ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ވަކިވެވަޑައިގެންފި އެވެ.
07 އޯގަސްޓް 2023
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިއަދު ވަކިވެވަޑައިގެންފި އެވެ.
ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް މީގެ ދުވަސްތަކެއް ކުރިން ފެށިހެން ތާއީދު ކުރައްވަން ފެއްޓެވި ޑރ. މައުސޫމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވިކަން އިއުލާންކުރެއްވީ ސިޔާސީ ޕާޓީން ވަކިވުމަށް ހުށަހަޅާ ފޯމެއްގެ ފޮޓޯއަކާ އެކު ކުރެއްވި ޓުވީޓެއްގަ އެވެ.
ޖޭޕީގައި އޭނާ މަސައްކަތް ކުރެއްވި ދުވަސްވަރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕާޓީގެ ލީޑަޝިޕާއި މެމްބަރުން ބެހެއްޓެވި ގާތް ކަމަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
ޖޭޕީއަށް މައުސޫމް ސޮއިކުރެއްވީ މެއި 5، 2014 ގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ޑީއާރުޕީގަ އެވެ.
ޑރ. މައުސޫމް ވަޑައިގެންނެވީ މި ސަރުކާރުގެ ކޯލިޝަންގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ލިބުނު ސްލޮޓެއްގަ އެވެ. އެ ކޯލިޝަނުން ޖޭޕީ ވަކިވެ، އަންނަ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރައްވަން ނިންމެވި ފަހުން ވެސް، މައުސޫމް ހުންނެވީ ޕާޓީއާ ދުރުގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިންގައި އޭނާ އުޅުއްވާ ތަނެއް ވެސް އަދި ނުފެނެ އެވެ.
ޑރ. މައުސޫމް، ރައީސްގެ ފަހަތްޕުޅަށް
ރައީސް ފަހަތަށް އެރީ ބިރުވެރިކަމަށް ދާން ބޭނުން ނުވާތީ
އަމީނާއެކު، ޖޭޕީގެ އިސް ބައެއް ރައީސްގެ ފަހަތަށް
ޖިހާދާއެކު ޖޭޕީގެ ބައެއް އިސްވެރިން މުއިއްޒުގެ ފަހަތަށް
ޑިމޮކްރެޓްސް އާއި ޖޭޕީގެ ގިނަ ބައެއްގެ ތާއީދު ލިބޭނެ
ޖޭޕީގެ މެމްބަރުން މުއިއްޒަށް ތާއީދު ކޮށްދޭން އެދިއްޖެ
ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރަން ގާސިމްގެ އިރުޝާދެއް
ބަރުލަމާނީ ނިޒާމަކަށް ދާން ގާސިމްގެ ތާއީދެއް ނެތް
ކޯލިޝަން ނުހެދީ ގޯސްތަކުގެ ޒިންމާ ނަގަންޖެހޭތީ: ގާސިމް
ރައީސާއި ގާސިމްގެ މަޝްވަރާތައް އަދިވެސް ކުރިއަށް