ފެން ހިންދުމަށް މާލޭގައި ބަހައްޓާފައިވާ ޕަމްޕު ސްޓޭޝަންތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ ޕަމްޕުތައް ރަނގަޅަށް މަސައްކަތްކުރާ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.
12 ޑިސެމްބަރ 2021
ފެން ހިންދުމަށް މާލޭގައި ބަހައްޓާފައިވާ ޕަމްޕު ސްޓޭޝަންތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެ ޕަމްޕުތައް ރަނގަޅަށް މަސައްކަތްކުރާ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.
މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި، ފެން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު "މިހާރު" އަށް ވިދާޅުވީ ޕަމްޕު ސްޓޭޝަންތައް ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަ ކަމަށެވެ.
ޝާހު ވިދާޅުވި ގޮތުގައި ޕަމްޕުތައް ބެލެހެއްޓުމަށް ހަވާލުކޮށްފައި ވާނީ ވެސް އޭނާ އެންމެ އިތުބާރުކުރައްވާ މުވައްޒަފުންނާ އެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މާލޭގެ އެކި ސަރަހައްދުގައި ގާއިމްކޮށްފައިވާ ސްޓޯމް ވޯޓާ ޕަމްޕުތައް ރަނގަޅަށް ނުބެލެހެއްޓޭތީ، އެ ސިސްޓަމް ޑިޒައިންކޮށްފައިވާ ގޮތަށް ފެން ނުހިންދޭ ކަމަށް ތަޖުރިބާކާރުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އެހެންވެ، އެ ތަންތަން ރަނގަޅަށް ނުބެލެހެއްޓޭ ނަމަ ސިޓީ ކައުންސިލާ ހަވާލުކޮށްދިނުމަށް އޭނާ އެދިވަޑައިގަތެވެ.
Dear @MWSC_Official , if you cannot maintain and operate the storm water pumps located at several locations of Male, please handover them to @MaleCitymv . Experts have informed us that due to poor handling of the pumps the storm water is not draining to the level its designed for
— Dr Mohamed Muizzu (@MMuizzu) December 12, 2021
ޝާހު ވިދާޅުވީ ޕަމްޕުތައް މަސައްކަތްކުރާ ގޮތް، ހަތް އަހަރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުއިއްޒަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތަށް ޓްވީޓުކުރެއްވުމުން ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕަމްޕު ސްޓޭޝަންތަކަކީ މި ކުންފުނިން ވަރަށް ބޮޑަށް ބަލާ ކަމެއް. އެ ތަންތަނުގެ އަޕްޑޭޓުތައް ބަރާބަރަށް ދޭ. ހުރިހާ ޕަމްޕެއް ވެސް ރަނގަޅަށް މަސައްކަތްކުރޭ. ޕަމްޕުގެ އެއްވެސް މައްސަލައެއް ނެތްކަމުގެ 100 ޕަސެންޓުގެ ޔަގީންކަން ދީފާނަން،" ޝާހު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭގެ ހަތަރު ސަރަހައްދެއްގައި ފެން ހިންދާ ނިޒާމު ގާއިމުކުރީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ދަށުން، ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ހަތަރު މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ދެވަނަ ފިޔަވައްސަށް 13.7 މިލިއަން ރުފިޔާ، ތިންވަނަ ފިޔަވައްސަށް ފަސް މިލިއަން ރުފިޔާ އަދި ހަތަރު ވަނަ ފިޔަވަހީގެ ދަށުން 12.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އެއީ ކަނބާއައިސަރަނި ހިނގުމާއި އަމީނީ މަގުގެ ސަރަހައްދާއި ފްލެޓުތައް ހުންނަ ދިމާލެވެ.
ނަމަވެސް، 35.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސިސްޓަމް ހެދި ފަހުން ވެސް މާލޭގެ މަގުތަކުގައި ފެން ނުހިނދޭތީ އާންމުންގެ ޝަކުވާ ވަރަށް ބޮޑެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހު މިދިޔަ މަހު "މިހާރު" އަށް އިންޓަވިއުދެއްވަނީ: ފެން ހިންދާ ބަލަހައްޓަނީ ފެން ކުންފުނިން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ޝާހު ވިދާޅުވީ އެ ސިސްޓަމް ޑިޒައިންކޮށްފައި ވަނީ ފެން ބޮޑުވާތާ 2-3 ގަޑިއިރުގެ ތެރޭގައި ހިންދޭ ގޮތަށެވެ. އެކަމަކު އެކަންކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕަމްޕުތައް ކުޑަވުމެވެ. އެ ޕަމްޕުތަކުގެ ކެޕޭސިޓީ މިހާރު ހުރީ ނުވަ ކިލޯވޮޓުގައި ކަމަށާއި އެ އެއްޗެހި 13 ކިލޯވޮޓަށް ބަދަލުކުރަންޖެހޭ އޭނާ ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައި ވަނީ ޕަމްޕުތައް ބަލަހައްޓައި މަރާމާތުކުރުން ކަމަށްވާތީ، ޕަމްޕުތައް އަޕްގްރޭޑުކުރުމުގެ ކަންކަން ކުރަން ނިންމާފައި ވަނީ އެ މިނިސްޓްރީންނެވެ.
"ޕަމްޕުތައް އަޕްގްރޭޑުކުރީމަ ރަނގަޅުވާނެ ފެން ބޮޑުވުމުގެ މައްސަލަ،" އޭނާ ވިދާޅުވި އެވެ.
ބޮޑުތަކުރުފާނު މަގާއި ބްރިޖުގައި ބޮޑުވާ ފެންގަނޑު ވެސް ޖަމާވަނީ މާލެ ތެރެއަށެވެ. އޭގެ އިތުރުން، ގޭގެ ފުރާޅުން ފައިބާ ފެނުގެ ސަބަބުން ވެސް ބައެއް ސަރަހައްދުގައި ފެންބޮޑުވާކަން ޝާހު ފާހަގަކުރެއްވި އެވެ.
"ޕަމްޕްތައް ރަނގަޅު، މައްސަލަައަކީ ޑިޒައިންކުރި ގޮތް"
ފެންބޮޑުވާ މައްސަލައަށް ބޭނުންވަނީ ވަގުތީ ހައްލެއް ނޫން
ފެން ބޮޑުވުމުގެ މައްސަލައަށް އަވަސް ހައްލެއް ނެތް!
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
މާލޭގައި 3،500އަށް ވުރެ ގިނަ ވެލި ބަސްތާ ޖަހައިފި
ޕަމްޕް ސްޓޭޝަނަށް މިނިސްޓްރީން ވަގުތީ ހައްލެއް ހޯދައިފި
ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި
ފެންހިންދުން ލަސްވެ ގެއްލުންވުމުން ޝަކުވާ ބޮޑުވެއްޖެ
ކައުންސިލުން އެންގިގޮތަށް މަގު ހުހެއް ނުކުރެވޭނެ: ޝާހް
ބަންދުކޮށްފައިވާ މަގުތަކެއް ހުޅުވައިލަން އަންގައިފި