Roadha Mihaaru

"ޝޯ މީ ދަ ތުމްކާ" ރިކްރިއޭޓުކުރި އިންޑޮނީޝިއާ ބަޔަކަށް ބޮޑު ތަރުހީބެއް

04 އެޕްރީލް 2023

ރަންބީރް ކަޕޫރާއި ޝްރައްދާ ކަޕޫރުގެ އުޅޭ ލަވަ "ޝޯ މީ ދަ ތުމްކާ" ގެ ވީޑިއޯ ރިކްރިއޭޓު ކުރި އިންޑޮނީޝިއާގެ ޑާންސް ގްރޫޕެއް ވައިރަލްވެ، ގިނަބައެއްގެ ތަރުހީބު ލިބިއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ރަންބީރް ކަޕޫރާއި ޝްރައްދާ ކަޕޫރުގެ އުޅޭ ލަވަ "ޝޯ މީ ދަ ތުމްކާ" ގެ ވީޑިއޯ ރިކްރިއޭޓު ކުރި އިންޑޮނީޝިއާގެ ޑާންސް ގްރޫޕެއް ވައިރަލްވެ، ގިނަބައެއްގެ ތަރުހީބު ލިބިއްޖެ އެވެ.

ފޭނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ "ޝޯ މީ ދަ ތުމްކާ" ލަވަޔަކީ ރަންބީރާއި ޝްރައްދާގެ އާ ފިލްމު "ތޫ ޖޫތީ މެއި މައްކާރް" ގެ ލަވައެކެވެ.

މީގެ ތިން ހަފްތާ ކުރިން ޔޫޓިއުބަށް ރިލީޒްކުރި އެ ލަވައިގެ ޑާންސް ވީޑިއޯ ކަވާއަށް މިހާރު އަންނަނީ ގިނަ ބައެއްގެ ސަމާލުކަން ލިބެމުންނެވެ. "ވީނާ ފޭން" ކިޔާ ޔޫޓިއުބް ޗެނެލަކުން އަޕްލޯޑު ކުރި އެ ވީޑިއޯގައި ފެންނަނީ އަސްލު ލަވައިގައި ރަންބީރާއި ޝްރައްދާ ލައިގެން ތިބޭ ކަހަލަ ހެދުމަކާ އެކު، އެ ލަވައިގެ ވީޑިއޯ މަންޒަރަކަށް ފަހު މަންޒަރެއް ރިކްރިއޭޓުކޮށްފައިވާ ތަނެވެ.

އެ ވީޑިއޯގެ ވާތް ފަރާތު ތިރީ ކަނުގައި ރަންބީރާއި ޝްރައްދާގެ އަސްލު ވީޑިއޯ ފެންނަން ހުންނަ އިރު، އެ މީހުންގެ ކަވައިގެ މަންޒަރުތަކާއި އަސްލު ވީޑިއޯގެ މަންޒަރުތަކާ ތަފާތެއް ނެތެވެ. ސޯޝަލް މީޑިއާގައި ވެސް ވައިރަލްވި އެ ވީޑިއޯއަށް ޔޫޓިއުބްގައި މިހާތަނަށް ވަނީ 480،000 އަށް ވުރެ ގިނަ މީހުން ބަލައިފަ އެވެ.

ވީނާ ފޭން އަކީ ބޮލީވުޑްގެ ކުރީގެ އަދި ފަހުގެ ލަވަތައް ރިކްރިއޭޓުކުރުމުގައި ފާހަގަކޮށްލެވޭ މީހެކެވެ. މޮޑެލްއެއްގެ ގޮތުގައި ވެސް މަގްބޫލު ވީނާގެ ޔޫޓިއުބް ޗެނަލްގައި 1.8 މިލިއަން ސަބްސްކަރައިބަރުން ތިބެ އެވެ.