މާލެއަށް ބޯކޮށް ވެހުނު ވާރޭ ހުއްޓާލިތާ ދެތިން ގަޑިއިރު ވިއިރު ވެސް މަގުތަކުން ފެން ހިންދުން ލަސްވެ، އާއްމުންގެ މުދަލަށް ގެއްލުން ލިބުމުން ފާޑުކިއުން ބޮޑުވެއްޖެ އެވެ.
01 އެޕްރީލް 2023
މާލެއަށް ބޯކޮށް ވެހުނު ވާރޭ ހުއްޓާލިތާ ދެތިން ގަޑިއިރު ވިއިރު ވެސް މަގުތަކުން ފެން ހިންދުން ލަސްވެ، އާއްމުންގެ މުދަލަށް ގެއްލުން ލިބުމުން ފާޑުކިއުން ބޮޑުވެއްޖެ އެވެ.
ހެނދުނު 7:30 ހާއިރުން ފެށިގެން ބޯކޮށް ވެހުނު ވާރޭ ހުއްޓާލިއިރު މާލޭގައި އާއްމުކޮށް ފެންބޮޑުވާ ގިނަ މަގުތަކެއްގައި ވަނީ ފެންބޮޑުވެފަ އެވެ. އެގޮތުން، އަމީނީ މަގާއި އައިޖީއެމްއެޗް ހުންނަ ކަނބާއައިސަ ރަނި ހިނގުމުން ފެށިގެން އެ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވެ އެ އެވެ.
އެންމެ ބޮޑުވަރުވި މާފަންނުގެ ބޮޑު ސަރަހައްދެއް އޮތީ ފެނުއަޑީގަ އެވެ. ގޭގެއަށް ވެސް ފެންވަދެ ބައެއް ތަކެއްޗަށް ވަނީ ގެއްލުންވެފަ އެވެ. ގިނައިރުތަކެއް ވަންދެން ފެންގަނޑުތެރޭގައި ހުރި ސައިކަލްތައް ސްޓާޓް ނުވެގެން ވެސް ސޯޝަލްމީޑިއާގައި ޝަކުވާކޮށްފައިވެ އެވެ.
މާލޭގެ މަގެއްގައި ފެންބޮޑުވެފައި: ފެންހިންދުން ލަސްވުމުން އާއްމުންގެ ފާޑުކިއުން ވަނީ އަމާޒުވެފައި.
ފެންބޮޑުވި މަގުތަކުގެ ތެރެއިން ކަނބާއައިސަ ރަނި މަގަކީ މި ސަރުކާރުގައި އާރުޑީސީއާ ހަވާލުކޮށްގެން އަލުން ހެދި މަގެކެވެ. އެ ކުންފުނިން ވެސް ވަނީ، ކުރިން އެ މަގުގައި ފެން ހެދޭ ގޮތަށް ފެން ބޮޑުނުވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
Aadhe hama state-of-the art maguthah dhehtho.
— N (@nefrofarou) April 1, 2023
ނަމަވެސް، ބައެއް މީހުން ކުރި ޓްވީޓުތަކުގައި ބުނީ މި ފަހުން މިހާ ބޮޑަށް މާލޭގައި ފެންބޮޑުވެފައި ހުއްޓާ ނުދެކޭ ކަމަށެވެ. އެއާއެކު، އާރުޑީސީ ޓެގްގުކޮށް، ފެން ހިންދުމުގެ ނިޒާމު އޮތީ ކިހިނެއްތޯ ވަނީ ސުވާލު އުފައްދައިފަ އެވެ.
"މި މަގު ރަނގަޅުކުރަން މޫކޭއަށް ބޭނުންވާ ފައިސާއިން ބްރިޖެއް ހެދޭނެ." ފާޑުކިޔައި އެކަކު ކުރި ޓްވީޓުގައި ވެ އެވެ.
ޙހހ
މާފަންނުގައި ދިރިއުޅުއްވާ، އައިލެންޑު އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ ވިދާޅުވީ ސްޓޯމް ވޯޓާ ޕަމްޕުތައް ޖެއްސިއިރު ހިފާ ގެންގުޅޭ އެތައް އެއްޗެއް ހަލާކުވެއްޖެ ކަމަށެވެ. މަގުމަތީގައި ހުރި ސައިކަލާއި ކާރުތައް ވެސް ސްޓާޓު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Yesterday was about the sunsets pictures. How about today we make it about our filthy roads pictures? #Disgusting pic.twitter.com/cluTpr8MEp
— Mohamed Razzan (@Radavan) April 1, 2023
މާލޭގެ ހުރިހާ މަގެއްގައި ކަހަލަ ގޮތަކަށް އެގޮތަށް އެންމެ ފަހުން ފެންބޮޑުވީ ޑިސެމްބަރު، 2018 ގަ އެވެ. އެ ފަހަރު ކަކުލަށް ވުރެ މައްޗަށް ފެންބޮޑުވިއިރު، މީހުންގެ ގެއަށާއި ފިހާރަތަކަށް ފެން ވަދެ، ބޮޑު ގެއްލުންތަކެއް ލިބުނެ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ފެން ހިންދުމުގެ މަސައްކަތް 8:30 އިން ފެށިގެން ފެށިގެން އަންނަނީ ކުރަމުންނެވެ.
