ދައުލަތުގެ ތިން ބާރުގެ ވެރިން ތިއްބަވަން ޖެހޭނީ ސިޔާސީ ހަލަބޮލިކަމުން ދުރުވެވަޑައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
10 އެޕްރީލް 2023
ދައުލަތުގެ ތިން ބާރުގެ ވެރިން ތިއްބަވަން ޖެހޭނީ ސިޔާސީ ހަލަބޮލިކަމުން ދުރުވެވަޑައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ކ. ގުޅިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 2018 ވަނަ އަހަރު އެ މަނިކުފާނު އިންތިހާބުވެ ވަޑައިގަތް ދުވަހުން ފެށިގެން ވިސްނުން ބެހެއްޓެވީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވަދެވަޑައިނުގަންނަވާ ރައްޔިތުންނަށް ވިއްކި މެނިފެސްޓޯގައި ހުރި ވައުދުތައް ފުއްދުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.
އެ ވިސްނުން ގެންގުޅެން ޖެހޭނީ ހަމައެކަނި ރައިސުލްޖުމްހޫރިއްޔާ ނޫން ކަމަށާއި ދައުލަތުގެ ތިން ބާރުގެ ވެރިން ވެސް ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ދުރުވެ، އެ މީހެއްގެ ކުރިމަތީގައި އޮންނަން ވާނީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެއީ އުއްތަމަފަނޑިޔާރު ކަމަށް ވިޔަސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވިޔަސް އަދި ސަރުކާރު ހިންގަން ހުރި ރައީސް ކަމަށް ވިޔަސް. ރައްޔިތުން އިންތިހާބު ކުރުމަށް ފަހު އެންމެ އިސް މަގާމަކަށް އައުމަށް ފަހު އަޅުގަނޑުމެންގެ ކުރިމަތީގައި އެ ނޫން ކަމެއް އޮވެގެން ނުވާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ދައުރުގެ ބާކީ އޮތް ބައި އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހުގައި ވެސް އެ މަނިކުފާނު ހުންނަވާނީ ސިޔާސީ ހަލަބޮލި ކަމުން ދުރުވެގެން ކަމަށެވެ. އަދި އެންމެ ބޮޑު އިސްކަމެއް އަބަދުވެސް ދެއްވާނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވި އިރު އެ މަނިކުފާނުގެ ޕާޓީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތް ކުރައްވަމުންނެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ސަރުކާރާ ދެކޮޅު ޕާޓީތަކާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ވެސް އެ މަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ.
ހާމަވީ ސަރުކާރާއެކު ރައްޔިތުން ތިބި ކަން: ރައީސް
އެމްޑީޕީއަކީ ވަކި ބޭފުޅެއް ނޫން ކަން ދައްކައިފި:ނާޝިޒް
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް
ވޯޓުލާގަޑި މަޝްވަރާއެއް ނެތި އިތުރުކުރީ ނުފޫޒު ފޯރުވަން
ހިލޭޑިގްރީގެ ތަސައްވަރުގެ "ކްރެޑިޓް"އާ މެދު ދެބަސްވުން
އީސީއަކީ އިތުބާރުކުރެވޭ ތަނަކަށް ހަދަންޖެހޭ: އިބޫ
"ރޯގެ އެހީގައި ވެރިކަން ވައްޓާލުމުގެ ރޭވުމެއް ރޭވި"
އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން
އިބޫގެ މައްޗަށް ތަހުގީގު ހިންގަން އަންގަން ފާސްކޮށްފި