Roadha Mihaaru
"އަރަބިއްޔާގެ ބަޖެޓު ނުހިމެނުނީ އިދާރީ އޮޅުމަކުން"

އަރަބިއްޔާގެ ބަޖެޓު ނުހިމެނުނީ އިދާރީ އޮޅުމަކުން: މިނިސްޓަރު

02 ނޮވެމްބަރ 2022

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ނުހިމެނި އޮތީ އިދާރީ އޮޅުމަކުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ނުހިމެނި އޮތީ އިދާރީ އޮޅުމަކުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބަޖެޓުގައި އަރަބިއްޔާ ސްކޫލުގެ ހަރަދުތަކަށް 34.7 މިލިއަން ރުފިޔާ ހިމަނާފައި ވިޔަސް ބާ ޖަމާލުއްދީން ސްކޫލުގެ ބިމުގައި ހަދަން ނިންމައި ކޮންޓްރެކްޓަރާ ހަވާލު ކޮށްފައިވާ އަރަބިއްޔާގެ އާ އިމާރާތުގެ ހަރަދުގެ ވާހަކައެއް ނެތެވެ.

އެ މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ އަރަބިއްޔާ ސްކޫލްގެ ނަމުގައި އިމާރާތެއް ހެދުމަށް ބަޖެޓުގައި ހިމަނާފައި ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދައިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް އިއްޔެ ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ

އެހެންވެ، އެ ކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރާ "މިހާރު" އިން މިއަދު ސުވާލު ކުރުމުން ވިދާޅުވީ، އެހެން ދިމާވީ އިދާރީ އޮޅުމަކުން ކަމަށާއި އެކަން ވީ ގޮތް ފިނޭންސް މިނިސްޓްރީން ވެސް ބަލަމުން އަންނަ ކަމަށެވެ.

"އެ އިމާރާތުގެ ބަޖެޓުގެ ތަފުސީލުތައް އަޅުގަނޑުމެން ވާނީ ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައި. ދިމާވެގެން މި އުޅޭ ކަމަކީ ބަޖެޓް ފޮތުގައި އެ ތަފުސީލުތައް ހިމެނިފައި ނެތީ. އަރަބިއްޔާ ސްކޫލުގެ އިމާރާތް ހަދަން ބަޔަކާ ހަވާލު ވެސް ކޮށްފައި ނޫންތޯ ވީ. އެހެންވީމާ އެ މަސައްކަތް ކުރިއަށް ދާނެ،" އާއިޝަތު އަލީ ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ސަރުކާރުން އަމިން ކޮންސްޓްރަކްޝަނާ ވަނީ މިދިޔަ ސެޕްޓެމްބަރު 29 ގައި ހަވާލު ކޮށްފަ އެވެ. ޑިޒައިން އެންޑް ބިލްޑްގެ އުސޫލުން ކުރިއަށް ގެންދާ އެ މަޝްރޫއު 420 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު 168 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ. އެ އަދަދަށް ހަރަދު ހިނގަނީ އަރަބިއްޔާގެ އާ އިމާރާތާއި ޖަމާލުއްދީން ސްކޫލަށް އިތުރު ކުރާ ބަޔާއެކު ޕްރޮޖެކްޓް ހިންގާތީ އެވެ.

އަންނަ އަހަރުގެ ބަޖެޓް ފޮތް: އަރަބިއްޔާގެ އާ އިމާރާތުގެ ވާހަކަ އެ ބަޖެޓުގައި މައްސަލަ ވަނީ ފެންމަތިވެފައި. ސަރުކާރުން ބުނީ އެއީ އިދާރީ އޮޅުމެއް ކަމަށް.

އަންނަ އަހަރުގެ ބަޖެޓް ފޮތް: އަރަބިއްޔާގެ އާ އިމާރާތުގެ ވާހަކަ އެ ބަޖެޓުގައި މައްސަލަ ވަނީ ފެންމަތިވެފައި. ސަރުކާރުން ބުނީ އެއީ އިދާރީ އޮޅުމެއް ކަމަށް.

މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލުގެ ކުދިން ވަގުތީ ގޮތުން ކިޔަވަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގަ އެވެ. އެކަމަކު، އެ ތަނުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބެލެނިވެރިން ބުނެ އެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ މައްސަލަ ބޮޑުވެފައިވާއިރު، އެ ސްކޫލަށް ބާ ޖަމާލުއްދީން ބިމުގައި ހާއްސަކުރާ ދާއިމީ ބިމުގައި ޖަމާލުއްދީން ސްކޫލުުގެ ބައެއް ހަދާތީ، ޖާގައިގެ ދަތިކަން އަރަބިއްޔާގެ ކުދިންނަށް އިންތިހާ އަށް ބޮޑުވާނެ ކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. އެކަމަކު، ސަރުކާރުން އެ މައްސަލާގައި އަދި ހައްލެއް ހޯދައެއް ނުދެ އެވެ.