ޕެރިސް (އޭޕްރީލް 9) - ޕީއެސްޖީން ފްރާންސް ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައި އޮއްވައި ނީސް އާ ދެކޮޅަށް ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-0 އިން މޮޅުވެއްޖެ އެވެ.
09 އެޕްރީލް 2023
ޕެރިސް (އޭޕްރީލް 9) - ޕީއެސްޖީން ފްރާންސް ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވެފައި އޮއްވައި ނީސް އާ ދެކޮޅަށް ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-0 އިން މޮޅުވެއްޖެ އެވެ.
ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ، މިދިޔަ ހަފްތާ އެޓީމުގެ ސަޕޯޓަރުންގެ ފުރައްސާރައާ ކުރިމަތިލާން ޖެހުނު އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ އެވެ. އަދި ފަހު ހާފުގައި މެސީ ނަގައިދިން ކޯނަރަކުން އެޓީމުގެ ދެ ވަނަ ލަނޑު ޖަހައިދިނީ ސާޖިއޯ ރާމޯސް އެވެ.
ޕީއެސްޖީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ ވަނީ ފުރަތަމަ ހާފުގައި ނީސްގެ ހަޝީމް ބޫޑޯއީ އާއި ނިކޮލަސް ޕެޕޭ ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ދިފާއު ކޮށްފަ އެވެ. އެ ޓީމުގެ ކެޕްޓަން ޑަންޓޭ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒު ވިއިރު ޔޫސުފް އެންޑާޔިޝިމިޔޭ ފޮނުވާޅި ހަމަލާއެއް ވެސް ޑޮންނަރޫމާ ވަނީ މަތަކޮށްފަ އެވެ.
މި ނަތީޖާއާ އެކު ޕީއެސްޖީ ވަނީ 30 މެޗުން 69 ޕޮއިންޓް ހޯދައި، އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑު ފުޅާ ކޮށްފަ އެވެ. ދެވަނައިގައި އޮތް ލެންސް އަށް 30 މެޗުން ވަނީ 63 ޕޮއިންޓް ލިބިފަ އެވެ.
ޕީއެސްޖީގެ ކޯޗު ކްރިސްޓޯފް ގަލްޓިއޭ އަކީ މިދިޔަ ސީޒަން ގައި ނީސްގެ ހެޑް ކޯޗެވެ. ނީސްގެ ސަޕޯޓަރުންގެ ވަނީ މެޗުގައި، ގަލްޓިއޭގެ މަންމަ އަށް ފުރައްސާރަކޮށް ބެނާއެއް ނަގައިފަ އެވެ. މިކަމާ ގުޅޭގޮތުން ގަލްޓިއޭ ވަނީ މެޗަށް ފަހު ވާހަކަ ދައްކައިފަ އެވެ.
"އަހަރެންގެ މަންމަގެ އުމުރުން 83 އަހަރު، އަދި ދާދި ފަހުން މަންމައަށް ވަނީ ކެންސަރު ޖެހިފައި،" މެޗަށް ފަހު ވާހަކަ ދައްކަމުން ގަލްޓިއޭ ބުންޏެވެ.
"އެ ސަޕޯޓަރުން މި ސީޒަން ގައި [ނީސް] ޔޫރަޕުގައި ކުޅޭތަން ބަލާފައި ވާނަމަ، އެއީ މިދިޔަ ސީޒަނުގައި އަހަރެން ކުރި މަސައްކަތުން."
ގަލްޓިއޭ ވަނީ މިދިޔަ ސީޒަން ގައި ނީސްގެ ކޯޗުކަމުގައި އެޓީމަށް ލީގުގެ ފަސް ވަނަ ހޯދައިދީ، ޔޫއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުން ޖާގަ ހޯދައިދީފަ އެވެ. މިވަގުތު ލީގުގެ އަށް ވަނައިގައި އޮތް ނީސް އަންނަނީ ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލް ގައި ސްވިޒަލެންޑްގެ ބަސެލްއާ ދެކޮޅަށް ކުޅެން ތައްޔާރު ވަމުންނެވެ.
މެސީ ރެކޯޑާއެކު ތަށިހޯދިރޭ ރޮނާލްޑޯއަށް ތަށި ގެއްލިއްޖެ
މެސީ އެނބުރި އައި މެޗުގައި ސަޕޯޓަރުންގެ ނުރުހުން
މެސީ ސަސްޕެންޑް ކޮށްގެން ޕީއެސްޖީ މޮޅުވެއްޖެ
ހުއްދަ ނުހޯދައި ސައުދީއަށް ދިއުމުން މެސީއަށް އަދަބުދީފި
އެމްބާޕޭގެ ދެގޯލުން މޮޅުވެ ޕީއެސްޖީ ލީގު ހޯދުމާ ގާތަށް
ހިލޭޖެހުމަކުން ފަހުވަގުތު ޕީއެސްޖީ މޮޅުކޮށްދިނީ މެސީ
މެސީ އާއި އެމްބާޕޭ ނެތި ނޭމާ އަށް ނުވި
މެސީ އާއި ހަކީމީ ފަހަތުން އަރައި ޕީއެސްޖީ މޮޅުކޮށްދީފި
ޕެނަލްޓީ ނާކާމިޔާބުވެ، އެމްބާޕޭ އަށް އަނިޔާވެއްޖެ
އެނބުރި އައިސް ފުރަތަމަ މެޗުގައި މެސީ ގޯލު ޖަހައިފި