ތިން އަހަރު ހޭދަކުރެއްވި އެވެ.
އިޔާސް އަކީ އިނގިރޭސިިވިލާތުގެ ޔުނިވަސިޓީ އޮފް ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން އޭރޯނޯޓިކަލް އިންޖިނިއަރިން އިން މާސްޓާސް ހާސިލުކުރެއްވި ބޭފުޅެކެވެ. ކިޔަވާވިދާޅުވުމަށް ފަހު 2004 ވަނަ އަހަރު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ސިވިލް އޭވިއޭޝަން ޑިޕާޓްމެންޓް ނުވަތަ މިހާރުގެ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގަ އެވެ.
އެހެންވެ، އިޔާސް ސިވިލް އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރައްވާތާ މިއީ 19 ވަނަ އަހަރެވެ.
މޯލްޑިވިއަންގެ އިތުރުން ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ މެނޭޖިން ޑިރެކްޓަރުން ޕީސީބީން މިއަދު ވަނީ އައްޔަންކޮށްފަ އެވެ.
އެމްޓީޑީސީގެ އެމްޑީއަކަށް ނިޔާޒް
އެންސްޕާގެ ސީއީއޯއަކަށް ހީނާ
އެމްއޭސީއެލް އަށް ޝަރީފް
އެމްޓީސީސީގެ އެމްޑީއަކަށް ޒިޔާދު
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ވަޖީހު
ފެނަކައިގެ މެނޭޖިން ޑިރެކްޓަރަކަށް މުއާޒު
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޝިމާދު
އާބަންކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފަޒުލް
އާސަންދައިގެ އެމްޑީއަކަށް ޒީނިޔާ ހަމަޖައްސަވައިފި
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ފަހުމީ