Yes beautiful day at Venice deitho ? pic.twitter.com/H8oeDZPj6a
— Mohamed Seeneen (@mohamedseeneen) April 1, 2023
މާލެ ފެނުއަޑީގައި ގިނައިރުތަކެއް އޮތުމުން، ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވީ ސަރުކާރުގެ ކުންފުނި އެމްޑަބްލިއުއެސްސީއަށެވެ. މިހާ ގިނަ ވަގުތު ނަގާއިރު ވެސް ފެން ނުހިނދި ހުންނާނީ ޕަމްޕުތައް ނުޖައްސާ ނުވަތަ އެ އެއްޗެހި މަސައްކަތްނުކުރާތީ ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
Storm water pump thah jehsii iru gayga huri hifaaa gen gulhay Ethah thakeh Chen halaaku vehjje , magu mathee ga huri car aai Cycle thah start eh nuve . Dhera https://t.co/vkTIzDFf41
— Aishath Jennifer ⚖️ (@JenniferAishath) April 1, 2023
"ސްޓޯމް ވޯޓާ ސިސްޓަމް ބަލަހައްޓާ ފަރާތުން ޕަމްޕުތައް ސްވިޗު އޮން ނުކޮށް ގިނަ އިރުތަކެއް ވެގެން ދިއުމަކީ ދެރަކަމެއް. އަދި ކިރިޔާ ޕަމްޕުތައް ޖެއްސުނީ؟ މާލޭގެ މަގުތައް ހަދަން ސިޓީ ކައުންސިލުން ކުރިއަށްގެންދިޔަ މަޝްރޫއު ވެސް އަނބުރާ ގެންދިއުމުގެ ސަބަބުން މަގުތައް ވަނީ ނުހެދިފައި." މުއިއްޒުގެ ޓްވީޓުގައިވެ އެވެ.
އެކަމަކު މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ދެއްކެވީ ސިޓީ ކައުންސިލްގެ އިހުމާލެވެ. އޭނާ ވިދާޅުވި ގޮތުގައި ފެން ހިންދުމުގެ ޒިންމާ އޮތީ ސިޓީ ކައުންސިލަށެވެ.
"ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް އެދިޔަ ގޮތަށް ގޮސް ނިންމާލި ނަމަ މާފަންނު ފެނު އަޑީގައި ތިބޭކަށް ނުޖެހޭނެ. ރައްޔިތުންނަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށާއި ފެންގަނޑު ހިންދުމަށް މާލޭ ސިޓީ ކައުންސިލުން އެބަ މަސައްކަތް ކުރޭތޯ،" އޭނާ ސުވާލު އުފެއްދެވި އެވެ.
ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ބުނީ މާލޭގައި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުން ލިބެމުންދާ ކަމުގެ މައުލޫމާތު ލިބުމާ އެކު އެމަޖެންސީ އޮޕަރޭޝަންސްގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ފެންބޮޑުވުމުގެ ސަބަބުން ގޭތެރެއަށް ނަޖިސް ބޭރުވުމާއި ބައެއް ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިގެން ތިން ގެއަކުން ރިޕޯޓްކޮށްފައިވާ ކަަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.
އެތަނުން ބުނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމަށާއި އާއްމު ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މާލޭ ސިޓީ ކައުންސިލަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.
"ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމަށް ބޭނުންވާ ގޯނި މި އޮތޯރިޓީން ވާނީ މާލޭ ސިޓީ ކައުންސިލަށް ފޯރުކޮށްދީފައި،" އެ އޮތޯރިޓީން ބުންޏެވެ.
ނީލަން ފިހާރަ ދެން އެ ތަނުގައި ނުހިންގޭނެ: މޭޔަރު
އަމީނީމަގުގެ މަޝްރޫއުއަށް އެއްބާރުލުން ދޭނަން: މުއިއްޒު
"ގެދޮރުގެ ކަންކަމުގައި ކައުންސިލް ބައިވެރިއެއް ނުކުރޭ"
އަބަދު ކޯޅުން: މައްސަލައަކަށް ހައްލެއް ނުލިބޭ!
ލޭންޑް ޔޫސް ޕްލޭންގެ އިސްލާހުތައް އަދިވެސް ހުށަނާޅާ
ލޭންޑް ޔޫސް ޕްލޭން އޮތީ މިނިސްޓްރީގައި: ކައުންސިލް
މުއިއްޒު އުޅެނީ ބްރިޖަށް ހުރަސްއަޅަން: އަކްރަމް
ފަމްޕުތަކުގެ މައްސަލައެއް ނެތް،ރަނގަޅަށް މަސައްކަތްކުރޭ
ގުޅިފަޅު ޕްލޭނުގެ މަޝްވަރާ އަވަސްކޮށްދޭން އެދެފި
މާލޭގެ ބިމުގެ ގާނޫނީ ބާރު: ކޯޓަށްތަ؟ މޭޒުދޮށަށްތަ؟