02 ޑިސެމްބަރ 2016
ނިއު ޔޯކް (ޑިސެމްބަރު 2) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ މުއްސަނދި ސަޕޯޓަރުންނަށް މި ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އުއްބައްތި އަލީގައި ޓްރަމްޕާއި ނައިބް ރައީސް ކަމަށް އިންތިޚާބުކޮށްފައިވަ މައިކް ޕެންސް އަދި ކެބިނެޓުގެ ވަޒީރުންނާ އެކު ރޭގަނޑުގެ ކެއުމަކަށް އެއް މިލިއަން ޑޮލަރު ހޭދަކޮށްގެން އިންސާފުކޮށްލެވިދާނެ އެވެ.
ނިއު ޔޯކް (ޑިސެމްބަރު 2) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ މުއްސަނދި ސަޕޯޓަރުންނަށް މި ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އުއްބައްތި އަލީގައި ޓްރަމްޕާއި ނައިބް ރައީސް ކަމަށް އިންތިޚާބުކޮށްފައިވަ މައިކް ޕެންސް އަދި ކެބިނެޓުގެ ވަޒީރުންނާ އެކު ރޭގަނޑުގެ ކެއުމަކަށް އެއް މިލިއަން ޑޮލަރު ހޭދަކޮށްގެން އިންސާފުކޮށްލެވިދާނެ އެވެ.
މިއީ ޖެނުއަރީ 20 ގައި ޓްރަމްޕް ރައީސް ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ފައިސާ ހޯދުމަށް ބާއްވާ އިވެންޓެކެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ޚަރަދު ހަމަޖައްސަން ޖެހޭނީ ޓެކްސް ދައްކާ މީހުންގެ ފައިސާގެ ބަދަލުގައި ކެންޑިޑޭޓް އަމިއްލަ އަށެވެ.
ޓްރަމްޕް ފަރިކޮޅެއްގައި: އެއް މިލިއަން ޑޮލަރަށް ޓްރަމްޕާ އެކު ރޭގަނޑުގެ ކެއުމަކަށް އިންސާފު ކުރެވިދާނެ.
އެއް މިލިއަން ޑޮލަރު ހޭދަކޮށްގެން ޓިކެޓް ގަންނަ ފަރާތްތަކަށް ޓްރަމްޕާއި އޭނާގެ އަންހެނުން މެލަނިއާ އަދި ޕެންސާއި އނާގެ އަންހެނުން ކަރެންއާ އެކު ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް އަށް ޓިކެޓް ލިބޭނެ އެވެ. ކެބިނެޓުގެ ވަކި މެންބަރުންތަކަކާއި ހައުސް އާއި ސެނެޓުގެ ލީޑަޝިޕާ އެކު މެންދުރުގެ ކެއުމުގައި ބައިވެރިވުމަށް ހަތަރު ޓިކެޓް ލިބޭނެ އެވެ. ޓްރަމްޕުގެ އާއިލާގެ އަންހެން މެންބަރުންނާ އެކު މެންދުރުގެ ކެއުމުގައި ބައިވެރިވުމަށް އަށް ޓިކެޓް އަދި ހުވާ ކުރުމުގެ ރަސްމިއްޔާތަށް އަށް ޓިކެޓް ލިބޭނެ އެވެ.
އެއް މިލިއަން ޑޮލަރަށް ވުރެ މަދުން ވެސް ހޭދަކޮށްގެން ޓްރަމްޕުގެ ކެބިނެޓާ ބައްދަލު ކުރެވިދާނެ އެވެ. މިސާލަކަށް އެއް ލައްކަ ޑޮލަރު ދައްކައިގެން ކެބިނެޓުގެ ބައެއް ވަޒީރުންނާ އެކު ވަރަށް ރަހުމަތްތެރިކަމާ އެކު މަޝްވަރާ ބައްދަލުވުމަކަށް ދެ ޓިކެޓް ލިބޭނެ އެވެ.
ޓްރަމްޕް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ އިންތިޒާމްތައް ހަމަޖައްސާ ކޮމިޓީން ވަނީ ވަކި ފަރުދުންގެ އިތުރުން ކުންފުނިތަކުން ވެސް އެހީވެދިނުމަށް އެދިފަ އެވެ.
ރައީސް ބަރަކް އޮބާމާ 2013 ވަނަ އަހަރު ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަނީ 44 މިލިއަން ޑޮލަރު އެއްކޮށްފަ އެވެ. އޭޓީއެންޓީ، ބޯއިން، ޗެވްރޮން އަދި މައިކްރޯސޮފްޓް ފަދަ ކުންފުނިތަކުން އެ ފަހަރު ވަނީ ބޮޑު އެހީއެއްދީފަ އެވެ.
ޓްރަމްޕްގެ އެފްބީ އިޔާދަކޮށްދިނުމާ މެދު މިއަދު ގޮތެއް ނިންމަނީ
ހައްދުފަހަނަޅައި ދިއުމާ ދެކޮޅު ހެދުމަކީ ދީނާ ދެކޮޅުވުމެއް ނޫން: ޓްރަމްޕް
އޮބާމާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި މައްސަލަ ބަލަނީ
ވައިޓްހައުސްގައި އެއްވެސް މައްސަލައެއް ނެތް: ޓްރަމްޕް
ބޭރުގެ ސަރުކާރުތަކުން ފައިސާ ނަގާތީ ޓްރަމްޕާ ދެކޮޅަށް ދައުވާކުރަނީ
ވެރިކަމަށް އިސްކަން ދޭން ވިޔަފާރިން ޓްރަމްޕް ދުރުވަނީ
ދެވަނަ ދައުރެއް ބޭނުންވާ ކަމަށް ޓްރަމްޕުގެ އިޝާރާތެއް
ވެރިކަމާއި ވިޔަފާރީގެ މަސްލަހަތު ފުށުނާރާނެ: ޓްރަމްޕް
ކެބިނެޓް އެކުލަވާލުމުގައި މައްސަލައެއް ނޫޅޭ: ޓްރަމްޕް
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