23 ޖެނުއަރީ 2017
ވޮޝިންޓަން (ޖެނުއަރީ 23) - ގާނޫނު އަސާސީއާ ޚިލާފަށް ބޭރު ގައުމުތަކުގެ ސަރުކާރުން ފައިސާ ނަންގަވާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ގަނޫނީ ވަކީލުންގެ ޖަމިއްޔާއަކުން ބުނެފި އެވެ.
ވޮޝިންޓަން (ޖެނުއަރީ 23) - ގާނޫނު އަސާސީއާ ޚިލާފަށް ބޭރު ގައުމުތަކުގެ ސަރުކާރުން ފައިސާ ނަންގަވާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ގަނޫނީ ވަކީލުންގެ ޖަމިއްޔާއަކުން ބުނެފި އެވެ.
ވަކީލުންގެ އިތުރުން ރިސާޗަރުން ވެސް ހިމެނޭ ޖަމިއްޔާ އިން ބުނީ ޓްރަމްޕުގެ ހޮޓާތަކުގައި ބޭރުގެ މެހުމާނުން ބައިތިއްބައިގެން ބޭރު ގައުމުތަކުން ފައިސާ ނަންގަވާ ކަމަށެވެ. އަދި ޓްރަމްޕުގެ އިމާރާތްތައް ކުއްޔަށް ދީގެން ވެސް ބޭރުގެ ސަރުކާރުތަކުން ފައިސާ ހޯދާ ކަމަށް ބުނެފައިވެ އެވެ. އެ ޖަމާއަތުން ބުނީ މިއީ އެމެރިކާގެ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.
ޓްރަމްޕުގެ ފިރިހެން ދަރިފުޅު އެރިކް ވިދާޅުވީ މިއީ ސިޔާސީ ގޮތުން ފައިދާއެއް ހޯދަން ކުރަން އުޅޭ ކަމެއް ކަމަށެވެ. ޓްރަމްޕް އޮގަނައިޒޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓުގެ މަގާމު ވެސް އަދާކުރައްވާ އެރިކް ވިދާޅުވީ ގާނޫނުތަކުން ހުއްދަ ދޭ މިންވަރަށް ވުރެ ފުޅާކޮށް ކުންފުނިން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި ޓްރަމްޕުގެ ހޮޓާތަކަށް ބޭރުގެ ގައުމުތަކުން ލިބޭ ފައިސާ އެމެރިކާގެ ޓްރެޝަރީ އަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު ސިޓިޒެންސް ފޯ ރެސްޕޮންސިބިލިޓީ އެންޑް އެތިކްސް އިން ވޮޝިންޓަން އިން ބުނީ މެންހެޓަންގެ ފެޑެރަލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅާނެ ކަމަށެވެ.
އެމެރިކާގެ ގާނޫނު އަސާސީގައިވާ ގޮތުން ސަރުކާރުގެ އެއްވެސް އޮފިޝަލަކަށް ބޭރުގެ ގައުމެއްގެ ސަރުކާރުން އެއްވެސް ހަދިޔާއެއް، އެއްވެސް "ފައިސާއެއް" ނުނެންގެވޭނެ އެވެ.
ޓްރަމްޕްގެ އެފްބީ އިޔާދަކޮށްދިނުމާ މެދު މިއަދު ގޮތެއް ނިންމަނީ
ހައްދުފަހަނަޅައި ދިއުމާ ދެކޮޅު ހެދުމަކީ ދީނާ ދެކޮޅުވުމެއް ނޫން: ޓްރަމްޕް
އޮބާމާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި މައްސަލަ ބަލަނީ
ވައިޓްހައުސްގައި އެއްވެސް މައްސަލައެއް ނެތް: ޓްރަމްޕް
ޓްރަމްޕާއެކު ރޭގަނޑުގެ ކެއުމަކަށް އެއް މިލިއަން ޑޮލަރު
ވެރިކަމަށް އިސްކަން ދޭން ވިޔަފާރިން ޓްރަމްޕް ދުރުވަނީ
ދެވަނަ ދައުރެއް ބޭނުންވާ ކަމަށް ޓްރަމްޕުގެ އިޝާރާތެއް
ވެރިކަމާއި ވިޔަފާރީގެ މަސްލަހަތު ފުށުނާރާނެ: ޓްރަމްޕް
ކެބިނެޓް އެކުލަވާލުމުގައި މައްސަލައެއް ނޫޅޭ: ޓްރަމްޕް
ޓްރަމްޕުގެ ދައުވާއާ މެދު ގޮތް ނިންމުން ފަސްކޮށްފި