ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމުން، އެ ޕާޓީގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަކި ކޮޅެއް ނެންގެވުމުގެ އޮއިވަރާއެކު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހުންނަވަން ނިންމަވައިފި އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމުން، އެ ޕާޓީގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަކި ކޮޅެއް ނެންގެވުމުގެ އޮއިވަރާއެކު، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހުންނަވަން ނިންމަވައިފި އެވެ.
އެކަމާ ގުޅިގެން މައުސޫމް މީޑިއާގައި ވާހަކަ ނުދެއްކެވި ނަމަވެސް މިހާރު ވަނީ އޭނާ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެ ބޭފުޅުންގެ ފޮޓޯއެއް ފޭސްބުކްގެ ކަވަރު ފޮޓޯއަކަށް ބަދަލުކުރައްވައިފަ އެވެ. އެއީ މީގެ ފަސް ގަޑިއިރު ކުރިންނެވެ. އެއާއެކު، އޭނާ ވަނީ ޖުމްހޫރީ ޕާޓީގެ ރަސްމީ ވަޓްސްއެޕް ގުރޫޕުން މީގެ ދެ ދުވަސް ކުރިން ނުކުމެވަޑައިގެންފަ އެވެ.
އެ ފިޔަވަޅުތައް އެޅުއްވި ނަމަވެސް އޭނާ އަދި ޖުމްހޫރީ ޕާޓީން ވަކިވެވަޑައެއް ނުގަންނަވަ އެވެ.
ޖޭޕީގެ ސްލޮޓްގައި ސަރުކާރުގައި މައުސޫމާއެކު ތިން ވަޒީރަކު ތިއްބަވަ އެވެ. އެއީ ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. ގާސިމް އެޅުއްވި ފިޔަވަޅާއެކު، ޖޭޕީގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ވަޒީފާގެ ޔަގީންކަމާ މެދު ސުވާލު އުފެދިފައިވާ މި ދަނޑިވަޅުގައި އާއިޝާ އާއި ހުސައިން އަދި ތިއްބެވީ ހިމޭނުންނެވެ.
ޖޫން 2018 ގައި ބޭއްވި ޖޭޕީގެ ކޮންގްރެސް ނިންމުމުގެ ހަފުލާގައި، އެ ޕާޓީގެ އޭރުގެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ ޑރ. ހުސައިން (ކ) ޑރ. މައުސޫމް ސެލްފީއެއް ނަންގަވަނީ: މި އަހަރުގެ ރިޔާސީ އިންތިހާބަށް ވަކި ކޮޅެއް ނެންގެވުމުގައި ޑރ. ހުސައިން އަދިވެސް ގޮތެއް ނުނިންމަވާ.---ފައިލް ފޮޓޯ: މިހާރު
ގާސިމާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން ގެންދެވި މައުސޫމް ފަހަކަށް އައިސް ޖޭޕީގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ނޫޅުއްވަ އެވެ. ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ޖޭޕީން ކުއްލި ގޮތަކަށް ހަރަކާތްތެރިވެ، ކަންކަން ނިންމުމަށް ބޭއްވި އެއްވެސް ބައްދަލުވުމަކުން ވެސް އޭނާ ނުފެނެ އެވެ. އެންމެ ފަހުން ބޭއްވި ކޮންގްރެސްގެ އެއްވެސް ބައްދަލުވުމެއްގައި ވެސް މައުސޫމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އޮގަސްޓް 31، 2020 ގައި މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި މައުސޫމަކީ ގާސިމްގެ މުވައްޒަފެއްގެ ގޮތުގައި ވެސް ކުރިން އުޅުއްވި ބޭފުޅެކެވެ. އޭނާ ވަނީ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުކަން ހަތަރު އަހަރުގެ މުއްދަތަށް ކުރައްވައިފަ އެވެ.
ޖޭޕީގެ ސްލޮޓްގައި ސަރުކާރުގައި ތިއްބެވި ބައެއް އިސްބޭފުޅުންގެ ތެރެއިން މިހާތަނަށް އެ ޕާޓީ ދޫކުރެއްވި ބޭފުޅުންގެ ތެރޭގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވަ އެވެ.
އަމީނާއެކު، ޖޭޕީގެ އިސް ބައެއް ރައީސްގެ ފަހަތަށް
ޑިމޮކްރެޓްސް އާއި ޖޭޕީގެ ގިނަ ބައެއްގެ ތާއީދު ލިބޭނެ
ރައީސާއި ގާސިމްގެ މަޝްވަރާތައް އަދިވެސް ކުރިއަށް
ދެވަނަ ބުރަށް ރައީސާއި ގާސިމް އަދިވެސް މަޝްވަރާގައި
ކޯލިޝަންގެ މަޝްވަރާއަށް ގާސިމްގެ އަރިހަށް ރައީސް
ގާސިމްއާ ބައްދަލުކުރައްވަން ރައީސް ސަން އައިލެންޑަށް
ޑރ. މައުސޫމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފި
ޖޭޕީ އިން ބުނަނީ ކޯލިޝަނެއް މިހާރު ނެތޭ!
ޕީޕީއެމުން އެދެނީ ކެންޑިޑޭޓަކަށް ޔާމީން ހަމަޖައްސަން
ކެމްޕޭންގައި މިއުޅެނީ ރައީސަށް ވުރެ ފަހަތުގައި: ގާސިމް