Roadha Mihaaru
ދަރިވަރުންނަކީ ޓެރަރިސްޓުން ކަމަކަށް ނުބުނަން:އަރަބިއްޔާ

ދަރިވަރުންނާ ދިމާލަށް ޓެރަރިސްޓުންނޭ ނުބުނަން: އަރަބިއްޔާ ސްކޫލް

06 އެޕްރީލް 2023

އަރަބިއްޔާ ސްކޫލްގެ އެއްވެސް ދަރިވަރަކާ ދިމާލަށް ޓެރަރިސްޓެއް ކަމަށް ސްކޫލްގެ އެއްވެސް މުވައްޒަފަކު ބުނެފައި ނުވާ ކަމަށާއި އަދި އެ ސްކޫލާ ބެހޭގޮތުން ފަތުރަމުން ދަނީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށް އަރަބިއްޔާ ސްކޫލުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަރަބިއްޔާ ސްކޫލްގެ އެއްވެސް ދަރިވަރަކާ ދިމާލަށް ޓެރަރިސްޓެއް ކަމަށް ސްކޫލްގެ އެއްވެސް މުވައްޒަފަކު ބުނެފައި ނުވާ ކަމަށާއި އަދި އެ ސްކޫލާ ބެހޭގޮތުން ފަތުރަމުން ދަނީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށް އަރަބިއްޔާ ސްކޫލުން މިއަދު ބުނެފި އެވެ.

އަރަބިއްޔާ ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ސްކޫލްގެ ޔުނިފޯމް ކޯޑާ އެއްގޮތަށް ބައެއް ދަރިވަރުން އަމަލު ނުކުރާތީ އެއާ އެއްގޮތަށް އަމަލުކުރަން އަބަދުވެސް ސްކޫލުން ހަނދާންކޮށްދޭ ކަމަށާއި އެކަމަކު އެފަދަ އެއްވެސް ދަރިވަރަކަށް ބިރު ދައްކާފައި ނުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެފަދަ ދަރިވަރުން ސްކޫލަށް ނައިސް ނުތިބޭ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ދަރިވަރުންނަކީ ޓެރަރިސްޓުން ކަމަށް ސްކޫލްގެ މުވައްޒަފަކު ބުނެފައި ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެފަދަ މާނައެއް ދޭހަވާ ފަދަ އިބާރާތެއް ވެސް ބޭނުންކޮށްފައެއް ނުވާނެ އެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން މަދު ބަޔަކު އެ ސްކޫލާ ގުޅޭގޮތުން ހަގީގަތާ ހިލާފް ވާހަކަތައް ފަތުރަނީ ފިތުނަ އުފެއްދުމަށެވެ. އޭގެ ސަބަބުން ގިނަ ބެލެނިވެރިންނާއި މުވައްޒަފުންނަށް ވެސް ކަންބޮޑުވާ ކަމަށާއި އަދި އޭގެ ސަބަބުން އެ ސްކޫލަށް ޓީޗަރުން ލިބުމަށް އުނދަގޫވުމުގެ ފުރުސަތު އޮތް ކަމަށް އެ ބަޔާނުގައިވެ އެވެ.

ޔުނިފޯމް ކޯޑާ ހިލާފަށް އަރަބިއްޔާގެ ބައެއް ދަރިވަރުން މޫނު ބުރުގާ އަޅާތީ އެކަން ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމުން އަރަބިއްޔާގެ ބައެއް ބެލެނިވެރިން ވަނީ ސިވިލް ކޯޓަށް އެ މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލާގެ ޝަރީއަތް އަންނަ ހަފުތާގައި ފަށަން ވަނީ ނިންމައިފަ އެވެ.