އެކި މައްސަލަތަކުގައި 78 ފަހަރު ހައްޔަރުކޮށްފައިވާ އުމުރުން 29 އަހަރުގެ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
09 އެޕްރީލް 2023
އެކި މައްސަލަތަކުގައި 78 ފަހަރު ހައްޔަރުކޮށްފައިވާ އުމުރުން 29 އަހަރުގެ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ފުލުހުން އިއްޔެ ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން ބަންދު މުއްދަތު އިތުރުކުރި 29 އަހަރުގެ ޒުވާނާ އަކީ އެކި މައްސަލަތަކުގައި ކުރިން 78 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ. އޭނާ މިފަހަރު ހައްޔަރުކުރީ ފޭރުމުގެ މައްސަލައެއްގަ އެވެ.
ކޯޓުން އިއްޔެ ވަނީ 15 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފަ އެވެ.
އޭނާއަކީ ކުށުގެ ވެށީގައި އުޅޭ މީހެއް ކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
އެ މީހާގެ އިތުރުން އެކި މައްސަލަތަކުގައި 59 ފަހަރު ހައްޔަރުކޮށްފައިވާ 41 އަހަރުގެ މީހެއްގެ ބަންދު މުއްދަތު ވެސް ކޯޓުން އިއްޔެ އިތުރުކުރި އެވެ. އެ މީހާ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގަ އެވެ.
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
ހަތަރު މިލިއަން ފޭރެން އުޅުމުން ދެ އަހަރަށް ޖަލަށް
ރައުދަށް 27 ދުވަހުގެ ހުކުމެއް، ތަންފީޒުކުރާކަށްނުޖެހޭ
ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ސިނގިރޭޓް ވައްކަމަށް އެހީވި ކަމަށް ތުހުމަތުކޮށްފި
ހަތަރު އަނބު ބިން ކަމަށް ބުނާ ދެ މީހަކު ބަންދަށް
މަންދީއަށް ހަމަލާދިން މީހާ އެހެން ކުށްތަކެއްގައިިި ޖަލަށް
ގޭންގް ކުށްތަކާބެހޭ އާ ގާނޫނުގެ ދަށުން ބަޔަކު ހައްޔަރު
ޗޮކްލެޓެއް ވަގަށްނެގި މީހަކު 15 ދުވަހަށް ބަންދުކޮށްފި