Roadha Mihaaru

އޭސް ހާޑްވެއާއިން ވިއްކާ ޕަވާ ޓޫލްތަކުން ބޮޑު ޑިސްކައުންޓެއް ދެނީ

އޭސް ހާޑްވެއާއިން ވިއްކާ "މިލްވޯކީ" އާއި "އޭއީޖީ" ބްރޭންޑުގެ ޕަވާ ޓޫލްތަކުން ބޮޑު ޑިސްކައުންޓެއް ދޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

އޭސް ހާޑްވެއާގެ ޕަވާ ޓޫލްތަކުން ބޮޑު ޑިސްކައުންޓެއް
އިދުހާމް ނައީމް
އިދުހާމް ނައީމް

25 ފެބުރުއަރީ 2020

އޭސް ހާޑްވެއާއިން ވިއްކާ "މިލްވޯކީ" އާއި "އޭއީޖީ" ބްރޭންޑުގެ ޕަވާ ޓޫލްތަކުން ބޮޑު ޑިސްކައުންޓެއް ދޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން ފަަސް ދުވަހަށެވެ. މަރާމާތުކުރުމަށް ބޭނުންކުރާ ސާމާނުތަކުން މި މުއްދަތުގައި 2،000ރ.އާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ޑިސްކައުންޓް ލިބޭނީ އޭސްހާޑްވެއާގެ ކޫޕަނަށެވެ.

އޭސް ހާޑްވެއާއިން ވަނީ މި ކޫޕަންތައް ބެހުމަށް މަސްމާރުކޭޓު ކުރިމަތީގައި މިއަދު ހަވީރު ހަރަކާތެއް ވެސް ފަށައިފަ އެވެ. ހަވީރު ހަތަރަކުން ހައަކަށް ކުރިއަށްގެންދާ މި ހަރަކާތުގައި އެ ސަރަހައްދަށް ޒިޔާރަތް ކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ހަރަކާތުގެ ތެރެއިން އެ ފިހާރައިން ވިއްކާ ޕަވާ ޓޫލްތައް ބޭނުން ކުރާގޮތް ވެސް ދައްކާލާނެ އެވެ.

އޭސް ހާޑްވެެއާއިން ވިއްކާ ޕަވަޓުލްތައް ބޭނުން ކުރާ ގޮތް ދައްކާލަދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭސް ހާޑްވެެއާއިން ވިއްކާ ޕަވަޓުލްތައް ބޭނުން ކުރާ ގޮތް ދައްކާލަދެނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޫޕަން ހިފައިގެންދާ މީހުންނަށް ބޮޑެތި ޑިސްކައުންޓް ލިބޭއިރު ކޫޕަނެއް ނެތި އޭސް ހާޑްވެއާގެ ފިހާރަތަކުން ޕަވާ ޓޫލް ގަންނަ މީހުންނަށް ވެސް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

އޭސް ހާޑްވެއާއިން އަންނަނީ އެ ފިހާރައިން ވިއްކާ ތަފާތު އެއްޗެހިން ކޮންމެ މަހަކު ވެސް ބޮޑެތި ޑިސްކައުންޓުތައް ދެމުންނެވެ. އެގޮތުން މި އަހަރު ސްކޫލް ހުޅުވޭ ދުވަސްވަރާ ދިމާކޮށް ވެސް އެ ފިހާރައިން ވަނީ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފަ އެވެ.