ޕެރިސް (މެއި 3) - އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެމުން އަންނަ ފްރާންސްގެ ޕީއެސްޖީގެ ހުއްދަ ނުހޯދައި ސައުދީ އަރަބިއްޔާ އަށް ދިއުމުން ދެ ހަފްތާގެ މުއްދަތަކަށް ކްލަބުން އޭނާ ސަސްޕެންޑް ކޮށްފި އެވެ.
ޕެރިސް (މެއި 3) - އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ކުޅެމުން އަންނަ ފްރާންސްގެ ޕީއެސްޖީގެ ހުއްދަ ނުހޯދައި ސައުދީ އަރަބިއްޔާ އަށް ދިއުމުން ދެ ހަފްތާގެ މުއްދަތަކަށް ކްލަބުން އޭނާ ސަސްޕެންޑް ކޮށްފި އެވެ.
މި ސަސްޕެންޝަންގެ މުއްދަތު ނިމެންދެން ކްލަބާ އެކު އެއްވެސް ފަރިތަކުރުމެއްގައި މެސީ ބައިވެރިއެއް ނުވާނެ އެވެ. ސަސްޕެންޑް ކުރުމުގެ އިތުރުން ކްލަބުން ވަނީ މެސީ ޖޫރިމަނާ ވެސް ކޮށްފަ އެވެ.
މެސީ ސައުދީ އަށް ދިޔައީ އާދިއްތަ ދުވަހުގެ ރޭ ލީގުގައި ލޮރިއެންޓްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެވެ. އަމިއްލަ ދަނޑުގައި 3-1 އިން ބަލިވި އެ މެޗުގައި މެސީ ވަނީ ފުލްކޮށް ކުޅެފަ އެވެ.
ކޮމާޝަލް ދަތުރެއްގައި ސައުދީ އަށް ދާން މެސީ ޕީއެސްޖީގައި އެފިފައި ވީ ނަމަވެސް ކްލަބުން އޭނާއަށް ހުއްދަ ދީފައި ނުވާ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެ އެވެ. މެސީ އަކީ ސައުދީ އަރަބިއްޔާގެ ޓޫރިޒަމް އެމްބެސެޑަރެއް ވެސްމެ އެވެ.
މިދިޔަ އަހރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކެޕްޓަން ޕީއެސްޖީއާ އެކު ހަދާފައިވާ ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓް މި ސީޒަނަށް ހަމަވާނެ އެވެ. ބާސެލޯނާގެ ނައިބު ރައީސް ރަފައެލް ޔުސްޓޭ ވަނީ އޭނާ މެސީ އެނބުރި ބާސެލޯނާއަށް ގެންނަން އޭނާއާ އެކު މަޝްވަރާކުރި ކަމަށް މިދިޔަ މާޗު މަހު ހާމަކޮށްފަ އެވެ.
މިދިޔަ ސީޒަންގައި ޕީއެސްޖީއާ އެކު ފްރާންސްގެ ލީގު ކާމިޔާބު ކުރި މެސީ ވަނީ މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 71 މެޗުގައި 31 ގޯލު ޖަހައި 34 އެސިސްޓް ކޮށްދީފަ އެވެ.
ސަސްޕެންޝަނުގެ ސަބަބުން ލީގުގައި ކުރިއަށް އޮތް ފަސް މެޗުގެ ތެރެއިން ޓްރޯޔެސް އާއި އަޖޭސިއޯ އާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުތަކުގައި މެސީއަށް ނުކުޅެވޭނެ އެވެ.
ޕީއެސްޖީ ލީގު އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް މާސޭއާ ފަސް ޕޮއިންޓުގެ ލީޑެއްގަ އެވެ. ޕީއެސްޖީއަށް 75 ޕޮއިންތް ލިބިފައި ވާއިރު މާސޭއަށް ލިބިފައި ވަނީ 70 ޕޮއިންތެވެ. ޕީއެސްޖީން އަންނަނީ 11 ވަނަ ފަހަރަށް ލީގު ހޯދަން މަސައްކަތް ކުރަމުންނެވެ.
މެސީ ރެކޯޑާއެކު ތަށިހޯދިރޭ ރޮނާލްޑޯއަށް ތަށި ގެއްލިއްޖެ
މެސީ އެނބުރި އައި މެޗުގައި ސަޕޯޓަރުންގެ ނުރުހުން
މެސީ ސަސްޕެންޑް ކޮށްގެން ޕީއެސްޖީ މޮޅުވެއްޖެ
އެމްބާޕޭގެ ދެގޯލުން މޮޅުވެ ޕީއެސްޖީ ލީގު ހޯދުމާ ގާތަށް
ދެ މެޗަށް ފަހު މެސީ އާއި ރާމޯސް ޕީއެސްޖީ މޮޅުކޮށްދީފި
ހިލޭޖެހުމަކުން ފަހުވަގުތު ޕީއެސްޖީ މޮޅުކޮށްދިނީ މެސީ
މެސީ އާއި އެމްބާޕޭ ނެތި ނޭމާ އަށް ނުވި
މެސީ އާއި ހަކީމީ ފަހަތުން އަރައި ޕީއެސްޖީ މޮޅުކޮށްދީފި
އެނބުރި އައިސް ފުރަތަމަ މެޗުގައި މެސީ ގޯލު ޖަހައިފި
ބަލިނުވެ މެސީ، ނޭމާ އަދި އެމްބާޕޭ ވޯލްޑް ކަޕަށް